18 ޖެނުއަރީ 2019 | ހުކުރު | 01 ހުވަން
12 ޖުމާދަލްއޫލާ 1440
އިޝާ 19:31
މަޣްރިބް 18:15
އަސްރު 15:40
މެންދުރު 12:20
އިރުއަރާ 06:17
ފަތިސް 05:02

މޯލްޑިވްސް އިންލަންޑް ރެވެނިއު

ރެމިޓެންސް ޓެކްސް ދެއްކުމުން ބަރީޢަވާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާގޮތަށް ހަމަޖައްސައިފި

  • ރާއްޖެއިން ބޭރަށް ފޮނުވާ ފައިސާއާ އެއްވަރުގެ އަދަދަކުން ޖޫރިމަނާވާނެ
ރިޒުނާ ޒަރީރު | RiznaZareer

| 17 ޖެނުއަރީ 2017 | އަންގާރަ 15:13 | |

މަގުބޫލް

  1. ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!
  2. މަންމަގެ ހިތްވަރު ދިނުމުގެ ބަސްތައް ކުލަ ފަންސުރުގައި!
  3. އިންޒާރު: ނުރައްކާތެރި އެކްސިޑެންޓުތަކާ ގުޅިގެން ދައުވާ އުފުލަން ފަށަނީ!
  4. ހިޔާނާތް ވީ 4.9 މިލިއަން ރުފިޔާއަށް، އެކަމުގައި އުޅެނީ އެންމެ މުވައްޒަފެއް: އިންޓާނަލް އޮޑިޓް
  5. ޖުމެއިރާ ވިއްޓަވެލީގެ ފަޔަރ ޑާންސަރު މަރުވެގެން ވެއްޓިއްޖެ
  6. އެމްޑީޕީގެ ޕްރައިމަރީ: ނަމޫނާއެއް، ގިނަ ފިލާވަޅުތަކެއް!
  7. އުސޫލުން ބޭރުން ރަޖިސްޓްރީ ކޮށްފައިވާ ޓެކްސް ދައްކަން ނުޖެހޭ ފަރާތްތައް މީރާގެ ރަޖިސްޓްރީން އުނިކުރަނީ
  8. އިނަރ މޯލްޑިވްސްއާ ގުޅިގެން ޔުނިވަރސަލް އޭވިއޭޝަންގެ ހިދުމަތް ރާއްޖެއަށް!


މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ މައި އިދާރާ -- ރާއްޖެއެމްވީ ފޮޓޯ : އަޒުމޫން އަހުމަދު

ރެމިޓެންސް ޓެކްސް ދެއްކުމުން ބަރީޢަވުމަށް ކުރާ ކަންކަމާ ގުޅިގެން ފިޔަވަޅު އެޅުމުގެ ގޮތުން ރެމިޓެންސް ޓެކްސްގެ ގަވާއިދަށް މިއަދު އިސްލާހެއް ގެނެސްފިއެވެ.

 

މި އިސްލާހުގައި ރާއްޖޭގައި ވާކް ވީޒާއެއްގެ ދަށުން މަސައްކަތްކުރާ ބިދޭސީއެއްގެ ޑިޕެންޑަންޓެއް ރާއްޖެއިން ބޭރަށް ފައިސާ ފޮނުވައިދޭ ނަމަ، ނުވަތަ ދިވެހި ރައްޔިތެއް، ދިވެހިރާއްޖޭގައި ވާކް ވީޒާއެއްގެ ދަށުން މަސައްކަތްކުރަމުންދާ ބިދޭސީއެއްގެ ފަރާތުން ރާއްޖެއިން ބޭރަށް ފައިސާ ފޮނުވައި ދޭނަމަ، ނުވަތަ ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީއަކަށް ރާއްޖޭގައި ބޭންކު އެކައުންޓެއް ހުޅުވައިފައި ނެތުމުގެ ސަބަބުން ވަޒީފާ ދިން ފަރާތުން އެ ބިދޭސީ މުވައްޒަފު އެހެން ގައުމެއްގައި ހުޅުވައިފައިވާ ބޭންކު އެކައުންޓަކަށް ފައިސާ ފޮނުވާ ނަމަ، އެ ފޮނުވާ ފައިސާއިން ވެސް ރެމިޓެންސް ޓެކްސް ދައްކަން ޖެހޭނެ ކަމަށް ވަނީ ކަނޑައަޅާފައެވެ.

 

މި އިސްލާހުގައި، ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީއެއް، ނުވަތަ "ޑިޕެންޑެންޓް ވީޒާ"އެއް އޮތް، ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީއެއްގެ ޑިޕެންޑެންޓެއް، ނުވަތަ ދިވެހި ރައްޔިތެއް، ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ އެހެން ބިދޭސީއެއްގެ ފައިސާ ރެމިޓެންސް ޓެކްސް ދެއްކުމުން ބަރީޢަވުމަށް އެހީތެރިވެދިނުމުގެ ގޮތުން ރާއްޖެއިން ބޭރަށް ގެންދަން މަސައްކަތްކޮށްފި ނަމަ، އެ ފަރާތާ ދޭތެރޭ ފިޔަވަޅު އެޅޭނެ ކަމަށް ވެސް ކަނޑައަޅާފައިވާނެ ކަމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީން ބުންޏެވެ. އަދި ވަޒީފާއާބެހޭ ޤާނޫނުގައި ވާގޮތުން، ރެމިޓެންސް ޓެކްސް ދެއްކުމުން ބަރީޢަވާން މަސައްކަތްކޮށްފި ނަމަ ރާއްޖެއިން ބޭރަށް ފޮނުވާ ފައިސާއާ އެއްވަރުގެ އަދަދަކުން ޖޫރިމަނާވާނެ ކަމަށް ވެސް މީރާއިން ބުންޏެވެ.

 

މީގެ އިތުރުން ވެސް، ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީން، ދިވެހިރާއްޖޭގައި ހިންގާ ބޭންކަކުން ދޫކޮށްފައިވާ ކޭޝް ކާޑެއް ބޭނުންކޮށްގެން، ދިވެހިރާއްޖެއިން ބޭރުން ފައިސާ ނަގާ ނަމަ އެނަގުދު ފައިސާއިން ރެމިޓެންސް ޓެކްސް ނަގަންޖެހޭނެ ކަމަށް ރެމިޓެންސް ޓެކްސް ގަވާއިދަށް ގެނައި ފުރަތަމަ އިސްލާހުގައިވާ ކަމަށް މީރާއިން ވަނީ ބުނެފައެވެ.

 

މީރާ އިން ގެންދަނީ ބިދޭސީން ދައްކަންޖެހޭ ޓެކްސް އަށް މަކަރު ހަދާ ގޮތްތައް ދިރާސާކޮށް އެކަން ނުކުރެވޭނެ ގޮތަށް ގަވާއިދުތަކަށް އިސްލާހް ގެންނަމުންނެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 އަހަރު ކުރި | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް