22 ނޮވެންބަރު 2018 | ބުރާސްފަތި | 09 ނޮރަ
14 ރަބީޢުލްއައްވަލް 1440
އިޝާ 19:07
މަޣްރިބް 17:51
އަސްރު 15:16
މެންދުރު 11:56
އިރުއަރާ 05:53
ފަތިސް 04:37

ފީފާ ވާރލްޑް ކަޕް 2018

ވާރލްޑް ކަޕް: ސައުދީ އަތުން ބަލިވެ ޕޮއިންޓެއް ނުލިބި މިސްރު ގްރޫޕްގެ ފުލަށް

  • ސައުދީ ވަނީ މިސްރު އަތުން 2-1 އިން މޮޅުވެފައި
  • މި މެޗާ ކުރިމަތިލިއިރު ވެސް މި ދެ ޓީމު އޮތީ ކަޓާފައި
އަހްމަދު ސާއިފް ޝިޔާދް | Saaif80

| 25 ޖޫން 2018 | ހޯމަ 22:27 | |

މަގުބޫލް

  1. ރައްޔިތުންގެ އާދޭސް: މި މިނިސްޓަރުންނަށް ނަމަނަމަ ރުހުން ނުދޭތި!
  2. މިނިސްޓަރަކަށް މިއައީ ސިފައިންނަށް ބަޑި ޖަހާ ގޮތް ކިޔާދޭކަށް ނޫން: ޑިފެންސް މިނިސްޓަރ
  3. އިލްހާމް ޕީޕީއެމަށް ދިޔައީ އަޅުގަނޑު ކުރެން އަހައި، ހުއްދަ ހޯދައިގެން: ގާސިމް
  4. ތިން އަހަރު ވަންދެން ލަހިރު މަދުޝަންކާ ހުރީ ޝޮކެއްގައި: ލަންކާގެ މިނިސްޓަރ ފައިޒަރު މުސްތަފާ
  5. ސުމިތު މިނިވަން ކުރުމަށް މިނިސްޓަރު މަހުލޫފު ގޮވާލައްވައިފި
  6. 'މާކަނާ ޝޯ ރާއްޖެޓީވީއަށް!
  7. ލިންކް ރޯޑުގައި ހިނގި އެކްސިޑެންޓެއްގައި ޒުވާނަކު ނިޔާވެއްޖެ
  8. މަހަނަކޯން ޓަވަރގެ ބިއްލޫރި ޕްލެޓްފޯމް ހުޅުވައިފި


ސައުދީގެ ކުޅުންތެރިން މެޗަށް ފަހު އުފާފާޅުކުރަނީ: މިއީ 1994 ވަނަ އަހަރުގެ ފަހުން ވާރލްޑް ކަޕް މެޗަކުން ސައުދީ މޮޅުވި ފުރަތަމަ ފަހަރު -- ގެޓީ އިމޭޖާސް

ފީފާ ވާރލްޑް ކަޕްގެ ގްރޫޕް ފިޔަވަހީގެ އެންމެ ފަހު މެޗުގައި ސައުދީ އަރަބިއްޔާ އަދި މިސްރު ކުޅުނު މެޗު ފަހަތުން އަރައި ސައުދީން ކާމިޔާބުކޮށްފިއެވެ.

ވޮލްގޮގްރަޑް އެރީނާގައި ކުޅުނު މި މެޗުން ސައުދީ މޮޅުވީ 2-1 ގެ ނަތީޖާއަކުންނެވެ. މި މެޗު ވެގެންދިޔައީ 1999 ވަނަ އަހަރުގެ ކޮންފެޑެރޭޝަންސް ކަޕްގެ ފަހުން ބައިނަލްއަގްވާމީ ބޮޑު މުބާރާތެއްގައި މި ދެ ޓީމު ބައްދަލުކުރި ފުރަތަމަ މެޗަށެވެ. ހަމައެހެންމެ މިއީ ވާރލްޑް ކަޕްގެ މެޗެއްގައި އޭޝިއާގެ ޓީމަކާ ދެކޮޅަށް މިސްރު ކުޅުނު ފުރަތަމަ މެޗެވެ. މި މެޗާއި ދެ ޓީމުން ވެސް ކުރިމަތިލިއިރު ދެ ޓީމު ވެސް އޮތީ މުބާރާތުން ކަޓާފައެވެ. ދެ ޓީމުގެ ފުރަތަމަ އެގާރައިން ވެސް ބަދަލުތަކެއް ވަނީ މިމެޗުގައި ފެނިގެންގޮސްފައެވެ.

ފުރަތަމަ ހާފު ފެށިގެން ދެ ޓީމުގެ ފަރާތުން ވެސް ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު ދެ ޓީމުން ވެސް ވަނީ ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ތަނަވަސް ކުރުމަށް މަސައްކަތްކޮށްފައެވެ. އެހެން ނަމަވެސް މާ ނުރައްކާތެރި ފުރުސަތުތަކެއް ދެ ޓީމުން ކުރެ ޓީމަކަށް ފުރަތަމަ 20 މިނެޓުގެ ތެރޭގައި ތަނަވަސްކުރެވިފައެއް ނުވެއެވެ. މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ މިސްރުންނެވެ. މި ލަނޑު މެޗުގެ 22 ވަނަ މިނެޓުގައި އެޓީމަށް ޖަހައިދިނީ ސަލާހުއެވެ. އޭގެ ދެ މިނެޓު ފަހުން ވެސް އޭނާއަށް ވަނީ ހުސް ފުރުސަތެއް ލިބި ބޭކާރުވެފައެވެ.

މެޗުގެ 41 ވަނަ މިނެޓުގައި ސައުދީއަށް އެއްވަރުކުރުމަށް ފުރުސަތު ލިބުނެއެވެ. އެޓީމުގެ ފަހްދު އަލް މުވައްލަދު ޖެހި ޕެނަލްޓީ މިސްރު ކީޕަރު ދިފާއުކުރިއެވެ. އެހެން ނަމަވެސް ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ސަލްމާން އަލް ފަރަޖް ވަނީ ޕެނަލްޓީއަކުން ލަނޑެއް ޖަހައިދީ އެ ޓީމަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ.

ދެ ޓީމު އެއްވަރުވެގެން ފުރަތަމަ ހާފު ނިމިގެންދިޔައިރު ދެވަނަ ހާފުގައި ދެ ޓީމަށް ވެސް ވަނީ ލަނޑު ޖެހުމަށް ހުސް ގިނަ ފުރުސަތުތަކެއް ލިބިފައެވެ. އެހެން ނަމަވެސް އެއްވެސް ކުޅުންތެރިޔަކަށް މި ފުރުސަތުތަކުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ހިފިފައެއް ނުވެއެވެ. ސައުދީ މެޗުން މޮޅުވި ލަނޑު އެޓީމުން ޖެހީ ފުރިހަމަ ވަގުތު ހަމަވެގެން ރެފްރީ ކުޅެން ދެއްކި އިތުރު ވަގުތުގެ ތެރޭގައެވެ. މި ލަނޑު އެޓީމަށް ޖަހައިދިނީ މުޅި މެޗުގައި ވެސް މޮޅު ކުޅުމެއް ދެއްކި ސަލީމް އަލް ދޯސާރީއެވެ.

މިއީ 1994 ވަނަ އަހަރުގެ ވާރލްޑް ކަޕްގެ ފަހުން ވާރލްޑް ކަޕެއްގައި ކުޅުނު މެޗުން ސައުދީ މޮޅުވި ފުރަތަމަ ފަހަރެވެ. ހަމައެހެންމެ މިސްރު ކީޕަރުގެ މަގާމަށް މި މެޗުގައި ކުޅުނު އެސަމް އެލް ހަދްރީ ވެގެންދިޔައީ ވާރލްޑް ކަޕްގެ ތާރީހުގައި ވެސް ކުޅުނު އެންމެ އުމުރުން ދުވަސްވީ ކުޅުންތެރިޔާއަށެވެ.

ގްރޫޕްގެ އެއްވަނަ ނުވަ ޕޮއިންޓާ އެކު އުރުގުއޭ ހޯދިއިރު ދެވަނަ ހޯދި ރަޝިއާއަށް ލިބިފައި ވަނީ ހަ ޕޮއިންޓްއެވެ. ތިން ވަނައިގައި ތިން ޕޮއިންޓާ އެކު ސައުދީ އަރަބިއްޔާ އޮތްއިރު ތާވަލުގެ ފުލުގައި އޮތް މިސްރަށް އެއްވެސް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް