22 ސެޕްޓެންބަރ 2018 | ހޮނިހިރު | 02 އަތަ
12 މުޙައްރަމް 1439
އިޝާ 19:15
މަޣްރިބް 18:04
އަސްރު 15:07
މެންދުރު 12:03
އިރުއަރާ 05:54
ފަތިސް 04:43

ގައުމުތަކުގެ މާލިއްޔަތު

ޑޮލަރު އަގު ވެއްޓި، ރަން ގެންގުޅޭ ފަރާތްތަކަށް ބާރުވެރިކަން!

  • ކުރި މަގުގައި ރަން ގެންގުޅޭ މެދުއިރުމަތީ ގައުމުތައް މާ ވަރުގަދަވާނެ
  • ހުޅަގުގެ އަތުން ބާރުތައް ދޫވާކަމުގެ ނިޝަންތައް ފެންނަން ފަށާއިފި
  • އެމެރިކާއަކަށް އެހެން ގައުމު ތަކުންނެއް އިތުބާރެއް ނުކުރޭ
އަރުޝަމް އަބްދުލް ޢަޒީޒް | @arushams

| 26 ޖޫން 2018 | އަންގާރަ 01:03 | |

މަގުބޫލް

  1. މުލީއާގެއަށް ބޮޑު ޕިކަޕެއްގައި ގިނަ ފޮށިތަކެއް ދަންވަރު ވައްދައިފި
  2. ހިޔާ ފްލެޓަށް ކުރިމަތިލުމުގެ މުއްދަތު ހަމަނުވަނީސް ފްލެޓް ލިބުނުކަމުގެ ލިޔުން ދޫކުރަން ފަށައިފި!
  3. ބައެއް ފަހަރު އަމިއްލަ ނަފްސު ދެކެ ވެސް ރުޅިއާދޭ: ރައީސް ޔާމީން
  4. ބޭރުގެ ނޫސްވެރިންް އަދި އޮބްޒަރވަރުންނަށް ވިސާ ނުދިން!
  5. އަލިދީގެ ތާއީދު އިބޫއަށް!
  6. ހަޔާތުގައި އިލްޔާސް އިބޫއާ ބައްދަލުވި ފުރަތަމަ ފަހަރު: އިބޫ އިހްތިޔާރު ކުރެވުނީ ހިކުމަތަކަށް!
  7. އަޅުގަނޑަކީ ކެރޭ މީހެއް، ލާހިކެއް ނޫން އެއްވެސް ކަމެއްގައި އަޅުގަނޑު ހާޒިރުކުރަން: ހިޔަލީ ރަޝީދު
  8. މާފުށި ކައުންސިލްގެ ނައިބު ރައީސާ ނަޝީދާ އެމްޑީޕީއަށް ސޮއިކުރައްވައިފި



ގައުމުތަކުގެ ފައިސާގެ އަގު މަތިކުރުމަށް ކުރާ އިގްތިސާދީ ހަނގުރާމާގައި އެމެރިކާ ޑޮލަރުވެސް ފަހަތައް ޖައްސާލާފައި ކާމިޔާބު ކުރާނީ ރަން ކަމަށް އެނަލިސްޓުން ބުނެފިއެވެ.

ކުރި މަގުގައި މެދުއިރުމަތީގެ ރަން ގެންގުޅޭ ގައުމުތައް ހުޅަގުގެ ގައުމުތަކަށްވުރެ ވެސް ސިޔާސީ ގޮތުންނާއި ވިޔަފާރީގެ ގޮތުން ވަރުގަދަ ވެގެން ދާނެ ކަމަށާއި ދުނިޔޭގެ އެންމެ ވަރުގަދަ ބާރު ކަމަށްވާ އެމެރިކާއަށް ވުރެ ވެސް ކުރިއަރާފާނެ ކަމަށެވެ.

މިހާރުވެސް ހުޅަގުގެ އަތުން ބާރުތައް ދޫވާކަމުގެ ނިޝާންތައް ފެންނަމުންދާ ކަމަށާއި އޭގެ ތެރެއިން އެއް ނިޝާނަކީ ދުނިޔޭގެ ގައުމުތަކުން އެމެރިކާގައި ބަހައްޓާފައިވާ ރަންތައް އަބުރާ އެމީހުންގެ ގައުމަށް ގެނައުން ކަމަށެވެ. އެގޮތުން ތުރުކީއާއި ޖަރުމަނާއި ނެދަލޭންޑްސް ހިމެނެނީ އެމެރިކާގައި ފޮރުވާފައި ތިބި ރަންތައް ބޮޑު އަދަދުން އަބުރާ ގައުމަށް ގެންނަ ގައުމުތަކުގެ ތެރޭގައެވެ.

އެނަލިސްޓުން ލަފާ ކުރާ ގޮތުގައި ގިނަ ދުވަސް ތަކަކަށްފަހު ފޮރުވާފައި ހުރި ރަންތައް އަބުރާ ގައުމަށް ގެންނަން، އެ ގައުމުތަކުން ފަށާފައި ވަނީ ފިނި ހަނގުރާމަ (ކޯލްޑް ވޯރ) ނިމިފައިވުމުގެ އިތުރުން ރަޝިއާއަކީ ބިރެއް ކަމަށް ދެކޭ ދެކުން ހުއްޓާލުމާއި ގުޅިގެންނެވެ. އެހެނީ އެ ގައުމުތަކުން ރަންތައް ބޭރު ކޮށްފައިވަނީ ރަޝިއާގެ ފަރާތުން ނުރައްކަލެއް ކުރިމަތި ވެދާނެ ކަމަށް ހީފެވައި އޮތް ދުވަސް ވަރެއްގައި ކަމަށް މައުދަންތަކާއި ބެހޭ އެޑްވައިޒަރ އަދި އޮސްޓްރޭލިއާގެ އެޑިއުކޭޝަން އޯގަނައިޒޭޝަނެއް ކަމަށްވާ މައިސިސް އިންސްޓިއުޓްގެ އެޑްވައިޒަރ ކްލައުޑިއޯ ގްރާސް ވެސް ވަނީ ފާހަގަ ކުރަށްވާފައެވެ.

އޭނާ ވިދާޅުވީ އެ ގައުމުތަކުގެ ސެންޓްރަލް ބޭންކުތަކުން އޭރު ރަޝިއާއަށް ވަރަށް ބިރު ގަންނަ ކަމަށެވެ. އެމީހުން އޭރު ދެކުނީ އެމެރިކާ އަކީ އިތުބާރު ހިފޭ، އެކުވެރި ގައުމެއްގެ ގޮތުގައި ކަމަށެވެ. އެހެން ނަމަވެސް އެމީހުންގެ އަމަލުތައް މިހާރު ހުރި ގޮތުން އެއީ މާޒީކަން އެގިގެން ހިގައްޖެކަމަށެވެ. ގްރާސް ވަނީ ބައެއް ގައުމުތަކުން މިކަން މި ކުރަނީ އެ މީހުންގެ އެއްޗެއް އެމީހުންގެ އަތުގައި ބެހެއްޓުމުގެ މުހިއްމުކަން ވިސްނިގެންކަން ފާހަގަ ކޮށްފައެވެ.

މި ދުނިޔެ 2008 ވަނަ އަހަރުން ފެށިގެން ވަނީ މާލީ ނުތަނަވަސް ކަމެއްގައި ކަމަށާއި، އަދި އޭގެ ކުރިންވެސް އެ ގައުމެއްގެ ފައިސާގެ އަގު މަތި ކުރުމުގެ މަސައްކަތް ދިޔައީ ކުރަމުން ކަމަށެވެ. އެހެން ނަމަވެސް އެކަން ކާމިޔާބު ނުވީ ގައުމުތަކުން ސެންޓްރަލް ބޭންކު މެދުވެރިކޮށް ބޭނުން ވަރަކަށް ފައިސާ ނޫޓު ޖަހައިގެން އެކި ބޭނުންތަކަށާއި އެކިއެކި އިންވެސްޓްމަންޓްތަކަށް ބޭނުން ކުރަމުން ދިއުމުންކަމަށް ގްރާސް ވަނީ ފާހަގަ ކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: ރާއްޖެއެމްވީ ލޯކަލް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް