19 ނޮވެންބަރު 2018 | ހޯމަ | 07 ނޮރަ
11 ރަބީޢުލްއައްވަލް 1440
އިޝާ 19:06
މަޣްރިބް 17:51
އަސްރު 15:15
މެންދުރު 11:55
އިރުއަރާ 05:52
ފަތިސް 04:37

ފީފާ ވާރލްޑް ކަޕް 2018

ޖަރުމަނު ކަޓަން ވަރަށް ގިނަ ބަޔަކު ބޭނުންވި

  • މި މެޗުގައި ޖަރުމަނުން ޖެހި ފުރަތަމަ ލަނޑު ޖެހީ ރެއުސް
އަހްމަދު ސާއިފް ޝިޔާދް | Saaif80

| 24 ޖޫން 2018 | އާދީއްތަ 21:46 | |

މަގުބޫލް

  1. ރާއްޖެޓީވީގެ ބޭނުމަކީ ހިޔާލުތަފާތު ކުރުމާއި ނަފްރަތު އުފެއްދުން: ރައީސް ނަޝީދު
  2. ފުރަތަމަ ދުވަހު ފުއްދަވާނެކަމަށް ރާއްޖެ ޓީވީގައި ވެވަޑައިގެންނެވި ވައުދުތައް ރައީސް ސޯލިޙް ފުއްދަވައިފި
  3. ހަތިޔާރު އެޅި ފައުޖާ ނުލައި، ރައީސް ސޯލިހު އާންމުންގެ ތެރެއަށް
  4. ނުހައްގުން ފްލެޓް ބެހި މީހުންނަށް ފިޔަވަޅު އަޅައި ހަމަހަމަކަމާއެކު ފްލެޓް ދޫކުރަނީ!
  5. ފުރަތަމަ 100 ދުވަހުގެ ތެރޭގައި މިސްކިތްތައް އޭސީ ކުރަނީ
  6. ޓެކްސީ ބޯޑުގެ ފީ ކަނޑާލައި، މާލޭގައި ބަސްދަތުރު ފަށަނީ
  7. ވަޒީރެއްގެ ހައިސިއްޔަތުން މަހްލޫފުގެ ފުރަތަމަ ބައްދަލުވުން މިނިސްޓަރީގެ މަސައްކަތުގެ މީހުންނާއެކު!
  8. ފުރަތަމަ 100 ދުވަހުގެ ތެރޭގައި މިސްކިތްތަކުގައި ގުރުއާން ކިޔަވައިދޭން ފެށޭނެ


މި މެޗުގައި ރެއިސް ޖެހި ލަނޑަކީ އޭނާ ބައިނަލްއަގްވާމީ ބޮޑު މުބާރާތެއްގައި ޖަރުމަނަށް ޖަހައިދިން ފުރަތަމަ ލަނޑު -- ފީފާ

ފީފާ ވާރލްޑް ކަޕްއިން ޖަރުމަނު ކަޓުވާލުމަށް ވަރަށް ގިނަ ބަޔަކު ބޭނުންވި ކަމަށް ސްވިޑެން ކޮޅަށް އެޓީމުގެ ފުރަތަމަ ލަނޑު ޖެހި މާކޯ ރެއުސް ބުނެފިއެވެ.

ގްރޫޕް ފިޔަވަހީގެ ފުރަތަމަ މެޗުން ބަލިވުމާއެކު ޖަރުމަނަށް ބޮޑު ފާޑުކިޔުންތައް އަމާޒުވިއިރު ސްވިޑެންއާ ދެކޮޅަށް ކުޅުނު މެޗުން ބަލިވިނަމަ ޖަރުމަނު މުބާރާތުން ކަޓާނެއެވެ. މި މެޗުން ޖަރުމަނު މޮޅުވީ އެންމެފަހު ވަގުތު ޓޯނީ ކްރޫސް ޖެހި ލަނޑަކުންނެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ރެއުސް ބުނީ އަމިއްލަ ގައުމުގެ މީހުން ވެސް ޖަރުމަނު ކަޓުވާލަން ބޭނުންވި ކަމަށާއި އެހެން ނަމަވެސް ޓީމުގެ ރޫހު މިހާރު އެންމެނަށް ދައްކާލެވިއްޖެ ކަމަށް އުއްމީދުކުރާ ކަމަށެވެ. އަދި މި މެޗު ކާމިޔާބުކުރެވުމަކީ މުބާރާތުގައި އިތުރަށް ކުރިޔަށް ދިޔުމަށް ލިބުނު ބާރެއް ކަމަށް ރެއުސް ބުންޏެވެ.

ފުރަތަމަ މެޗުން ބަލިވުމަކީ ކުރިމަތިވި ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށާއި އެކަން އެންމެ ފުރަތަމަ ގަބޫލުކުރަން ވެސް ދަތިވި ކަމަށް ރެއުސް ބުންޏެވެ. ހަމައެހެންމެ ސްވިޑެންއާ ދެކޮޅަށް ކުޅުނު މެޗުގައި ބައިކޮޅަށް ލަނޑެއް ވަނުމުން ހުރިހާ ކުޅުންތެރިން ވެސް ވަރަށް ބޮޑު ޝޮކެއްގައި ތިބި ކަމަށާއި އެހެން ނަމަވެސް އަލުން އަނބުރާ ދެވަނަ ހާފުގައި ދައްކަން ބޭނުންވި ކުޅުން ދައްކާލެވުނު ކަމަށް ރެއުސް ބުންޏެވެ. ހަމައެހެންމެ ސްވިޑެން ކޮޅަށް އިތުރު ލަނޑުތަކެއް ޖެހުމުގެ ފުރުސަތު ވެސް ލިބުނު ކަމަށް ރެއުސް ބުންޏެވެ.

ދެވަނަ ހާފަށް ނުކުތީ މޮޅުވާން ކަމަށާއި އެކަން ހާސިލްކުރެވުމުން ވަރަށް އުފާވި ކަމަށް ރެއުސް ބުންޏެވެ. މި މެޗުގައި ރެއުސް ޖެހި ލަނޑަކީ އޭނާ ބައިނަލްއަގްވާމީ ބޮޑު މުބާރާތެއްގައި ޖަރުމަނަށް ޖަހައިދިން ފުރަތަމަ ލަނޑެވެ.

ކްރޫސް އާއި ގުޅޭގޮތުން ވާހަކަ ދައްކަމުން ރެއުސް ބުނީ ކްރޫސްއަކީ ވަރަށް ހުނަރުވެރި ކުޅުންތެރިޔެއް ކަމަށާއި އޭނާއަށް ވަރަށް ބޮޑު އިހުތިރާމެއް އެބައޮތް ކަމަށެވެ.

މި ގްރޫޕުން ދެވަނަ ބުރުގެ ޖާގައެއް މެކްސިކޯ ގާތްގަނޑަކަށް ކަށަވަރުކޮށްފައިވާއިރު ޖަރުމަނަށް ދެވަނަ ބުރަށް ދެވޭނީ ކުރިޔަށް އޮތް މެޗު ކާމިޔާބުކޮށް ސްވިޑެން ކުޅޭ މެޗުން އެޓީމު ބަލިވެގެން ނުވަތަ އެއްވަރުވެގެންނެވެ. ހަމައެހެންމެ ސްވިޑެންއަށް ދެވަނަ ބުރަށް ދެވޭނީ ޖަރުމަނު ކުޅޭ މެޗުން ބަލިވެ ނުވަތަ ޖަރުމަނު އެއްވަރުވެގެންނެވެ. ދެ ޓީމު ވެސް މޮޅުވެއްޖެނަމަ ބަލަން ޖެހޭނީ ލަނޑުގެ ތަފާތަށެވެ. އޭރު މެކްސިކޯގެ ލަނޑުގެ ތަފާތަށް ވެސް ބަލަން ޖެހޭނެއެވެ.

މިވަގުތު ގްރޫޕްގެ ކުރީގައި ހަ ޕޮއިންޓާއެކު މެކްސިކޯ އޮތްއިރު ދެވަނަ އަދި ތިންވަނަ ލިބެނީ ސްވިޑެން އަދި ޖަރުމަނަށެވެ. ތާވަލުގެ ފުލުގައި އޮތީ ދެކުނު ކޮރެއާއެވެ.

ކުރިޔަށް އޮތް މެޗުގައި ދެކުނު ކޮރެއާ އާއި ދެކޮޅަށް ޖަރުމަނު ނުކުންނައިރު ސްވިޑެން ނުކުންނާނީ މެކްސިކޯ އާއި ދެކޮޅަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް