16 ފެބުރުއަރީ 2019 | ހޮނިހިރު | 03 ހިޔަވިހާ
11 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:19
މެންދުރު 12:24
އަސްރު 15:41
މަޣްރިބް 18:22
އިޝާ 19:35

ސީއެމްޑީއޭ

އިސްލާމިކް ކެޕިޓަލް މާކެޓާ ގުޅޭ ތަމްރީން ޕްރޮގްރާމެއް ފަށައިފި

  • މި ޕްރޮގްރާމު ކުރިއަށްގެންދަނީ ޖޫން 25 އިން 27 ވަނަ ދުވަހުގެ ނިޔަލަށް
  • ޓްރެއިނިންގ ކުރިއަށްދަނީ ޗަމްޕާ ސެންޓްރަލްގައި
ފާތިމަތު ޝަނާ މުހައްމަދު | FathimathShana

| 25 ޖޫން 2018 | ހޯމަ 13:22 | |

މަގުބޫލް

  1. ރައީސްގެ ސުވާލު: އެމްއެމްޕީއާރްސީގެ ރިޕޯޓް ތިން އަހަރުވަންދެން ފޮރުވާފައި ބޭއްވީ ކީއްވެ؟
  2. ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
  3. ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
  4. ޖުމްހޫރީ ޕާޓީގެ ބައެއް ދާއިރާތަކަށް ރައީސް ޔާމީންގެ ފަރާތުން ކެނޑިޑޭޓުން ނުނެރުމަށް ނިންމައިފި
  5. ޓްރެފިކް ޤަވާއިދާ ހިލާފުވެގެން ހަތަރު ގަޑިއިރުގެ ތެރޭގައި 24 މީހެއްގެ ލައިސަންސް ހިފަހައްޓައިފި
  6. ތިމަންނާ ހަމައެކަނި ޑޮލަރު ގަތީއޭ ބުނެ މިކަން ހިންދާލެވޭކަށް ނެތް!
  7. ޑޮލަރު ގަތް ފަރާތްތަކާއި އޭސީސީން ތަހުގީގުގައި ސުވާލުކޮށްފައެއް ނުވޭ
  8. އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި


އިސްލާމިކް ކެޕިޓަލް މާކެޓަށް ހާއްސަ ތަމްރީނު ޕްރޮގްރާމު -- ކެޕިޓަލް މާރކެޓް ޑިވަަލޮޕްމަންޓް އޮތޯރިޓީ

ޓްރެއިނިންގ އޮން އިސްލާމިކް ކެޕިޓަލް މާކެޓްގެ ނަމުގައި ހާއްސަ ތަމްރީނު ޕްރޮގްރާމެއް ފަށައިފި އެވެ.

މި ތަމްރީން ޕްރޮގްރާމު ކުރިއަށް ގެންދަނީ ކެޕިޓަލް މާކެޓް ޑިވެލޮޕްމެންޓް އޮތޯރިޓީ (ސީއެމްޑީއޭ) އާއި އިސްލާމިކް ޑިވެޕޮލްމެންޓް ބޭންކް (އައިޑީބީ) ގެ އިސްލާމިކް ރިސާޗު އެންޑް ޓްރެއިނިންގ އިންސްޓިޓިއުޓް ގުޅިގެން ކަމަށް ސީއެމްއެޑީއޭ އިން ބުނެ އެވެ.

މި ޕްރޮގްރާމު ކުރިއަށްގެންދަނީ ޖޫން 25 އިން 27 ވަނަ ދުވަހުގެ ނިޔަލަށެވެ.

 މި ޓްރެއިނިންގ ޕްރޮގްރާމުގެ އަމާޒަކީ ވިޔަފާރީގައި ހަރަކާތްތެރިވާ ފަރާތްތައް އިސްލާމިކް ކެޕިޓަލް މާކެޓަށް ޝައުގުވެރިކުރުމާއި އެފަރާތްތައް މިދާއިރާއަށް ހޭލުންތެރިކޮށް އިސްލާމިކް ފައިނޭންސްގެ ޕްރޮޑަކްޓްތަކަށް އަހުލުވެރި ކުރުމަށް ކަމަށް ސީއެމްޑީއޭ އިން ބުނެ އެވެ. އިސްލާމިކް ކެޕިޓަލް މާކެޓާއި އިސްލާމިކް ބޭންކިންގ އާ ބެހޭ އަސާސީ މަފްހޫމްތައް ޕްރޮގްރާމުގެ ބައިވެރިންނަށް ފޯރުކޮށްދެވޭނެ ކަމަށް އެ އިދާރާއިން ބުނެ އެވެ.

އިސްލާމީ މާލީ ހިދުމަތްތަކުގެ ރެގިއުލޭޓަރީ ނިޒާމާއި ސުކޫކް ސްޓްރަކްޗަރ ކުރުމާއި އެސެޓްސް ސެކިއުރިޓައިޒޭޝަނާއި އިސްލާމިކް ކެޕިޓަލް މާކެޓްގައި ހުރި ގޮންޖެހުންތަކާއި ޝަރީއާ ކޮމްޕްލަޔަންޓް ލިކުއިޑިޓީ މެނޭޖްމަންޓާބެހޭ މައުލޫމާތު މި ޕްރޮގްރާމުގެ ބައިވެރިންނާ ހިއްސާ ކުރެވިގެންދާނެ ކަމަށް ވެސް ސީއެމްޑީއޭ އިން ބުނެ އެވެ.

ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މިޕްރޮގްރާމްގައި ބައިވެރިންނަށް މައުލޫމާތު ދެނީ އިސްލާމިކް ރިސާޗު އެންޑް ޓްރެއިންނިންގ އިންސްޓިޓިއުޓްގެ ފަރާތުން އިސްލާމިކް ފައިނޭންސްގެ ތަޖުރިބާކާރު ފަރާތް ޑރ އުސްމާން ބަބިކްރު އާއި އިސްލާމިކް ފައިނޭންސް އަދި އިސްލާމިކް ކެޕިޓަލް މާކެޓްގެ ރޮނގުން ރާއްޖޭގެ އިތުރުން ބައިނަލްއަގްވާމީ ގޮތުން އަގުހުރި މަސައްކަތްތަކެއް ކުރައްވާފައިވާ ޑރ އާއިޝަތު މުނީޒާއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް