20 ސެޕްޓެންބަރ 2018 | ބުރާސްފަތި | 01 އަތަ
10 މުޙައްރަމް 1439
ފަތިސް 04:43
އިރުއަރާ 05:54
މެންދުރު 12:04
އަސްރު 15:06
މަޣްރިބް 18:05
އިޝާ 19:16

އުތުރު ކޮރެއާ-އެެމެެރިކާ

ވަކި އެންގުންތަކެއް ނުވަތަ ބުނުންތަކެއް ހިމެނޭ ގޮތަށް ޓައިމްލައިނެއް ވަރަށް އަވަހަށް އުތުރު ކޮރެއާ އަށް ހުށަހަޅާނަން: އެމެރިކާ

  • އުތުރު ކޮރެއާގެ ލީޑަރު ވަނީ ނިއުކްލިއާ ހަތިޔާރު ގެންގުޅުން ހުއްޓާލާނެ ކަމަށް ވައުދުވެވަޑައިގެންފައި
އަހުމަދު އަނޫޝު | IamAhmedAnoosh

| 25 ޖޫން 2018 | ހޯމަ 16:41 | |

މަގުބޫލް

  1. ޕީޕީއެމްގެ ޖަގަހައެއްގައި އީސީގެ ބައެއް ޑޮކިއުމެންޓްތަކާއި ޓެބްލެޓް ހަވާލުކުރާ ކަމަށް ބުނާ ފޮޓޯތަކެއް އާންމުވެއްޖެ
  2. ސްކޫލުގެ ތެރެއިން ގްރޭޑް 12 ގެ ދަރިވަރުންގެ އައިޑީ ކާޑް ވެސް ގަންނަނީ!
  3. ތައުލީމީ ދާއިރާގެ ގިނަ ބަޔަކު އަނެއްކާ ވެސް އިބޫއާ ބައްދަލުކޮށްފި
  4. ވައްކަން ކުރުމަށް ހިތްވަރުދޭ ފަދަ ގޮތަކަށް ރައީސް ޔާމީން އަނެއްކާ ވެސް ވާހަކަފުޅު ދައްކަވައިފި
  5. މިނިސްޓަރު މުއިއްޒު ވެސް ހާޑިންގހަމްއާ އެކު!
  6. ސަރުކާރުން ޕްރޮމޯޓްކުރާ ޕްރޮޖެކްޓްތައް ހިންގާ ކުންފުނިތަކުން އިސްލާމް ދީނަށް ފުރައްސާރަކުރަނީ!
  7. ޕީޕީއެމްގެ ސައިޒު ހީކުރިވަރެއް ނުވި، މާ ކުޑަ
  8. އަލިދީގެ ތާއީދު އިބޫއަށް!


ރައީސް ޓްރަމްޕް އާއި އުތުރު ކޮރެއާގެ ލީޑަރު ޖޫން މަހު ބޭއްވި ބައްދަލުވުމުގެ ތެރެއިން -- އޭއެފްޕީ

އެމެރިކާ އިން އުތުރު ކޮރެއާ އަށް "ވަކި އެންގުންތަކެއް ނުވަތަ ބުނުންތަކެއް" ހިމެނޭ ގޮތަށް ޓައިމްލައިނެއް ވަރަށް އަވަހަށް ހުށަހަޅާނެ ކަމަށް އެމެރިކާގެ އިސް އޮފިޝަލަކާ ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނެފިއެވެ. 

އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ޖިމް މެޓިސް މިހަފްތާގައި އޭޝިއާ އަށް ކުރައްވާ ދަތުރުފުޅުގެ ކުރިން ރިޕޯޓަރުންނާ ވާހަކަ ދައްކަވަމުން ޑިފެންސް މިނިސްޓްރީގެ އޮފިޝަލުން ވިދާޅުވީ "އުތުރު ކޮރެއާ އިން ގުޑް ފެއިތުގައި ކަންކަން ކުރޭތޯ" ވަރަށް އަވަހަށް އެނގިގެންދާނެ ކަމަށާއި އެގޮތުން ދާދި ފަހުން އެމެެރިކާ އާއި އުތުރު ކޮރެއާގެ ވެރިން ބޭއްވި ބައްދަލުވުމުން، އެމެރިކާގެ ވިސްނުމުގައި ކަންކަން ހާސިލު ކުރާނީ ކިހިނެއްތޯ އެ ޓައިމްލައިނުން އެނގިގެން ދާނެ ކަަމަށެވެ. މީޑިއާތަކަށް މައުލޫމާތު ދެއްވި ޑިފެންސް މިނިސްޓްރީގެ އޮފިޝަލް މައުލޫމާތު ދެއްވީ ނަން ހާމަނުކޮށެވެ. 

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުންގެ ބައްދަލުވުން އެންމެ ބޮޑު ކަމަކަށް ފާހަގަވެގެން ދިޔަ ކަމަކީ އެމެރިކާ އާއި އުތުރު ކޮރެއާގެ ވެރިން ހާއްސަ ޖޮއިންޓް އެއްބަސްވުމެއްގައި ސޮއި ކުރެއްވުން ކަމަށްވާއިރު، އެ އެއްބަސްވުމާ ބެހޭ ގޮތުން އެމެރިކާގެ ރައީސް ޓްރަމްޕް ވިދާޅުވީ ދެ ގައުމުގެ ވެރިން ސޮއިކުރެއްވި އެއްބަސްވަމަކީ ވަރަށް "ރަނގަޅު އެއްބަސްވުމެއް" ކަމަށެވެ. ދެ ގައުމުގެ ވެރިން ސޮއިކުރެއްވި މި އެއްބަސްވުމުގައި، ދެކޮރެއާ ސަރަހައްދު ނިއުކްލިއާ ހަތިޔާރުން ސަލާމަތް ކުރުމަށް އުތުރު ކޮރެއާގެ ލީޑަރު ވައުުުދުވެވަޑައިގެންފައި ވެއެވެ. އެ އެއްބަސްވުމުގައިވާ ގޮތުން އުތުރު ކޮރެއާގެ ސަލަމަތާއި ރައްކާތެރިކަން އެމެރިކާ އިން ކަށަވަރުކޮށްދޭނެއެވެ. އަދި އުތުރު ކޮރެއާ އިން ނިއުކްލިއާ ހަތިޔާރުގެ ހުރިހާ މަސައްކަތެއް ހުއްޓާލައި، މިހާރު ތައްޔާރުކޮށްފައި ހުރި ތަކެތި ނައްތާލުމަށް ވެސް އެއްބަސްވެފައި ވެއެވެ. 

ބައިނަލްއަގްވާމީ ދުނިޔެ އިން އުތުރު ކޮރެއާ އަށް ތަކުރާރުކޮށް ގޮވާލަމުން ދަނީ އެގައުމުގެ ނިއުކްލިއަރ ޕްރޮގްރާމް ހުއްޓާލުމަށާއި މިސައިލްތައް ޓެސްޓްކުރުން ހުއްޓާލުމަށެވެ. ދުނިޔޭގެ ގޮވާލުންތަކަށް އުތުރު ކޮރެއާ އިން އިޖާބަ ނުދޭތީ އުތުރު ކޮރެއާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު ވެސް ބައިނަލްއަގުވާމީ މުޖުތަމައު އިން ވަނީ އަޅާފައެވެ. 

 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް