23 އޭޕުރިލް 2019 | އަންގާރަ | 02 ބުރުނު
16 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:21
މެންދުރު 12:08
އިރުއަރާ 05:56
ފަތިސް 04:43

ފީފާ ވާރލްޑް ކަޕް 2018

ފަހު މެޗުގެ ކުރިން އާޖެންޓީނާގެ ޓީމާއި މެރަޑޯނާ ބައްދަލުކުރަނީ

  • މިހާރު ދެވަނަ ބުރަށް ދިޔުމުގެ އަމިއްލަ ބާރު އާޖެންޓީނާއަށް އެބައޮތް
  • ޓީމުގެ ތެރޭގައި މައްސަލަތަކެއް އުޅޭ ކަމަށް ރިޕޯޓްތައް ބުނޭ
އަހްމަދު ސާއިފް ޝިޔާދް | Saaif80

| 25 ޖޫން 2018 | ހޯމަ 18:43 | |

މަގުބޫލް

  1. ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
  2. ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
  3. ބޮމެއް ފެނުމުން ލަންކާގެ މައި އެއާޕޯޓް ބަންދުކޮށްފި!
  4. ލަންކާގައި ހުންނަ ޝަންގްރިއްލާއަށް ހަމަލާދިނީ ހަށިގަނޑުގައި ބޮން ހަރުކޮށްގެން!
  5. ލަންކާ އަށް ހަމަލާ ދިން މީހުން ދެނެގަނެވިއްޖެ، ހަތް މީހަކު ހައްޔަރު ކޮށްފި
  6. ފެނަކައިގެ މުވައްޒަފުން ސިޔާސީ ކަންކަމުގައި ބައިވެރިވުމަށް މަޖުބޫރުނުކުރާތީ އުފާފާޅު ކޮށްފި
  7. ދިޕިކާ ސްކޫލް ޔުނިފޯމްގައި ފެނިގެންދާ ވީޑިއޯއެއް އާންމުވެއްޖެ
  8. ލަންކާއަށް ދިން ބޮމުގެ ހަމަލާގެ އިންޒާރު ކުރިން ލިބަފައިވޭ: ބޮޑުވަޒީރު ރަނިލް


އާޖެންޓީނާ ކުޅުނު ފުރަތަމަ މެޗު ބެލުމަށް މެރަޑޯނާ (ވ-2) ދަނޑަށް ގޮސް - އޭނާއަކީ އެގައުމަށް 1986 ވަނަ އަހަރުގެ ވާރލްޑް ކަޕް ކާމިޔާބުކޮށްދިން ކެޕްޓަން -- އޭއެފްޕީ

ފީފާ ވާރލްޑް ކަޕްގެ ގްރޫޕް ފިޔަވަހީގައި އާޖެންޓީނާ ކުޅޭ ފަހު މެޗުގެ ކުރިން އެޓީމާއި ބައްދަލުކުރަން އެގައުމުގެ ފުޓްބޯޅަ ލެޖެންޑް ޑިއޭގޯ މަރަޑޯނާ ބޭނުންވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ވާރލްޑް ކަޕް ދެ ފަހަރު ކާމިޔާބުކޮށްފައިވާ އާޖެންޓީނާއަށް މިފަހަރުގެ ވާރލްޑް ކަޕްގެ ގްރޫޕް ފިޔަވަހީގައި ރަނގަޅު ނަތީޖާތަކެއް ނެރެވިފައެއް ނުވެއެވެ. ފުރަތަމަ މެޗުގައި ވާރލްޑް ކަޕްގައި އަލަށް ވާދަކުރި އައިސްލޭންޑާއި 1-1 އިން އެއްވަރުވިއިރު ދެވަނަ މެޗުގައި ވަނީ 3-0 އިން ކްރޮއޭޝިއާ އަތުން ބަލިވެފައެވެ. މި ނަތީޖާތަކުގެ ސަބަބުން އެގައުމުގެ ވާރލްޑް ކަޕްއިން ކެޓުމުގެ ބިރު އޮތްނަމަވެސް މިހާރު ދެވަނަ ބުރަށް ދިޔުމުގެ އަމިއްލަ ބާރު އާޖެންޓީނާއަށް އެބައޮތެވެ.

ރިޕޯޓްތައް ބުނާގޮތުން އާޖެންޓީނާގެ ފުޓްބޯޅަ އެސޯސިއޭޝަންގެ ރައީސް ކްލައުޑިއޯ ޓަޕިއާ އާއި މެދު މެރަޑޯނާ ހިތްހަމަނުޖެހެއެވެ.

ވެނެޒުއޭލާގެ ޓީވީ ޗެނަލަކާއި ވާހަކަ ދައްކަމުން މެރަޑޯނާ ބުނީ މިހާރު ޓީމު އޮތް ހާލަތުގައި އޮތީ ކްރޮއޭޝިއާ އާއި ދެކޮޅަށް ކުޅުނު މެޗުގައި ކުޅުންތެރިންގެ ފަރާތުން ފެނުނު ދަށް ކުޅުމުގެ ސަބަބުން ކަމަށާއި އެ މެޗުގައި ކުޅުންތެރިން މަސައްކަތްވެސް ކޮށްފައިނުވާ ކަމަށެވެ.

ބުނެވޭ ގޮތުގައި 1986 ވަނަ އަހަރުގެ ވާރލްޑް ކަޕް އާޖެންޓީނާއިން ކާމިޔާބުކުރި ޓީމުގައި ހިމެނޭ ގިނަ ކުޅުންތެރިންތަކެއް ވަނީ މެރަޑޯނާއާއެކު މިހާރުގެ ޓީމާއި ބައްދަލުކުރުމަށް އެދިފައެވެ.

މެރަޑޯނާ ބުނީ ގައުމުގެ ޝަރަފާއި އިއްޒަތް ދިފާއުކުރަން ޖެހޭ ކަމަށާއި މިވަގުތު ޓީމާއި މެދު ވަރަށް ހިތްހަމަނުޖެހޭ ކަމަށެވެ. ހަމައެހެންމެ އާޖެންޓީނާގެ ޖާޒީގައި ކުޅުނު އެއްވެސް ކުޅުންތެރިޔަކު މި މަންޒަރު ދެކެން ބޭނުންނުވާނެ ކަމަށާއި ކްރޮއޭޝިއާ ފަދަ ޓީމެއް އަތުން ބަލިވުމަކީ ވަރަށް ބޮޑު ވެއްޓުމެއް ކަމަށެވެ. އޭނާ ބުނީ މިކަމުގެ ޒިންމާ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ޓަޕިއާ ނަގަން ޖެހޭ ކަމަށާއި ޓީމުގެ ކަންކަން ހިނގާ ގޮތް އޭނާ އެއްވެސް ވަރަކަށް ނުބަލާ ކަމަށެވެ.

އާޖެންޓީނާ ގްރޫޕް ސްޓޭޖުގައި ކުޅުނު ދެ މެޗު ބަލަންވެސް މެރަޑޯނާ ދަނޑަށް ގޮސްފައިވެއެވެ.

މެރަޑޯނާ މިގޮތަށް ވާހަކަ ދައްކާފައިވާއިރު އާޖެންޓީނާގެ ޓީމުގެ ތެރޭގައި މައްސަލަތަކެއް އުޅޭ ކަމުގެ ރިޕޯޓްތަކެއް ވެސް ވަނީ ފެންމަތިވެފައެވެ. އެހެން ނަމަވެސް ހަވިޔާ މަޝެރާނޯ ވަނީ މި ރިޕޯޓްތައް ދޮގުކޮށްފައެވެ. އޭނާ ބުނީ ކޯޗާއި ކުޅުންތެރިންނާއި ދެމެދު އެއްވެސް މައްސަލައެއް ނެތް ކަމަށާއި ހިތްހަމަނުޖެހޭ ކަމެއް އޮވެއްޖެނަމަ ހުރިހާ ކުޅުންތެރިން ވެސް އެވާހަކައެއް ދައްކާ ކަމަށެވެ. އޭނާ ބުނީ ޓީމަށް އެންމެ ރަނގަޅު ކުޅުން ނުދެއްކާ ކަމަށާއި އެކަމުގެ ޒިންމާ ޓީމުގެ ކުޅުންތެރިން ނަގާނެ ކަމަށެވެ.

ގްރޫޕް ޑީގެ ޕޮއިންޓް ތާވަލުގެ އެއްވަނައިގައި ހަ ޕޮއިންޓާއެކު އައިސްލޭންޑް އޮތްއިރު ދެވަނައިގައި ތިން ޕޮއިންޓާއެކު އޮތީ ނައިޖީރިއާއެވެ. ތިންވަނައިގައި އެއް ޕޮއިންޓާއެކު އައިސްލޭންޑް އޮތްއިރު އެއް ޕޮއިންޓާއެކު އޮތް އާޖެންޓީނާއަށް ލަނޑުގެ ތަފާތުން ލިބެނީ ހަތަރުވަނަ މަގާމެވެ.

ގްރޫޕް ފިޔަވަހީގެ ފަހު މެޗުގައި ކްރޮއޭޝިއާއިން އައިސްލޭންޑް ބަލިކޮށް ނައިޖީރިއާ އަތުން އާޖެންޓީނާ މޮޅުވެއްޖެނަމަ ދެވަނަ ބުރަށް ދާނީ އާޖެންޓީނާއެވެ. އައިސްލޭންޑް އަދި އާޖެންޓީނާ ވެސް މޮޅުވެއްޖެނަމަ ބަލާނީ ލަނޑުގެ ތަފާތަށެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 10 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް