18 ފެބުރުއަރީ 2019 | ހޯމަ | 05 ހިޔަވިހާ
13 ޖުމާދަލްއާޚިރާ 1440
އިޝާ 19:34
މަޣްރިބް 18:22
އަސްރު 15:40
މެންދުރު 12:24
އިރުއަރާ 06:19
ފަތިސް 05:06

ޒިމްބާބްވޭގެ މަސްރަހު

ޒިމްބާބްވޭގެ އެއްޗެއް ގޮއްވާލި ހާދިސާގައި އަނިޔާވި 2 މީހުން މަރުވެއްޖެ

 • 49 މީހަކު ޒަޚަމްވި
 • ބައެއް މީހުންގެ ޙާލު އަދިވެސް ސީރިއަސް
 • ޒިމްބާބްވޭގެ 2 ނައިބު ރައީސުން ޒަޚަމްވި
މިއުވާން މުހައްމަދު | Miuvaan

| 26 ޖޫން 2018 | އަންގާރަ 00:59 | |

މަގުބޫލް

 1. ޝާހުރުކްގެ ދަރިފުޅު ސުޚާނާ ޑޭޓް ކުރަން ބެނުންވާ ތަރިއަކީ މިއީ!
 2. ޒަހަމްތަކާއެކު މަރުވެފައި އޮތް މީހަކު ގއ. ވިލިނގިލިން ފެނިއްޖެ
 3. ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
 4. ގިނައަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހާ ކޯޓުން ދޫކޮށްލައިފި
 5. ޕްރިޔަންކާ އިނީ ބަލިވެ؟
 6. ވިލިނގިލީ މަރު: މަރާލި ކަމުގެ ތުހުމަތާއި ކަރަންޓް ޖެހުނު ކަމުގެ ވާހަކަތަކެއް!
 7. ގިނަ އަދަދުން ފާއިސާ ޖަމާކުރާއިރު ސުވާލުކުރަން ފެށީ އެންޓި މަނީ ލޯންޑަރިންގ ގަވާއިދަށް ފަހު: ބީއެމްއެލް
 8. ސިމާދުގެ ހަށިގަނޑު އާއިލާއާ ހަވާލުކޮށް، ހިތަދޫއަށް ފުރުވާލައިފި


ޙާދިސާގައި އަނިޔާވި ސިފައިންގެ މީހަކަށް ފަރުވާ ދޭން ގެންދަނީ -- ރޮއިޓަރސް

ރޮބަރޓް މުގާބޭގެ ވެރިކަމަށްފަހު ޒިމްބާބްވޭގައި ބާއްވާ ފުރަތަމަ އިންތިޚާބާއި ދިމާކޮށް ރައީސް އެމަރސަން ނަންގަގްވާ ބޭއްވި ކެމްޕޭން ރެލީއެއްގައި މިދިޔަ ހޮނިހިރު ދުވަހު އެއްޗެއް ގޮއްވާލި ހާދިސާގައި އަނިޔާވި 2 މީހަކު މަރުވެއްޖެކަމަށް އެޤައުމުގެ އޮފިޝަލުން ބުނެފިއެވެ. 

މަރުވި 2 މީހުންގެ ނަން ހާމަކޮށްފައި ނުވިނަމަވެސް، އޭގެތެރެއިން އެކަކީ ނައިބު ރައީސް ކޮންސްޓަޓީނޯ ޗިވެންގާގެ އަރިސް މީހެއްކަމަށްވެއެވެ. ޗިވެންގާއާއި ޒިމްބާބްވޭގެ އަނެއް ނައިބު ރައީސް ކެމްބޯ މޮހާދީވެސް ވަނީ މި ހާދިސާގައި ޒަޚަމްވެފައެވެ. 

ޒިމްބާބްވޭގެ ދެވަނައަށް އެންމެ ބޮޑު ސިޓީކަމަށްވާ ބުލަވަޔޯގެ ވައިޓް ސިޓީ ސްޓޭޑިއަމްގައި ހިނގި މިޙާދިސާގައި 49 މީހަކު ޒަޚަމްވެފައިވާއިރު، ހާލު ދެރަ ބައެއް މީހުން އަދިވެސް ތިބީ ހޮސްޕިޓަލުގައެވެ. އޭގެ ތެރޭގައި އެކި ވަރުގެ އަނިޔާތައް ލިބުނު ސަރުކާރުގެ އިސް 8 އޮފިޝަލަކު ހިމެނެއެވެ. 

ރައީސް ނަންގަގްވާ ވިދާޅުވީ އެއްޗެއް ގޮވާފައިވަނީ އެމަނިކުފާނާއި ވަރަށް ކައިރިންކަމަށާއި، އެހެންނަމަވެސް އެމަނިކުފާނުގެ "ވަގުތު އަދި ނުޖެހޭ" ކަމަށެވެ. ނަންގަގްވާ ވިދާޅުވީ މިއީ ސީދާ ޖުލައި 30 ގައި ބާއްވާ އިންތިޚާބާއި ދިމާކޮށް ދިން ހަމަލާއެއްކަމަށެވެ. މިއީ ބުލަވެޔޯގައި ނަންގަގްވާ ބޭއްވި ފުރަތަމަ ކެމްޕޭން ރެލީއެވެ.

އިންތިޚާބުން ނަންގަގްވާ މޮޅުވާނެކަމަށް ބެލެވޭއިރު އެމަނިކުފާނާއި އިދިކޮޅަށްވެސް ވަރަށް ވަރުގަދަ ކެމްޕޭނެއް ކުރިއަށް ދެއެވެ. ޚާއްސަކޮށް ވެރިކަންކުރާ ޒާނޫ-ޕީއެފް ޕާޓީގެ އިދިކޮޅު ފަރާތްތަކުގެ އިތުރުން އެޕާޓީގެ ތެރޭގައި ތިބި ކުރީގެ ރައީސް މުގާބޭއަށް ތާޢީދުކުރާ މީހުންނަކީވެސް މިފަހަރު ނަންގަގްވާއަށް ކުރިމަތިވެވަޑައިގަންނަވާނެ ހުރަހަކަށްވާނެއެވެ. 

މިހާދިސާ ހިނގާފައިވާ ބުލަވެޔޯއަކީ އިދިކޮޅު ފަރާތްތަކުގެ ތާޢީދު ބޮޑު ސިޓީއެކެވެ. 

މަންޒަރު ދުށް ބައެއް މީހުންނާއި ހަވާލާދީ ރިޕޯޓްތައް ބުނާ ގޮތުން ގޮވާފައިވަނީ ކޮންމެވެސް މީހަކު އެއްލި ގްރެނޭޑެކެވެ. މިޙާދިސާގެ ޒިންމާ އެއްވެސް ފަރާތަކުން އުފުލާފައިނުވާއިރު ޒިމްބާބްވޭގެ އިދިކޮޅު ފަރާތްތަކުން ވަނީ މިހާދިސާ ކުށްވެރިކޮށްފައެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 މަސް ކުރިން | ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް