18 އޭޕުރިލް 2019 | ބުރާސްފަތި | 11 އައްސިދަ
11 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:14
އަސްރު 15:19
މެންދުރު 12:09
އިރުއަރާ 05:58
ފަތިސް 04:45

ފީފާ ވާރލްޑް ކަޕް 2018

ވާރލްޑް ކަޕް: ޖަޕާން އަދި ސެނެގާލްގެ މެޗު ހަމަހަމަ

  • މި މެޗު ނިމިފައިވަނީ 2-2 ގެ ނަތީޖާއަކުން އެއްވަރުވެގެން
އަހްމަދު ސާއިފް ޝިޔާދް | Saaif80

| 24 ޖޫން 2018 | އާދީއްތަ 22:46 | |

މަގުބޫލް

  1. ރައީސްގެ ސްޕެޝަލް އެންވޯއިގެ މަގާމުން ޖާބިރު ވަކިކުރަނީ!
  2. ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި
  3. އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގައި ސިއްރު ވޯޓު ނެގުމާމެދު ހިޔާލުތަފާތު ވެއްޖެ
  4. މި ހިނގާ މަޖިލީހަކީ އެންމެ ހަޑި މުޑުދާރު މަޖިލިސް: ނާޝިދު
  5. ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!
  6. ފަތަހަ ސުންބުލި ކައިރިން ފައިސާތަކެއް ފޭރެން މަސައްކަތްކުރި މީހަކު ފުލުހުން ހައްޔަރުކޮށްފި
  7. ބްރޯޑްކޮމް މިހާރު ހުދުކާފޫރަށް ވީތޯ؟
  8. ބޮޑު ހިޔާނާތާ ގުޅިގެން އިންޓަޕޯލުން ރެޑް ނޯޓިސް ނެރުނު މީހުންގެ ނަންތައް ނަގައިފި


ކެއިސޫކޭ ހޮންޑާ ލަނޑޫ ޖެހުމަށްފަހު - ހޮންޑާއަކީ ވާރލްޑް ކަޕްގެ ތާރީހުގައި އެންމެ ގިނަ ލަނޑޫ ޖެހި އޭޝިއާއަށް ނިސްބަތްވާ ކުޅުންތެރިޔާ -- ގެޓީ އިމޭޖާސް

ވާރލްޑް ކަޕްގެ ގްރޫޕް ފިޔަވަހީގައި ޖަޕާން އަދި ސެނެގާލް ކުޅުނު މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.

އެކަޓަރިންބަރގްގައި ކުޅުނު މި މެޗު ނިމިފައިވަނީ 2-2 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ. މިއީ ޖަޕާނާއި ސެނެގާލްއާއި ދެމެދު ކުޅެވުނު ހަތަރުވަނަ މެޗަށްވާއިރު މިއީ 2003 ވަނަ އަހަރުގެ ފަހުން މި ދެ ޓީމު ބައްދަލުކުރި ފުރަތަމަ މެޗެވެ. މިއީ ވާރލްޑް ކަޕެއްގައި އޭޝިއާގެ ގައުމަކާއި ދެކޮޅަށް ސެނެގާލް ކުޅުނު ފުރަތަމަ މެޗެވެ.

ފުރަތަމަ ހާފު ފެށިގެން ދެ ޓީމުގެ ފަރާތުން ވެސް ފޯރިގަދަ ކުޅުމެއް ފެނިގެންދިޔައިރު ދެ ޓީމުން ވެސް ވަނީ ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. މި މެޗުގެ ފުރަތަމަ ލަނޑު ޖެހީ ސެނެގާލްއިންނެވެ. މި ލަނޑު މެޗުގެ 11 ވަނަ މިނެޓުގައި އެޓީމަށް ޖަހައިދިނީ ކެޕްޓަން ސަދިއޯ މާނޭއެވެ. މި ލަނޑަށްފަހު ޖަޕާނުން ކުޅުން ރަނގަޅު ކުރުމުގެ ނަތީޖާއެއްގެ ގޮތުން މެޗުގެ 34 ވަނަ މިނެޓުގައި ޓަކަޝީ އިނުއި ވަނީ ލަނޑެއް ޖަހާ އެޓީމަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ.

ދެ ޓީމު އެއްވަރުވެއޮވެ ފުރަތަމަ ހާފު ނިމިގެންދިޔައިރު ދެވަނަ ހާފުގައި ޖަޕާނުން ވަނީ ކުޅުން ވަރުގަދަކޮށްފައެވެ. އެ ޓީމުގެ ކުޅުންތެރިންނަށް ލިބުނު ފުރުސަތުގެ ބޭނުން ހިފަފައިނުވާއިރު ސެނެގާލްއިން ވަނީ އަލުން އަނބުރާ މެޗުގެ ލީޑު 71 ވަނަ މިނެޓުގައި ނަގާފައެވެ. މި ލަނޑު ޖަހާފައިވަނީ މޫސާ ވަގްޔޭއެވެ. އެހެން ނަމަވެސް އޭގެ ހަތް މިނެޓު ފަހުން ކެއިސޫކޭ ހޮންޑާ ވަނީ ލަނޑެއް ޖަހާ އަނެއްކާ ވެސް ޖަޕާނަށް އެއްވަރުކޮށްދީފައެވެ.

މި މެޗުގައި ޖެހި ލަނޑާއެކު ހޮންޑާ ވެގެންދިޔައީ ހަތަރު ލަނޑާއެކު އޭޝިއާގެ ތާރީހުގައި ވެސް ވާރލްޑް ކަޕްގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއަށެވެ.

ގްރޫޕްގެ އެއްވަނައިގައި ހަތަރު ޕޮއިންޓާއެކު ލަނޑުގެ ތަފާތުން ޖަޕާން އޮތްއިރު ދެވަނައިގައި އޮތީ ސެނެގާލްއެވެ. ތިންވަނައިގައި ކޮލޮމްބޯ އޮތްއިރު ހަތަރުވަނައިގައި އޮތީ ޕޮލެންޑްއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 10 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް