13 ނޮވެންބަރު 2018 | އަންގާރަ | 13 ވިހާ
05 ރަބީޢުލްއައްވަލް 1440
އިޝާ 19:05
މަޣްރިބް 17:50
އަސްރު 15:14
މެންދުރު 11:54
އިރުއަރާ 05:50
ފަތިސް 04:36

ތުރުކީގެ އިންތިޚާބު

ތުރުކީގެ އިންތިޚާބު: ވޯޓްލުން ނިންމާލައިފި

  • ރިޔާސީ އިންތިޚާބާއި ގާނޫނުހަދާ މަޖިލީހުގެ އިންތިޚާބު ގެންދިޔައީ އެކުގައި
  • އެއްވެސް ކެނޑިޑޭޓަކަށް %50 ނުހޯދިއްޖެ ނަމަ ދެވަނަ ބުރަކަށް ދާނެ
އަބުދުﷲ މުހައްމަދު | 8Abbo

| 24 ޖޫން 2018 | އާދީއްތަ 19:51 | |

މަގުބޫލް

  1. ރާއްޖޭގެ ކޯޓެއްގެ ފަނޑިޔާރުންގެ ބެންޗަށް ބަޔަކު އަރައި ނަގާފައިވާ ފޮޓޯތަކެއް އާއްމުވެއްޖެ
  2. މަރުވިޔަސް ތަހުގީގުތަކަށް އެއްބާރުލުން ނުދީ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދާކަށް ބޭނުމެއް ނޫން: އަދީބު
  3. ނަޝީދު މިނިވަންކުރުމާ ދެކޮޅު ހެއްދެވީ ޕީޕީއެމްގެ ނުވަ މެމްބަރުން
  4. ޕީޕީއެމް އޮތީ އައިސީޔޫގައި، ލީޑާޝިޕް އިސްތިއުފާ ދެއްވަންޖެހޭ: މޫސަ
  5. އަދީބްގެ ހާލަތު ރަނގަޅެއް ނުވޭ، ޑޮކްޓަރުން ލަފާދެނީ ލޭޒަރ ޓްރީޓްމަންޓަށް
  6. ޖުމްހޫރީ ދުވަހަށް 1 އަހަރު ފުރުމުގެ ހަރަކާތްތައް ހިންގި އިސްމީހާގެ މިއަދުގެ އިހްސާސް
  7. ޖަރީމާ ހިންގީ ރައީސް ޔާމީންއާއި ހުސައިން ވަހީދު، އިންސާފްގެ ކުރިމައްޗަށް ގެންނާނަން:ކާނަލް ނާޒިމް
  8. އާ ސަރުކާރުގެ މިނިސްޓްރީތައް މިއަދު އިއުލާންކުރަނީ


24 ޖޫން 2018 ގައި ތުރުކީގައި ބޭއްވި ރިޔާސީ އިންތިޚާބާއި ގާނޫނުހަދާ މަޖިލީހުގެ އިންތިޚާބުގައި ވޯޓްލާ މަރުކަޒެއްގައި ބަޔަކު ވޯޓްލުމަށް ތައްޔާރުވަނީ -- އަލްޖަޒީރާ

ތުރުކީގެ ރިޔާސީ އިންތިޚާބާއި ގާނޫނުހަދާ މަޖިލީހުގެ އިންތިޚާބުގެ ވޯޓްލުން ނިންމައި ވޯޓް ފޮށިތައް ބަންދުކޮށްފިއެވެ.

ރައީސް ރަޖަބް ތައްޔިބް އޮރުދޮޣާންއަށް ފަސް އަހަރުގެ އިތުުރު ދައުރެެއް ދޭނެތޯ ނުވަތަ ނޫންތޯ މި އިންތިޚާބުގައި އެގައުމުގެ ރައްޔިތުން ނިންމާނެއެވެ.

އޮރްދޮޣާނަށްވަނީ އިދިކޮޅު ފަރާތްތަކުގެ ތާއިދު ލިބިފައިވާ ވާތުފިޔައިގެ މެދުމިނުގެ ކެނޑިޑޭޓް މުހައްރަމް އިންޗެގެ ފަރާތުން ގޮންޖެހުން ކުރިމަތިވެ ވަޑައިގެންފައެވެ.

ވޯޓް ލައްވަން ވަޑައިގެންް އޮރްދޮޣާންވަނީ ގިނަ ބަޔަކު ވޯޓުލުމަށް ނުކުންނާނެކަމަށް ވިދާޅުވެފައެވެ.

އިންތިޚާބުގެ ފުރަތަމަ ވަގުތީ ނަތީޖާތައް އާދީއްތަ ދުވަހު ލިބެންފަށާނެއެވެ.

އޮރްދޮޣާންއަށް އިތުރު ދައުރެއް ލިބިވަޑައިގެންފިނަމަ ވެރިކަމުގެ އިތުރު ބާރުތަކެއް އެމަނިކުފާނަށް ލިބިވަޑައިގަންނަވާއިރު ފާޑުކިޔާ ފަރާތްތަކުންދަނީ އެއީ ޑިމޮކްރަސީ އިތުރަށް ބަލިކަށިވާނެ ކަންތައްތަކެއްކަމަށް ބުނަމުންނެވެ.

ދެވަނަ ބުރަކަށް ވަޑައިނުގެން ފުރަތަމަ ބުރުން 50 އިންސައްތަ ވޯޓާއިއެކު އިންތިޚާބު ކާމިޔާބު ކުރެއްވޭނެކަމަށް އޮރްދޮޣާން އުއްމީދުކުރައްވައެވެ.

ރައީސްގެ މަގާމުގެ އިތުރުން ރައްޔިތުންވަނީ ގާނޫނުހަދާ މަޖިލީހަށް މެމްބަރުން ހޮވުމަށްވެސް ވޯޓް ދީފައެވެ.

ތުރުކީއަށް 2016 ވަނަ އަހަރު ގެންނަން އުޅެ ނާކާމިޔާބުވި ބަޣާވާތަށްފަހު އަދިވެސް އެގައުމުގައި އޮތީ ކުއްލިހާލަތު އިއުލާނުކުރެވިފައެވެ.

މި އިންތިޚާބު ބޭއްވުމަށް ކުރިން ރޭވިފައި އޮތީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހު ނަމަވެސް އިންތިޚާބު އަވަސްކުރެއްވުމަށް ނިންމެވީ ރައީސް އޮރްދޮޣާނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: ރާއްޖެއެމްވީ ލޯކަލް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް