17 ފެބުރުއަރީ 2019 | އާދީއްތަ | 04 ހިޔަވިހާ
12 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:19
މެންދުރު 12:24
އަސްރު 15:41
މަޣްރިބް 18:22
އިޝާ 19:35

ފީފާ ވާރލްޑް ކަޕް 2018

ވާރލްޑް ކަޕް: ބޮޑު މޮޅަކާއެކު އިނގިރޭސިވިލާތް ދެވަނަ ބުރަށް

  • ޕެނަމާ އާއި ދެކޮޅަށް ކުޅުނު މެޗުން އިނގިރޭސިވިލާތް މޮޅުވީ 6-1 ގެ ނަތީޖާއަކުން
އަހްމަދު ސާއިފް ޝިޔާދް | Saaif80

| 24 ޖޫން 2018 | އާދީއްތަ 22:15 | |

މަގުބޫލް

  1. އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި
  2. ޒަހަމްތަކާއެކު މަރުވެފައި އޮތް މީހަކު ގއ. ވިލިނގިލިން ފެނިއްޖެ
  3. ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
  4. ޖުމްހޫރީ ޕާޓީގެ ބައެއް ދާއިރާތަކަށް ރައީސް ޔާމީންގެ ފަރާތުން ކެނޑިޑޭޓުން ނުނެރުމަށް ނިންމައިފި
  5. ކަމަދޫ ކައުންސިލްގެ ރައީސް ހައްޔަރުކޮށްފި
  6. މަނީ ލޯންޑްރިންގެ ބޮޑު ދައުވާ: ޝަރުއީ ދާއިރާއަށް އާ ކަމެއް!
  7. އެސްއޯއެފްގެ އެކައުންޓް ސްޓޭޓްމަންޓަކީ ކެރެކްޓަރ ސެޓްފިކެޓެއް ނޫން!
  8. ސިމްބޮލިކް ރިކޯޑްސްއަށް 'ހުރެވެނީ' ކޮން އިންތިޒާރެއްގައި؟


ކޭން ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ - ކޭން ވެގެންދިޔައީ ވާރލްޑް ކަޕްގެ ތާރީހުގައި ވެސް ހެޓްރިކެއް ހެދި އިނގިރޭސިވިލާތަށް ނިސްބަތްވާ ތިންވަނަ ކުޅުންތެރިޔާއަށް -- ގެޓީ އިމޭޖާސް

ފީފާ ވާރލްޑް ކަޕްގެ ގްރޫޕް ފިޔަވަހީގެ ދެވަނަ މެޗުން ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެ ދެވަނަ ބުރުގެ ޖާގައެއް އިނގިރޭސިވިލާތް ހޯދައިފިއެވެ.

ނިޒްނީ ނޮވްގްރޮޑް ސްޓޭޑިއަމްގައި ވާރލްޑް ކަޕްގައި އަލަށް ވާދަކުރާ ޕެނަމާ އާއި ދެކޮޅަށް ކުޅުނު މެޗުން އިނގިރޭސިވިލާތް މޮޅުވީ 6-1 ގެ ނަތީޖާއަކުންނެވެ. މިއީ މި ދެ ޓީމުގެ މެދުގައި ކުޅެވުނު ފުރަތަމަ މެޗަށްވާއިރު މިއީ ވާރލްޑް ކަޕްގައި އިނގިރޭސިވިލާތް ވާދަކުރި 38 ވަނަ ގައުމެވެ. މި މެޗުގައި އަނިޔާގެ ސަބަބުން ޑެލޭ އަލީ ކުޅެފައިނުވާއިރު އޭނާގެ ބަދަލުގައި ކުޅެފައިވަނީ ރޫބެން ލޮފްޓަސް ޗީކްއެވެ. ޕެނަމާއިން މި މެޗަށް ނެރުނީ ފުރަތަމަ މެޗުގައި ވެސް އެޓީމުން ކުޅެން އެރުވި ފުރަތަމަ އެގާރައެވެ.

ފުރަތަމަ ހާފު ފެށިގެން އިނގިރޭސިވިލާތުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު މެޗުގެ ފަސްވަނަ މިނެޓުގައި އެޓީމުން ވަނީ މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނަގާފައެވެ. މި ލަނޑު ކިއެރަން ޓްރިޕިއަރ ނަގައިދިން ކޯނަރަކުން ޖަހައިދިނީ ޖޯން ސްޓޯންސްއެވެ. އިނގިރޭސިވިލާތުގެ ދެވަނަ ލަނޑު މެޗުގެ 22 ވަނަ މިނެޓުގައި ޕެނަލްޓީއަކުން ޖަހައިދިނީ ކޭންއެވެ. އެ ޓީމުގެ ތިންވަނަ ލަނޑު މެޗުގެ 36 ވަނަ މިނެޓުގައި ޖަހައިދިނީ ޖެސޭ ލިންގާޑްއެވެ.

އިނގިރޭސިވިލާތުގެ ހަތަރުވަނަ ލަނޑު މެޗުގެ 40 ވަނަ މިނެޓުގައި އެޓީމަށް ޖަހައިދިނީ ޖޯން ސްޓޯންސްއެވެ. ފުރަތަމަ ހާފުގައި އިނގިރޭސިވިލާތުން ފަސް ލަނޑު ޖެހިއިރު އެ ޓީމުގެ ފަސްވަނަ ލަނޑު މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ޖެހީ ކޭންއެވެ.

ދެވަނަ ހާފުގައި ޕެނަމާއިން ކުޅުން ރަނގަޅުކުރިއިރު އެޓީމުން ވަނީ ޑިފެންސް ކުރުމަށް އިސްކަން ދީފައެވެ. އެހެން ނަމަވެސް މެޗުގެ 62 ވަނަ މިނެޓުގައި ކޭން ވަނީ ލަނޑެއް ޖަހާ އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ. ޕެނަމާއިން ހަމަލާ އުފެއްދުމަށް މަސައްކަތްކުރުމުގެ ނަތީޖާއެއްގެ ގޮތުން މެޗުގެ 78 ވަނަ މިނެޓުގައި އެޓީމުން ވަނީ ލަނޑެއް ޖަހާފައެވެ. މި މެޗުގައި ޕެނަމާގެ ފަރާތުން ފެނުނު ހަމައެކަނި ލަނޑު ޖެހީ ފެލިޕޭ ބަލޯއިއެވެ.  

މި މޮޅާއެކު އިނގިރޭސިވިލާތުން ވަނީ 2006 ވަނަ އަހަރުގެ ވާރލްޑް ކަޕްގެ ފަހުން ފުރަތަމަ ފަހަރަށް ވާރލްޑް ކަޕްގެ ގްރޫޕް ފިޔަވަހީގައި ކުޅުނު ފުރަތަމަ ދެ މެޗު ކާމިޔާބުކޮށްފައެވެ. ހަމައެހެންމެ ކޭން ވެގެންދިޔައީ ވާރލްޑް ކަޕްގެ ތާރީހުގައި ވެސް ހެޓްރިކެއް ހެދި އިނގިރޭސިވިލާތަށް ނިސްބަތްވާ ތިންވަނަ ކުޅުންތެރިޔާއަށެވެ. ޖޯން ސްޓޯންސް ވެގެންދިޔައީ 1982 ވަނަ އަހަރުގެ ފަހުން ވާރލްޑް ކަޕެއްގައި އިނގިރޭސިވިލާތަށް ލަނޑު ޖަހައިދިން މެންޗެސްޓާ ސިޓީއަށް ނިސްބަތްވާ ފުރަތަމަ ކުޅުންތެރިޔާއަށެވެ.

މިއަހަރުގެ ވާރލްޑް ކަޕްގައި ފަސް ލަނޑާއެކު ރަން ބޫޓުގެ ރޭންކިންގެ އެއްވަނައިގައި އޮތީ ކޭންއެވެ.

ގްރޫޕްގެ އެއްވަނައިގައި ހަ ޕޮއިންޓާއެކު ލަނޑުގެ ތަފާތުން އިނގިރޭސިވިލާތް އޮންނައިރު ދެވަނައިގައި ލަނޑުގެ ތަފާތުން އޮތީ ބެލްޖިއަމްއެވެ. ތިންވަނައިގައި ޓިއުނީޝިއާ އޮތްއިރު ތާވަލުގެ ފުލުގައި އޮތީ ޕެނަމާއެވެ.

ކުރިޔަށް އޮތް މެޗުގައި އިނގިރޭސިވިލާތް ނުކުންނާނީ ބެލްޖިއަމްއާ ދެކޮޅަށެވެ. މި މެޗުން މޮޅުވާ ޓީމަކަށް އެއްވަނަ ޓީމުގެ ގޮތުގައި ކޮލިފައިވެވޭނެއެވެ. ޕެނަމާ ނުކުންނާނީ ޓިއުނީޝިއާ އާއި ދެކޮޅަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް