23 ސެޕްޓެންބަރ 2018 | އާދީއްތަ | 03 އަތަ
13 މުޙައްރަމް 1439
އިޝާ 19:15
މަޣްރިބް 18:04
އަސްރު 15:07
މެންދުރު 12:03
އިރުއަރާ 05:54
ފަތިސް 04:43

ފީފާ ވާރލްޑް ކަޕް 2018

ޕޯޗުގަލްއަކީ ހަމައެކަނި ކްރިސްޓިއާނޯ ރޮނާލްޑޯއެއް ނޫން!

  • ސްޕެއިންއާ ދެކޮޅަށް ކުޅުނު މެޗުގައި އޭނާ ހެޓްރިކެއް ހެދި
  • މިހާތަނަށް ވާރލްޑް ކަޕްގައި ޕޯޗުގަލްއިން ޖެހި ހުރިހާ ލަނޑެއް ޖަހާފައިވަނީ ރޮނާލްޑޯ
އަހްމަދު ސާއިފް ޝިޔާދް | Saaif80

| 25 ޖޫން 2018 | ހޯމަ 19:27 | |

މަގުބޫލް

  1. ހިޔާ ފްލެޓަށް ކުރިމަތިލުމުގެ މުއްދަތު ހަމަނުވަނީސް ފްލެޓް ލިބުނުކަމުގެ ލިޔުން ދޫކުރަން ފަށައިފި!
  2. ބައެއް ފަހަރު އަމިއްލަ ނަފްސު ދެކެ ވެސް ރުޅިއާދޭ: ރައީސް ޔާމީން
  3. ކާނަލް ނާޒިމް ފްރޭމްކޮށްފައިވާ ކަމަށް ޝަހީމް ވިދާޅުވި: ޝެއިޚް އިލްޔާސް
  4. އިބޫއަށް ތާއިދުކޮށް ގިނަ ޓެކްސީ ޑްރައިވަރުތަކެއް ބްރިޖްމަތީގައި ޓެކްސީ ދުއްވައިފި
  5. މާފުށި ކައުންސިލްގެ ނައިބު ރައީސާ ނަޝީދާ އެމްޑީޕީއަށް ސޮއިކުރައްވައިފި
  6. ހަޔާތުގައި އިލްޔާސް އިބޫއާ ބައްދަލުވި ފުރަތަމަ ފަހަރު: އިބޫ އިހްތިޔާރު ކުރެވުނީ ހިކުމަތަކަށް!
  7. ވަގުތެޔޮ ސްޕެޝަލް ގެ މައްސަލަ ފުލުހަށް ހުށައެޅީ އިލެކްޝަންސް އިން!
  8. ރައްޔިތުންގެ ނިންމުން ތަންފީޒު ކުރަން ފުލުހުން ފަސްނުޖެހުމަށް އަރީފު އިލްތިމާސް ކުރައްވައިފި


ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ - މިއަހަރުގެ ވާރލްޑް ކަޕްގައި އޭނާ ވަނީ އެޓީމަށް ހަތަރު ލަނޑު ޖަހައިދީފައި -- ގެޓީ އިމޭޖާސް

ޕޯޗުގަލްގެ ގައުމީ ޓީމު ކުޅެނީ ހަމައެކަނި ކްރިސްޓިއާނޯ ރޮނާލްޑޯއަށް ނޫން ކަމަށް އެގައުމުގެ ގައުމީ ޓީމުގެ ކޯޗު ފެނާންޑޯ ސަންޓޯސް ބުނެފިއެވެ.

ގްރޫޕް ބީގައި ސްޕެއިންއާ ދެކޮޅަށް ކުޅުނު މެޗުގައި އޭނާ ހެޓްރިކެއް ހެދިއިރު މޮރޮކޯ އަތުން 1-0 އިން މޮޅުވި މެޗުގައި ވެސް އޭނާ ލަނޑު ޖެހިއެވެ. މިހާތަނަށް ވާރލްޑް ކަޕްގައި ޕޯޗުގަލްއިން ޖެހި ހުރިހާ ލަނޑެއް ޖަހާފައިވަނީ ރޮނާލްޑޯއެވެ.

ނޫސްވެރިންނާއި ވާހަކަ ދައްކަމުން ސަންޓޯސް ބުނީ އޭނާ ކުޅުނު ހުރިހާ ޓީމެއްގައި ވެސް މިހާތަނަށް އޭނާ ތަފާތު ދައްކާފައިވާ ކަމަށާއި އެއީ އެންމެނަށް ވެސް އެނގޭ ތެދެ ހަގީގަތެއް ކަމަށެވެ. އޭނާ ބުނީ މިއީ ދެ ޓީމުގެ ކޯޗުންގެ މެދުގައި ކުޅޭ މެޗެއް ނޫން ކަމަށާއި ހަމައެގޮތަށް މިއީ ރޮނާލްޑޯ އެހެން މީހަކާއި ދެކޮޅަށް ކުޅޭ މެޗެއް ވެސް ނޫން ކަމަށެވެ. ސަންޓޯސް ބުނީ މިއީ ޕޯޗުގަލް އަދި އީރާން ކުޅޭނެ މެޗެއް ކަމަށެވެ.

މި މެޗުގައި އީރާންގެ ކޯޗެއްގެ ގޮތުގައި ހުރި ކާލޯސް ކުއިރޯޒްއަކީ ސަންޓޯސްގެ ވަރަށް ގާތް އެކުވެރިއެކެވެ. އޭނާއާ ގުޅޭގޮތުން ވާހަކަ ދައްކަމުން ސަންޓޯސް ބުނީ ކުއިރޯޒްއާއި އޭނާއާ ދެމެދު އެކުވެރިކަން އޮންނަތާ 35 އަހަރުވެފައިވާ ކަމަށާއި ފުޓްބޯޅައިގައި ވަރަށް ގިނަ ކަންކަން އޭނާގެ ކިބައިން ދަސްވެފައިވާ ކަމަށެވެ. މި މެޗުން އީރާން މޮޅު ކޮށް ދިނުމަށް ކުރެވެންހުރި ހުރިހާ ކަމެއް ކުއިރޯޒް ކުރާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ސަންޓޯސް ބުންޏެވެ.

ސަންޓޯސް ބުނީ ކޮލިފައިންގައި އީރާން ކުޅުނު 10 މެޗާއި ވާރލްޑް ކަޕްގައި އެގައުމު ކުޅުނު ދެ މެޗު ވެސް ބެލި ކަމަށާއި އެޓީމަކީ ވަރަށް ވަރުގަދަ ޓީމެއްކަން އެނގޭ ކަމަށެވެ. އީރާންގައި ތިބީ ވަރަށް ތަޖުރިބާކާރު ކުޅުންތެރިން ކަމަށާއި ވަކިން ހާއްސަކޮށް އެޓީމުން ވަރަށް މޮޅަށް ޑިފެންސް ކުރާ ކަމަށް ސަންޓޯސް ބުނެފައިވެއެވެ. މި މެޗާއި ކުރިމަތިލާނީ މެޗު ކާމިޔާބުކުރަން ކަމަށާއި ހުރިހާ ކުޅުންތެރިންގެ ފަރާތުން 100 އިންސައްތަ ފެންނަން ބޭނުންވާ ކަމަށް ސަންޓޯސް ބުންޏެވެ.

ސަންޓޯސް މިބީދައިން ވާހަކަ ދައްކާފައިވާއިރު މިފަހަރުގެ ވާރލްޑް ކަޕްގެ ރަން ބޫޓު ގެންދަން ރޮނާލްޑޯ އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިވަގުތު އޭނާ އޮތީ ހަތަރު ލަނޑާއެކު ރަން ބޫޓު ރޭންކިންގެ ދެވަނައިގައެވެ.

މިވަގުތު ގްރޫޕް ބީގެ އެއްވެސް ޓީމަކަށް ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުވެފައިނުވާއިރު ދެވަނަ ބުރަށް ޓީމުތައް ދަތުރުކުރާނީ ގްރޫޕް ފިޔަވަހީގެ އެންމެފަހުން ކުޅޭ މެޗުތަކުގެ ނަތީޖާއަށް ބެލުމަށްފަހުއެވެ. ގްރޫޕްގެ އެއްވަނަ އަދި ދެވަނަ ސްޕެއިން އަދި ޕޯޗުގަލްއަށް ލިބޭއިރު ތިންވަނައިގައި އޮތީ އީރާންއެވެ. މި ތިން ޓީމަށްވެސް ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު އެބައޮތެވެ.

އީރާން އަދި ޕޯޗުގަލް ބައްދަލުކުރާ މެޗު ކުޅޭނީ މިރޭ (ހޯމަ ދުވަހުގެ ރޭ) ރާއްޖެ ގަޑިން 23:00 ގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް