20 ނޮވެންބަރު 2018 | އަންގާރަ | 07 ނޮރަ
12 ރަބީޢުލްއައްވަލް 1440
ފަތިސް 04:37
އިރުއަރާ 05:52
މެންދުރު 11:56
އަސްރު 15:15
މަޣްރިބް 17:51
އިޝާ 19:06

ފީފާ ވާރލްޑް ކަޕް 2018

ވާރލްޑް ކަޕް: ކޮލޮމްބިއާ އަތުން ބަލިވެ ޕޮލެންޑް ކަޓައިފި

  • މި މެޗުން ޕޮލެންޑް ބަލިވެފައިވަނީ 3-0 ގެ ނަތީޖާއަކުން
އަހްމަދު ސާއިފް ޝިޔާދް | Saaif80

| 25 ޖޫން 2018 | ހޯމަ 01:25 | |

މަގުބޫލް

  1. ރާއްޖެޓީވީގެ ބޭނުމަކީ ހިޔާލުތަފާތު ކުރުމާއި ނަފްރަތު އުފެއްދުން: ރައީސް ނަޝީދު
  2. ފުރަތަމަ ދުވަހު ފުއްދަވާނެކަމަށް ރާއްޖެ ޓީވީގައި ވެވަޑައިގެންނެވި ވައުދުތައް ރައީސް ސޯލިޙް ފުއްދަވައިފި
  3. ހަތިޔާރު އެޅި ފައުޖާ ނުލައި، ރައީސް ސޯލިހު އާންމުންގެ ތެރެއަށް
  4. ނުހައްގުން ފްލެޓް ބެހި މީހުންނަށް ފިޔަވަޅު އަޅައި ހަމަހަމަކަމާއެކު ފްލެޓް ދޫކުރަނީ!
  5. ފުރަތަމަ 100 ދުވަހުގެ ތެރޭގައި މިސްކިތްތައް އޭސީ ކުރަނީ
  6. ޓެކްސީ ބޯޑުގެ ފީ ކަނޑާލައި، މާލޭގައި ބަސްދަތުރު ފަށަނީ
  7. ވަޒީރެއްގެ ހައިސިއްޔަތުން މަހްލޫފުގެ ފުރަތަމަ ބައްދަލުވުން މިނިސްޓަރީގެ މަސައްކަތުގެ މީހުންނާއެކު!
  8. ފުރަތަމަ 100 ދުވަހުގެ ތެރޭގައި މިސްކިތްތަކުގައި ގުރުއާން ކިޔަވައިދޭން ފެށޭނެ


ހަމޭސް ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ - މި މެޗުގައި އޭނާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ -- ގެޓީ އިމޭޖާސް

ފީފާ ވާރލްޑް ކަޕްގައި ކޮލޮމްބިއާ އާއި ދެކޮޅަށް ކުޅުނު މެޗުން ބަލިވެ ޕޮލެންޑް މުބާރާތުން ކަޓައިފިއެވެ.

ކަޒާން އެރީނާގައި ކުޅުނު މި މެޗުން ޕޮލެންޑް ބަލިވެފައިވަނީ 3-0 ގެ ނަތީޖާއަކުންނެވެ. މިއީ މި ދެ ޓީމުގެ މެދުގައި ބައިނަލްއަގްވާމީ މުބާރާތެއްގައި ކުޅެވުނު ފުރަތަމަ މެޗަށްވާއިރު ވާރލްޑް ކަޕްގައި ޔޫރަޕުގެ ޓީމުތަކާއި ދެކޮޅަށް ކުޅުނު ނުވަ މެޗުގެ ތެރެއިން ކޮލޮމްބިއާ މޮޅުވެފައި އޮތީ އެންމެ ދެ މެޗުންނެވެ.

ކޮލޮމްބިއާގެ ފުރަތަމަ އެގާރައިން މި މެޗުގައި ހަތަރު ބަދަލެއް ފެނިގެންދިޔައިރު އަނިޔާގެ ސަބަބުން އެޓީމުގެ ފުރަތަމަ އެގާރައިން މިދިޔަ މެޗުގައި ޖާގަ ގެއްލުނު ހަމޭސް ރޮޑްރިގޭޒް ވަނީ މި މެޗުގައި ކުޅެން އަރާ މޮޅު ކުޅުމެއް ދައްކާފައެވެ. ހަމައެހެންމެ ކޮލޮމްބިއާ ކުޅުނު ފުރަތަމަ މެޗުގައި ރަތް ކާޑު ދެއްކި ކާލޯސް ސަންޗޭޒްގެ ބަދަލުގައި މި މެޗުގައި ފުރުސަތު ދީފައިވަނީ ޔެރީ މިނާއަށެވެ. ޕޮލެންޑްގެ ޓީމުން ވަނީ ތިން ބަދަލެއް ފެނިގެންގޮސްފައެވެ.

ފުރަތަމަ ހާފު ފެށިގެން ކޮލޮމްބިއާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު ކޮލޮމްބިއާއިން ވަނީ ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ޕޮލެންޑްގެ ކުޅުންތެރިން މެދުތެރެއިން ކުޅެން މަސައްކަތްކުރި ނަމަވެސް އެކުޅުންތެރިންނަށް މާ އެދެވޭ ހަމަލާތަކެއް ތަނަވަސްކުރެވޭ ގޮތެއް ވެފައެއް ނުވެއެވެ. މި މެޗުގައި ކޮލޮމްބިއާއިން ޖެހި ފުރަތަމަ ލަނޑު މެޗުގެ 40 ވަނަ މިނެޓުގައި އެޓީމަށް ޖަހައިދިނީ ޔެރީ މިނާއެވެ. އޭނާ މި ލަނޑު ޖެހީ ހަމޭސް ނަގައިދިން ހުރަހަކުންނެވެ.

އެއް ލަނޑުގެ ލީޑެއްގައި އޮވެ ކޮލޮމްބިއާއިން ފުރަތަމަ ހާފު ނިންމާލިއިރު ދެވަނަ ހާފުގައި އެޓީމުގެ ކުޅުންތެރިން ވަނީ ކުޅުން އިތުރަށް ވަރުގަދަކޮށް ޕޮލެންޑްގެ ގޯލަށް ބާރުބޮޑުކޮށްފައެވެ. ކޮލޮމްބިއާއިން އުފައްދަމުންދިޔަ ހަމަލާތަކުގެ ނަތީޖާއެއްގެ ގޮތުން މެޗުގެ 70 ވަނަ މިނެޓުގައި ހުއާން ކުއިންޓެރޯ ދިން ބޯޅައަކުން ލަނޑެއް ޖަހާ ކެޕްޓަން ފަލްކާއޯވަނީ އެޓީމުގެ ލީޑު ފުޅާކޮށްދީފައެވެ. އެޓީމުގެ ތިންވަނަ ލަނޑު އޭގެ ފަސް މިނެޓު ފަހުން ޖެހީ ހުއާން ކުއަޑްރާޑޯއެވެ.

މި މެޗާއެކު ޕޮލެންޑް ވެގެންދިޔައީ މިފަހަރުގެ ވާރލްޑް ކަޕްއިން ކެޓި ޔޫރަޕަށް ނިސްބަތްވާ ފުރަތަމަ ޓީމަށެވެ.

ކުރިޔަށް އޮތް މެޗު ކާމިޔާބުކޮށްގެން ކޮލޮމްބިއާއަށް ދެވަނަ ބުރަށް ދިޔުމުގެ ފުރުސަތު އޮތްއިރު އެއްވަރުވެއްޖެނަމަ ޖަޕާން ކުޅޭ މެޗުގެ ނަތީޖާއަށް އެޓީމު ބަލަން ޖެހޭނެއެވެ.

މި ގްރޫޕްގެ އެއްވަނައިގައި ހަތަރު ޕޮއިންޓާއެކު ފެއާޕްލޭ ޕޮއިންޓް ކުރިލިބޭތީ އޮތީ ޖަޕާންއެވެ. ހަތަރު ޕޮއިންޓާއެކު ދެވަނައިގައި ސެނެގާލް އޮތްއިރު ތިންވަނަގައި ކޮލޮމްބިއާ އޮތީ ތިން ޕޮއިންޓާއެކުއެވެ. ހަތަރު ވަނައިގައި އެއްވެސް ޕޮއިންޓެއް ނުލިބި އޮތީ މުބާރާތުން ކަޓާފައިވާ ޕޮލެންޑްއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: މިއުވާން މުހައްމަދު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް