| 25 ޖޫން 2018 | ހޯމަ 09:26 | |
![]() |
ދިރްހަމް ޓްރޭޑިންގް: ފެންވަރު ރަނގަޅު ސަމާނު ކަސްޓަމަރުންނާ ...
1 އަހަރު ކުރި |
![]() |
އޯލް އެޗް: ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ...
1 އަހަރު ކުރި |
![]() |
ޗާންދަލިޔާގެ އަމާޒަކީ ފެންވަރު ރަނގަޅު ކޮލެޓީ ޕްރޮޑަކްޓްތައް ...
1 އަހަރު ކުރި |
![]() |
އެމް7: ހިދުމަތުގައި 25 އަހަރު!
1 އަހަރު ކުރި |
![]() |
ކާނާ ރައްކާކުރުމަށް ދަ ގެސްޓުން ސިސްޓެމާ ބްރޭންޑްގެ ...
2 އަހަރު ކުރިން |
ބޮލީވޫޑްގެ ތަރި ކަރިޝްމާ ކަޕޫރުގެ 44 ވަނަ އުފަން ދުވަސް ލަންޑަންގައި ކުލަގަދަ ގޮތެއްގައި ފާހަގަ ކޮށްފިއެވެ.
ކަރިޝްމާގެ އުފަން ދުވަހު ބޭއްވި މެންދުރުގެ ކެއުމުގައި އާއިލާ އާއި ރައްޓެހިން ވަނީ ބައިވެރި ވެފައެވެ.
ލަންޑަންގެ މޭފެއާ ގައި ހުންނަ އަންނަބެލްސް ގައި ކުރިއަށްދިޔަ މި ސެލެބްރޭޝަންގައި ކަރީނާ އާއި އޭނާގެ ފިރިމީހާ ސައިފް އަލި ޚާން އާއި ސޯނަމް ކަޕޫރާއި ފިރިމީހާ ވިޔަފާރި ވެރިޔާ އަނަންދު އަހޫޖާ ވަނީ ބައިވެރި ވެފައެވެ. މީގެ އިތުރުން ވިޔަފާރި ވެރިޔާ އާދަރް ޕޫވަނާލާ އާއި އޭނާގެ އަންހެނުން ނަތާޝާ ވެސް ވަނީ ބައިވެރި ވެފައެވެ.
އެ އެންމެން އެކުގައި ނަގާފައިވާ ގިނަ ފޮޓޯތަކާއި ވީޑިއޯތައް އެމީހުން ވަނީ އިންސްޓަގްރާމްގައި ޝެއަރ ކޮށްފައެވެ.
ކަރިޝްމާވެސް ވަނީ އޭނާގެ އަންހެން ދަރިފުޅު ސަމައިރާ އާއި ފިރިހެންދަރިފުޅު ކިއާން އާއި އެކު ލަންޑަންގެ މަގުމަތީގައި ހިނގަމިންދާ ފޮޓޯއެއް" ބާތްޑޭ އީވް ވިތް މައި ބޭބީޒް" ޖެހުމަށްފަހު ޕޯސްޓްކޮށްފައެވެ.
ކަރިޝްމާ އާއި ކަރީނާ އަދި ސޯނަމް ލަންޑަންގައި ދުވަސްތައް ހޭދަކުރަމުންދާތާ މިހާރު ވަނީ ތިން ހަފްތާވެފައެވެ.
މި އެންމެން އެކުގައި ދަނީ ލަންޑަންގެ އެކި ތަންތަނުގައި ކެއުމަށާއި ޕާޓީތަކަށް ގޮސް މަޖާކުރަމުންނެވެ.
ލަންޑަންގައި ޗުއްޓީ ހޭދަކުރަމުން ދިޔަ ނަމަވެސް ސައިފް އާއި ތައިމޫރު ލަންޑަންގައި ބައިތިއްބުމަށް ފަހު ކަރީނާ ވަނީ މިދިޔަ ހަފްތާގައި މިސްއިންޑިއާ ބިއުޓީ ޕޭޖަންޓް ގައި ޕާފޯމް ކުރުމަށް އިނޑިއާ އަށް ގޮސްފައެވެ. އަދި އެ އިވެންޓް ނިންމުމަށް ފަހު އެނބުރި ވަނީ އަނެއްކާ ލަންޑަނަށް ގޮސްފައެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
މި ލިޔުން ކިޔާލުމުން
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
ކޮމެންޓް