17 ފެބުރުއަރީ 2019 | އާދީއްތަ | 04 ހިޔަވިހާ
12 ޖުމާދަލްއާޚިރާ 1440
އިޝާ 19:35
މަޣްރިބް 18:22
އަސްރު 15:41
މެންދުރު 12:24
އިރުއަރާ 06:19
ފަތިސް 05:06

އީރާނަށް ފިޔަވަޅު އެޅުން

އީރާނުން ތެޔޮ ނުގަތުމަށް ޖަޕާނަށް އެމެރިކާއިން ގޮވާލާފި

  • އީރާނާ ދެކޮޅަށް އަޅާ ފިޔަވަޅުތައް ވަނީ ވަރުގަދަކޮށްފައި
  • މި ހަފްތާގައި ޖަޕާނުގެ އޮފިޝަލުންނާ އެކު ވަނީ ބައްދަލުކުރައްވާފައި
  • ކުރިއަށް ވެސް ބައްދަލުވުންތަކެއް އެބަހުރި
އަރުޝަމް އަބްދުލް ޢަޒީޒް | @arushams

| 25 ޖޫން 2018 | ހޯމަ 12:43 | |

މަގުބޫލް

  1. އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި
  2. ޒަހަމްތަކާއެކު މަރުވެފައި އޮތް މީހަކު ގއ. ވިލިނގިލިން ފެނިއްޖެ
  3. ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
  4. ޖުމްހޫރީ ޕާޓީގެ ބައެއް ދާއިރާތަކަށް ރައީސް ޔާމީންގެ ފަރާތުން ކެނޑިޑޭޓުން ނުނެރުމަށް ނިންމައިފި
  5. ކަމަދޫ ކައުންސިލްގެ ރައީސް ހައްޔަރުކޮށްފި
  6. މަނީ ލޯންޑްރިންގެ ބޮޑު ދައުވާ: ޝަރުއީ ދާއިރާއަށް އާ ކަމެއް!
  7. އެސްއޯއެފްގެ އެކައުންޓް ސްޓޭޓްމަންޓަކީ ކެރެކްޓަރ ސެޓްފިކެޓެއް ނޫން!
  8. ސިމްބޮލިކް ރިކޯޑްސްއަށް 'ހުރެވެނީ' ކޮން އިންތިޒާރެއްގައި؟


އެމެރިކާއިން ދަނީ އީރާނާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އަޅަމުން -- ފޭސްބުކް

އީރާނާ އެކު ކުރަމުންދާ ތެލުގެ ވިޔަފާރި ވަގުތުން ވަގުތަށް ހުއްޓާލުމަށް ޖަޕާނުގެ ސަރުކާރަށް އެމެރިކާ އިން ގޮވާލާފިއެވެ.

އެމެރިކާ އިން މިހެން ގޮވާލާފައި ވަނީ އީރާނަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އިތުރަށް ވަރުގަނދަ ކުރުމުގެ ގޮތުންނެވެ. އެމެރިކާ އިން ދަނީ އެކުވެރި ގައުމުތަކުގެ ކައިރިން އީރާނާ އެކު އޮތް ވިޔަފާރީގެ ގުޅުންތައް ވެސް އެއްކޮށް ކަޑާލުމަށް ގޮވާލަމުންވެ.

ނޫސް އޭޖެންސީ ކަމަށްވާ ބްލޫމްބާގުން ރިޕޯޓް ކޮށްފައިވާ ގޮތުގައި ގުޅުން ކަނޑާލުމަށް އެމެރިކާ އިން ގޮވާލާފައި ވަނީ ޖަޕާނުގެ ވެރިރަށް ޓޯކިޔޯގައި މި ހަފްތާގައި ބޭއްވި ދެ ގައުމުގެ ދެމެދުގެ ބައްދަލުވުމެއްގައެވެ. އެހެން ނަމަވެސް މި ގޮވާލުމަށް ޖަޕާނުން ވަކި ގޮތެއް އަދިއެއް ނުނިންމައެވެ. ދެ ގައުމުގެ ދެމެދުގައި މިކަމާ ގުޅޭ ގޮތުން އިތުރު މަޝްވަރާތައް ކުރަން ހަމަޖެހިފައިވާ ކަމަށް ބްލޫމްބާގް އިން ބުނެއެވެ.

އެމެރިކާގެ ބަސްމަގު ހުރި ގޮތަށް ބަލާއިރު އެ ގައުމުން މިހާރު އީރާނާ ދެކޮޅަށް އަޅަން އުޅޭ ފިޔަވަޅުތަކަކީ 2012 ވަނަ އަހަރު އެޅި ފިޔަވަޅުތަކަށް ވުރެ ވެސް ވަރުގަދަ ފިޔަވަޅު ތަކެކެވެ. އޭރު އެމެރިކާ އިން އެދުނީ އެކުވެރި ގައުމުތަކުން އީރާނާ އެކު ކުރާ ތެލުގެ ވިޔަފާރި އެއްކޮށް ހުއްޓާލުމުގެ ބަދަލުގައި، މަދު ކުރުމަށެވެ. ހަމަ އެހެންމެ އެދުވަސް ވަރަކީ އީރާނުން އެއްވެސް ކަހަލަ ނިއުކްލިއާ އެއްބަސްވުމެއްގައި ވެސް ސޮއިކޮށްފައި ނުވާ ދުވަސް ވަރެއް ވެސް މެއެވެ.

އޭޝިއާގެ ބައްރުން ހަތަރުވަނައަށް އެންމެ ގިނައިން އީރާނުގެ ތެޔޮ ގެންނަ ގައުމަކީ ޖަޕާނެވެ. އެ ގައުމުން އަހަރަކު ތެރޭ އެތެރެކުރާ ތެލުގެ 5.3 އިންސައްތައިގެ ތެޔޮ ގެންނަނީ އީރާނުންނެވެ. އެއީ ދުވާލެއްގެ މައްޗަށް 172،000 ފީފާގެ ތެލެވެ.

ޖަޕާނުގެ ތެޔޮ ސާފްކުރާ ކުންފުނިތަކުން ބުނީ އެ މީހުންގެ މެޝިނަރީތަށް ޚާއްސަ ކޮށްފައި ވަނީ އީރާނުގެ ތެލަށް ކަމުގައި ވީނަމަވެސް މެދު އިރުމަތިން ނަގާ ތެޔޮ ވެސް އެމީހުންގެ މެޝިނަރީން ސާފު ކުރެވޭނޭ ކަމަށެވެ.

ޖަޕާނުގެ ސަރުކާރަށް އެމެރިކާ އިން ގޮވާލި ގޮވާލުން ދިރާސާކުރާ ފަރާތްތަކުން ސިފަކުރަނީ އުކުޅެއްގެ ގޮތުގައެވެ. އެއީ ދެ ގައުމުގެ ދެމެދުގައި ވިޔަފާރީގެ މަޝްވަރާތައް ފެށެން ބޯމަތިވެފައި ވަނިކޮށް ޖަޕާނުން އަމަލު ކުރާ ގޮތެއް ބަލަން އެމެރިކާ އިން ކުރި ކަމެއްގެ ގޮތުގައި ވަނީ ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް