
| 25 ޖޫން 2018 | ހޯމަ 13:09 | |
![]() |
ދިރްހަމް ޓްރޭޑިންގް: ފެންވަރު ރަނގަޅު ސަމާނު ކަސްޓަމަރުންނާ ...
1 އަހަރު ކުރި |
![]() |
އޯލް އެޗް: ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ...
1 އަހަރު ކުރި |
![]() |
ޗާންދަލިޔާގެ އަމާޒަކީ ފެންވަރު ރަނގަޅު ކޮލެޓީ ޕްރޮޑަކްޓްތައް ...
1 އަހަރު ކުރި |
![]() |
އެމް7: ހިދުމަތުގައި 25 އަހަރު!
1 އަހަރު ކުރި |
![]() |
ކާނާ ރައްކާކުރުމަށް ދަ ގެސްޓުން ސިސްޓެމާ ބްރޭންޑްގެ ...
2 އަހަރު ކުރިން |
އެމެރިކާއިން އުޅެނީ ރައީސް މަހުމޫދު އައްބާސް ވެރިކަމުން ވައްޓާލަން ކަމަށް ފަލަސްތީނުގެ ސުލަހައިގެ ވާހަކަތަކުގައި ބައިވެރިވެ ވަޑައިގަންނަވާ އިސް މަންދޫބަކު ތުހުމަތު ކުރައްވައިފިއެވެ.
ސާއިބް އުރައިޤާތު މިހެން ވިދާޅުވީ އިސްރާއީލް ފަލަސްތީނު ސުލްހައިގެ މަޝްވަރާތަކުގައި ހަފްތާ ބަންދުގައި ބޭއްވި ބައްދަލުވުންތަކުގައި ފަލަސްތީނު ހިމެނިފައިނުވާތީއެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ދަނބިދަރިކަލުން އަދި އިސް މުޝީރު ޖެރެޑް ކުޝްނަރއާއި ވައިޓް ހައުސްގެ މަންދޫބު ޖޭސަން ގްރީންބްލަޓް ވަނީ މެދުއިރުމައްޗަށް އެއްހަފްތާގެ ދިގު ދަތުރުފުޅެއް ކުރައްވައި އިސްރާއީލާއި،އުރުދުންއާއި،ޤަތަރާއި،މިސްރު އަދި ސައުދީ އަރަބިއްޔާގެ ވެރިންނާއި ބައްދަލު ކުރައްވާފައެވެ.
އަލް އޫދު ނޫހުގައި އާދީއްތަ ދުވަހު އަރަބިބަހުން ޝާއިއުކޮށްފައިވާ އިންޓަވިއުއެއްގައި ކުޝްނަރ ވިދާޅުވެފައިވަނީ މަހުމޫދު އައްބާސްއާއިއެކުވިޔަސް ނުވަތަ އައްބާސްއާއި ނުލައިވިޔަސް އިސްރާއީލް ފަލަސްތީން ސުލްހައިގެ ޕްލޭން އެމެރިކާއިން ވަރަށް އަވަހަށް ހުށަހަޅާނެ ކަމަށެވެ.
މީގެ އިތުރުން ކުޝްނަރވަނީ ފަލަސްތީނުގެ ސަރުކާރުގައި އެފަދަ އެއްބަސްވުމަކަށް ދިއުމުގެ ގާބިލުކަން ހުރިތޯ ސުވާލުއުފައްދަވާފައެވެ.
ރާމަﷲގައި އާދީއްތަ ދުވަހު ނޫސްވެރިންނާއި ބައްދަލުކުރައްވައި އުރައިޤާތު ވިދާޅުވީ އެމެރިކާގެ ރައީސް ޓްރަމްޕްގެ ސަރުކާރުން ހަގީގަތުގައި ވެސް ޚުދުމުޚުތާރު ގޮތަށް ކަންކަން ނިންމަވާކަން ކުޝްނަރގެ އިންޓަވިއުއިން އިތުރަސް ސާފުވެގެން ގޮސްފައިވާ ކަމަށެވެ.
އުރައިޤާތި ވިދާޅުވީ ޓްރަމްޕްގެ ސަރުކާރުން އައްބާސްގެ ވެރިކަން ބަދަލުކުރުމަށް ބުރަކޮށް މަސައްކަތް ކުރަމުންދާކަމަށެވެ.
އައްބާސްވަނީ ގުދުސްއަކީ އިސްރާއީލުގެ ވެރިރަށް ކަމަށް ބަލައިގަތުމަށް 2017 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެމެރިކާ ސަރުކާރުން ނިންމުމާއިއެކު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއާއި ވާހަކަދެއްކެވުން ހުއްޓަވާލައްވާފައެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
މި ލިޔުން ކިޔާލުމުން
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
ކޮމެންޓް