18 ފެބުރުއަރީ 2019 | ހޯމަ | 05 ހިޔަވިހާ
13 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:19
މެންދުރު 12:24
އަސްރު 15:40
މަޣްރިބް 18:22
އިޝާ 19:34

ޓްރިޕަލް އެކްސް

ޓްރިޕަލް އެކްސް ފްރެންޗައިސްގެ ތިން ވަނަ ފިލްމަށް އިންޑިޔާގައި ތިން ދުވަސް ތެރޭ 17.5 ކްރޯޑް ރުޕީސް

  • ވޯލްޑްވައިޑްކޮށް ފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ މިމަހު 20 ގައި
  • އިންޑިޔާގައި ފިލްމު ޕްރިމިއާރ ކުރުމަށް ވިން ޑީސަލް ވޭތުވެދިޔަ ހަފްތާގައި މުމްބާއީއަށް ދިޔަ
އާލާ އިބުރާހިމް | aalu_aala

| 17 ޖެނުއަރީ 2017 | އަންގާރަ 15:31 | |

މަގުބޫލް

  1. ޒަހަމްތަކާއެކު މަރުވެފައި އޮތް މީހަކު ގއ. ވިލިނގިލިން ފެނިއްޖެ
  2. ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
  3. ޝާހުރުކްގެ ދަރިފުޅު ސުޚާނާ ޑޭޓް ކުރަން ބެނުންވާ ތަރިއަކީ މިއީ!
  4. ވިލިނގިލީ މަރު: މަރާލި ކަމުގެ ތުހުމަތާއި ކަރަންޓް ޖެހުނު ކަމުގެ ވާހަކަތަކެއް!
  5. ޕްރިޔަންކާ އިނީ ބަލިވެ؟
  6. ގިނަ އަދަދުން ފާއިސާ ޖަމާކުރާއިރު ސުވާލުކުރަން ފެށީ އެންޓި މަނީ ލޯންޑަރިންގ ގަވާއިދަށް ފަހު: ބީއެމްއެލް
  7. ސިމްބޮލިކް ރިކޯޑްސްއަށް 'ހުރެވެނީ' ކޮން އިންތިޒާރެއްގައި؟
  8. ސިމާދުގެ ހަށިގަނޑު އާއިލާއާ ހަވާލުކޮށް، ހިތަދޫއަށް ފުރުވާލައިފި


ދީޕިކާ ޕަޅުކޯން ވިން ޑީސެލްއާއެކު -- ގޫގުލް

"ޓްރިޕަލް އެކްސް: ރިޓާރން އޮފް ދަ އެކްސޭންޑާ ކޭޖް" މުމްބާއީގައި ރިލީޒްކުރިތާ ތިން ދުވަސް ތެރޭ 17.5 ކްރޯޑް ރުޕީސް ލިބިއްޖެއެވެ.

 

ޑީޖޭ ކަރޫސޯ ޑައިރެކްޓްކޮށް، ޖޮއެ ރޮތް އާއި ވިން ޑީސެލް ޕްރޮޑިއުސްކޮށްފައިވާ މިފިލްމު ވޯލްޑް ވައިޑްކޮށް ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ މި ޖެނުއަރީ މަހުގެ 20 ވަނަ ދުވަހު އެމެރިކާގައެވެ.

 

"ޓްރިޕަލް އެކްސް" ފްރެންޗައިސްގެ ތިންވަނަ ސީކުއެލް ކަމުގައިވާ މި ފިލްމު މުމްބާއީގައި ރިލީޒްކުރީ މި މަހުގެ 14 ވަނަ ދުވަހުއެވެ.

 

ވިން ޑީސަލްއާއެކު ބޮލީވުޑްގެ ޑީވާ ދީޕިކާ ޕަދުކޯން އާއި ނީނާ ޑޮބްރޭވް، ޑޮނީ ޔެންގެ އިތުރުން ކްރިސް ވޫ އަދި ރޫބީ ރޯޒް ފަދަ މަޤްބޫލު ތަރިން ހިމަނައިގެން އުފައްދާފައިވާ މިފިލްމު އިންޑިޔާގައި ރިލީޒްކުރިތާ ތިންވަނަ އަށް ވީ ދުވަހު ފިލްމަށް ވަނީ 17.5 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ލިބިފައެވެ. 15 ކްރޯޑް ރުޕީސްގެ ފައިދާއެއް މިހާރު ވެސް ފިލްމަށް ލިބިފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ.

 

މިފިލްމު ޕްރިމިއާރ ކުރުން ކުލަގަދަކޮށް މުމްބާއީގައި ބާއްވާފައިވާއިރު، ފިލްމުގެ ޕްރޮމޯޝަނަށް ވިން ޑީސަލް ވަނީ ދީޕިކާއާ އެކު މިދިޔަ ހަފްތާ ތެރޭގައި މުމްބާއީއަށް ގޮސްފައެވެ.

 

"ޓްރިޕަލް އެކްސް: ރިޓާން އޮފް ދަ އެކްސޭންޑަރ ކޭޖް" އާއި ދާދި އެއްދުވަހެއްގައި ރިލީޒްކުރި ހިންދީ ފިލްމު "އޯކޭ ޖާނޫ" އަށް މިހާތަނަށް ލިބިފައިވަނީ 13.80 ކްރޯޑް ރުޕީސްއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް