17 ނޮވެންބަރު 2018 | ހޮނިހިރު | 04 ނޮރަ
09 ރަބީޢުލްއައްވަލް 1440
އިޝާ 19:06
މަޣްރިބް 17:51
އަސްރު 15:15
މެންދުރު 11:55
އިރުއަރާ 05:51
ފަތިސް 04:36

ފީފާ ވާރލްޑް ކަޕް 2018

އިނގިރޭސިވިލާތަށް ވާރލްޑް ކަޕް ކާމިޔާބުކުރެވޭނެ: ލަމްޕާޑް

  • އެޓީމަކީ ފެވަރިޓުންގެ ގޮތުގައި ގިނަ ބަޔަކު ދެކޭ ޓީމެއް
އަހްމަދު ސާއިފް ޝިޔާދް | Saaif80

| 25 ޖޫން 2018 | ހޯމަ 19:47 | |

މަގުބޫލް

  1. ބޮޑު ޖަރީމާއެެއް! ރައީސްގެ ރަސްމީ ކާރުކޮޅު މުސްތަފާގެ ނަމަށް ރަޖިސްޓްރީކޮށްފި
  2. ޖޫރިމަނާ ފާއިސާ އަނބުރާ ލިބިއްޖެ ނަމަ ހަދިޔާކުރާނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް: ރާއްޖެޓީވީ
  3. އަދީބުގެ ކިޑްނީގައި އުފެދުނު ހިލަ ފެންނަ އެކްސްރޭ އާންމުކޮށްފި
  4. އެނބުރި އަންނާނެ ކަމަށް އެމްޑީޕީއިން ވީ ވައުދު ހަގީގަތަކަށް
  5. ހުވާކުރުމުގެ ރަސްމިއްޔާތު ރައީސް ޔާމީން ބޮއިކޮޓް ކުރައްވައިފި
  6. އިންތިޚާބީ ރައީސްގެ އޮފީހަށް ދައުވަތު ކާޑު ލިބުނީ އެއްބަސްވެފައިވާ ވަރަށް ވުރެ މަދުން
  7. ޤާސިމްގެ އެޑްވައިޒަރުގެ މަޤާމުން އަބްދުﷲ ރިޔާޒް އިސްތިއުފާ ދެއްވައިފި
  8. ރާއްޖޭގެ އައު ރައީސް ހުވާކުރައްވާ ތާރީޚީ ރަސްމިއްޔާތަށް މާދަން މާލެ ދަން: މޯދީ


ވާރލްޑް ކަޕްގެ ފުރަތަމަ މެޗުގައި ލަނޑު ޖެހުމަށްފަހު އިނގިރޭސި ކުޅުންތެރިން އުފާފާޅުކުރަނީ - އިނގިރޭސިވިލާތުން ވަނީ 2006 ވަނަ އަހަރުގެ ވާރލްޑް ކަޕްގެ ފަހުން ފުރަތަމަ ފަހަރަށް ވާރލްޑް ކަޕްގެ ގްރޫޕް ފިޔަ -- ފީފާ

މިފަހަރުގެ ވާރލްޑް ކަޕް އިނގިރޭސިވިލާތަށް ކާމިޔާބުކުރެވޭނެ ކަމަށް އެގައުމުގެ ކުރީގެ މިޑްފީލްޑަރު ފްރޭންކް ލަމްޕާޑް ބުނެފިއެވެ.

މިއަހަރުގެ ވާރލްޑް ކަޕްގައި އިނގިރޭސިވިލާތް ދައްކަމުންދާ މޮޅު ކުޅުމުގެ ސަބަބުން އެޓީމަކީ ފެވަރިޓުންގެ ގޮތުގައި ގިނަ ބަޔަކު ދެކޭ ޓީމެކެވެ. އެހެން ނަމަވެސް ފާއިތުވެދިޔަ ވާރލްޑް ކަޕްތަކުގެ ނޮކްއައުޓް ބުރުތަކުގައި އެޓީމަށް މާ ދުރަށް ދަތުރުކުރެވިފައިނުވުމާއެކު ގިނަ ބަޔެއްގެ ފާޑުކިޔުން އަބަދުވެސް އޭނާއަށް އަމާޒުވެއެވެ. މިފަހަރުގެ ވާރލްޑް ކަޕްގައި އިނގިރޭސި ޓީމުގެ ފަރާތުން ފެންނަމުންދާ ކުޅުމުގެ ސަބަބުން އެ ޓީމަށް ދުރަށް ދަތުރުކުރެވޭނެ ކަމަށް ބެލެވެއެވެ.

ފުރަތަމަ މެޗުގައި 2-1 އިން ޓިއުނީޝިއާ އަތުން އުނދަގޫ މޮޅެއް ހޯދިއިރު ވާރލްޑް ކަޕްގައި އަލަށް ވާދަކުރި ޕެނަމާ އަތުން އިނގިރޭސިވިލާތް މޮޅުވީ 6-1 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

ބީބީސީގައި ވާހަކަ ދައްކަމުން ލަމްޕާޑް ބުނީ ފައިނަލާއި ހިސާބަށް ދެވެނޭ ކަމުގެ ޔަގީންކަން އެބައޮތް ކަމަށާއި އެކަން ކުރެވޭނެ ކަމުގެ އިތުބާރު ކުޅުންތެރިންގެ މައްޗަށް އެބައޮތް ކަމަށެވެ. އޭނާ  ބުނީ ކުއާޓާއިން ކަޓާނެ ކަމަށް ބަޔަކު ގަބޫލުކުރި ނަމަވެސް އޭނާ ނެގެޓިވްކޮށް ވިސްނަން ބޭނުންނުވާ ކަމަށެވެ. އެ ކުޅުންތެރިންގެ ފަރާތުން މިހާތަނަށް ފެނުނު ކުޅުމާމެދު ވަރަށް ހިތްހަމަޖެހޭ ކަމަށާއި ސްކޮޑްގައި ތިބީ ވަރަށް ހުނަރުވެރި ކުޅުންތެރިން ކަމަށެވެ.

ކޮންމެ މެޗަކަށް ވެސް ވަކިވަކިން ފޯކަސް ކުރަން ޖެހޭ ކަމަށާއި ބައިނަލްއަގްވާމީ ބޮޑު މުބާރާތެއްގައި ކަންކަން ކުރަންޖެހޭ ކަމަށެވެ. އޭނާ ބުނީ މީގެކުރިން ޓީމުތައް ވާރލްޑް ކަޕްގައި ކުޅުނުއިރު ފެނުނީ ވަކިވަކި ކުޅުންތެރިންގެ ހުނަރު ކަމަށާއި އެހެންނަމަވެސް މިފަހަރުގެ ވާރލްޑް ކަޕްގައި އިނގިރޭސި ކުޅުންތެރިން ކުޅެމުންދަނީ އެކައްޗެއްގެ ގޮތުގައި ކަމަށެވެ. މިގޮތަށް ކުޅޭނަމަ ހުރިހާ ކުޅުންތެރިންގެ ބައިވެރިވުން އޮންނާނެ ކަމަށާއި އޭރުން މުބާރާތުގައި އިތުރަށް ކުރިޔަށް ދެވޭނެ ކަމަށް ލަމްޕާޑް ބުންޏެވެ.

ވާރލްޑް ކަޕްގައި އިނގިރޭސި ގައުމީ ޓީމުގެ ކުޅުން ރަނގަޅުވެގެންދިޔައީ އެޓީމުގެ ކޯޗުގެ މަގާމުގައި ހުރި ގެރެތު ސައުތުގޭޓްގެ ސަބަބުން ކަމަށް ލަމްޕާޑް ބުންޏެވެ. އޭނާ ބުނީ ފާއިތުވެދިޔަ ދެ އަހަރުތެރޭ ސައުތުގޭޓް ޓީމުގެ ފިލޯސަފީ އެއްކޮށް ބަދަލުކޮށްފައިވާ ކަމަށާއި މިހާރު ޓީމަށް އެކި ފޯމޭޝަންތަކުގައި ކުޅުމުގެ ގާބިލްކަން ލިބިފައިވާ ކަމަށެވެ.

އިނގިރޭސިވިލާތުން ވަނީ 2006 ވަނަ އަހަރުގެ ވާރލްޑް ކަޕްގެ ފަހުން ފުރަތަމަ ފަހަރަށް ވާރލްޑް ކަޕްގެ ގްރޫޕް ފިޔަވަހީގައި ކުޅުނު ފުރަތަމަ ދެ މެޗު ކާމިޔާބުކޮށްފައެވެ. މިއަހަރުގެ ވާރލްޑް ކަޕްގައި ފަސް ލަނޑާއެކު ރަން ބޫޓުގެ ރޭންކިންގެ އެއްވަނައިގައި އޮތީ އިނގިރޭސި ކެޕްޓަން ކޭންއެވެ.

ގްރޫޕްގެ އެއްވަނައިގައި ހަ ޕޮއިންޓާއެކު ލަނޑުގެ ތަފާތުން އިނގިރޭސިވިލާތް އޮންނައިރު ދެވަނައިގައި ލަނޑުގެ ތަފާތުން އޮތީ ބެލްޖިއަމްއެވެ. ތިންވަނައިގައި ޓިއުނީޝިއާ އޮތްއިރު ތާވަލުގެ ފުލުގައި އޮތީ ޕެނަމާއެވެ. ކުރިޔަށް އޮތް މެޗުގައި އިނގިރޭސިވިލާތް ނުކުންނާނީ ބެލްޖިއަމްއާ ދެކޮޅަށެވެ. މި މެޗުން މޮޅުވާ ޓީމަކަށް އެއްވަނަ ޓީމުގެ ގޮތުގައި ކޮލިފައިވެވޭނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް