23 އޭޕުރިލް 2019 | އަންގާރަ | 03 ބުރުނު
16 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:21
މެންދުރު 12:08
އިރުއަރާ 05:56
ފަތިސް 04:43

ބޮލީވުޑް

އައިފާ އެވޯޑްސް: އަހަރުގެ އެންމެ މޮޅު އެކްޓަރުންގެ މަގާމު އިރްފާން ޚާން އާއި ސްރީދޭވީއަށް

  • މޮޅު ފިލްމަކަށް ހޮވިފައި ވަނީ "ތުމާރީ ސުލޫ"
  • އެންމެ މޮޅު ޑައިރެކްޓަރަކީ ސާކެޓް ޗައުދަރީ
އަޒްލިފާ އަބްދުﷲ | AzuAzlifa

| 25 ޖޫން 2018 | ހޯމަ 08:50 | |

މަގުބޫލް

  1. ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
  2. އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟
  3. ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
  4. ބޮމެއް ފެނުމުން ލަންކާގެ މައި އެއާޕޯޓް ބަންދުކޮށްފި!
  5. ލަންކާއިން ގެއްލިގެން ހޯދަމުން ދިޔަ ދެ ދިވެހިން ފެނިއްޖެ
  6. މަރުތަކުގެ މޯޓިވް ދެނެގަނެވިއްޖެ، އެކަމަކު ދައުވާ ކުރެވޭކަށް ނެތް: ސުއޫދު
  7. ފެނަކައިގެ މުވައްޒަފުން ސިޔާސީ ކަންކަމުގައި ބައިވެރިވުމަށް މަޖުބޫރުނުކުރާތީ އުފާފާޅު ކޮށްފި
  8. ގޮވާތަކެތި ހުރި ލޮރީއަކާއި ވޭނެއް ކޮޅުނބަށް އެތެރެވެއްޖެ ކަމުގެ އިންޒާރާ އެކު ލަންކާ އެލާޓަށް!


ކަރަން ޖޯހަރު އަދި ރިތޭޝް ދޭޝްމުކް އައިފާ އެވޯޑްސް ހުށަހަޅައިދިނީ -- ގޫގުލް

އިންޑިއަން އިންޓަނޭޝަނަލް ފިލްމް އެވޯޑްސް (އައިފާ)ގެ މިއަހަރުގެ ބެސްޓް އެކްޓަރ ފީމޭލް  އެވޯޑް ސްރީދޭވީއަށް އަދި ބެސްޓް އެކްޓަރ މޭލް އެވޯޑް އިރުފާން ޚާންއަށް ލިބިއްޖެއެވެ.

މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ކުއްލި ގޮތަކަށް މަރުވެފައިވާ ސްރީދޭވީއަށް އެ އެވޯޑް ލިބިފައި ވަނީ "މޮމް" އިންނެވެ. އެ އެވޯޑާއި އޭނާގެ ފަރާތުން ހަވާލު ވެފައި ވަނީ ފިރިމީހާ ބޮނީ ކަޕޫރެވެ.

މިވަގުތު ލަންޑަންގައި ނިއުރޮއިންޑޮކްރޮއިން ޓިއުމާ އަށް ފަރުވާ ހޯދަމުންދާ އިރުފާން ޚާން އެ އެވޯޑް ލިބިފައިވަނީ "ހިންދީ މީޑިއަމް" އިންނެވެ.

ނަވާރަ ވަނަ އައިފާ އެވޯޑްސްގެ ބެސްޓް ފިލްމަކަށް ހޮވިފައި ވަނީ "ތުމާރީ ސުލޫ"އެވެ. އަދި ބެސްޓް ޑައިރެކްޓަރުގެ އެވޯޑް ލިބިފައި ވަނީ "ހިންދީ މީޑިއަމް"އިން ސާކެޓް ޗައުދަރީ އަށެވެ.

ބެސްޓް ސަޕޯޓިން އެކްޓަރ ފީމޭލް "ސީކްރެޓް ސުޕަސްޓާ" އިން މެހެރް ވިޖް އަށް ލިބނު އިރު ބެސްޓް ސަޕޯޓިން އެކްޓަރ މޭލް އެވޯޑް ލިބިފައިވަނީ " މޮމް" އިން ނަވާޒުއްދީން ސިއްދީގް އަށެވެ.

ބެސްޓް ސްޓޯރީ އެވޯޑް "ނިއުޓޮން" އިން އަމިތް ވީ މަސުރްކާއަށް ލިބުނު އިރު ބެސްޓް މިއުޒިކް ޑައިރެކްޝަން އެވޯޑް ލިބިފައިވަނީ " ބަދްރިނާތްކީ ދުލްހަނިޔާ" އިން އަމާލް މަލިކް، ތަނިޝްކް ބަގްޗީ އަދި އާހިލް ސަޗްދޭވާ އަށެވެ. ބެސްޓް ބެކްގަރއުންޑް ސްކޯ ޕްރިތަމް ޖައްގާ ޖާސޫސް އަށް ލިބުނު އިރު ބެސްޓް ކްރީން ޕްލޭ އެވޯޑް ލިބިފައިވަނީ " ބަރޭލީކީ ބަރްފީ" އިން ނިތޭޝް ތިވާރީ އަދި ޝްރެޔަސް ޖެއިން އަށެވެ. 

އެންމެ މޮޅު ޑައިލޮގް އެވޯޑް "ޝުބް މަންގަލް ސްވަދާން" އިން ހިތޭޝް ކެވަލްޔާއަށް އަދި އެންމެ މޮޅު ކޮރިއޯގަރްފީ އެވޯޑް ލިބިފައިވަނީ "ޖައްގާ ޖާސޫސް" އިން ވިޖޭ ރަންގޫލީ އަދި ރުއެލް ދައުސަން ވަރިންދަނީ އަށެވެ. ބެސްޓް ސިންމްޓޯގަރްފީ އެވޯޑް "ޓާއިގާ ޒިންދާހޭ" އިން މާސިން ލަސްކަވީކް އަދި އުސްކް އަށް ބެސްޓް އެޑިޓިން އެވޯޑް ލިބިފައިވަނީ "ނިއުޓޮން" އިން ޝްވެތާ ވެންކަތް މެތިވް އަށެވެ.

ބެސްޓް ޑެބިއުޓް ޑިރެކްޓަރ އެވޯޑް ކޮންކޮނާ ސެން ޝާރުމާއަށް ލިބުނު އިރު ބެސްޓް ސްޓައިލް އައިކަން އޮފް ދަ އިޔާ އެޥޯޑް ލިބިފައިވަނީ ކްރިޓީ ސެނޯން އަށެވެ.

ބެސްޓް ޕްލޭ ބެކްސިންގާފީމޭލް އެވޯޑް ލިބިފައިވަނީ ރޭކާ މިޝްރާއަށް ފިލްމް " ސީކްރެޓް ސުޕަރސްޓަގެ "މައި ކޯން ހޫން" އަށެވެ.

ބެސްޓް ޕްލޭ ބެކްސިންގާ މޭލް އެވޯޑް ލިބިފައިވަނީ އަރިގިތް ސިންގްއަށް " ޖަބް ހެރީ މެޓް ސީޖަލް" ގެ "ހާވާޔިއެން" އިންނެވެ.

ބެސްޓް ލިރިކްސް އެވޯޑް ލިބިފައިވަނީ މަނޯޖް މުންތަޝިރަށްފިލްމް "ބާދްޝާހޯ ގެ " މެރެ ރަކްޝޭ ގަމަރް" އަށެވެ.

ބެސްޓް ސައުންޑް ޑިޒައިން އެވޯޑް ލިބިފައިވަނީ "ޓައިގާ ޒިންދަހޭ" އިން ދިލީޕް ސުބްރަމާނިއަމް އަދި ގަނޭޝް ގަންގަދަރަން އަށެވެ.

ބެސްޓް ސްޕެޝަލް އިފެކްޓް އެވޯޑް " ޖައްގާ ޖާސޫސް އިން" ވީއެފްއެކްސް ވާލާއަށް ވަނީ ލިބިފައެވެ.

 މީގެ އިތުރުން އައުޓް ސްޓޭންޑިން އެޗީވްމަންޓް އެވޯޑް ލިބިފައިވަނީ އަނޫޕަމް ކޭރް އަށެވެ.

އާދިއްތަ ދުވަހުގެރޭ ބެންކޮކްގެ  ސިއަމް ނިރަމިތް ތިއޭޓާގައި ކުރިއަށް ދިޔަ މި އެވޯޑް ހަފްލާ ހުށަހަޅައިދީފައިވަނީ ކަރްން ޖޯހަރާއި ރިތޭޝް ދޭޝްމުކެވެ.

ެއެ ފަހްލާގައި ރޭކާގެ އިތުރުން ރަބީރު ކަޕޫރު، ޝްރައްދާ ކަޕޫރު، އަރުޖުން ކަޕޫރު، ކްރިތީ ސެނޯން، އަނިލް ކަޕޫރު، ކަރަން ޖޯހަރު، ބޮބީ ޑިއޯލް އަދި ލޫލިއާ ވަންތުރު ވަނީ ޕާފޯމް ކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 10 މަސް ކުރިން | ރިވިއު ކުރީ: ޙުސައިން ޙަސަން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް