19 ނޮވެންބަރު 2018 | ހޯމަ | 06 ނޮރަ
11 ރަބީޢުލްއައްވަލް 1440
އިޝާ 19:06
މަޣްރިބް 17:51
އަސްރު 15:15
މެންދުރު 11:55
އިރުއަރާ 05:52
ފަތިސް 04:37

މިސްރުގެ ދެ ރަށެއް ސައުދީއަށް

ސައުދީއަށް ރައްތަށް ވިއްކުމާ ދެކޮޅު ނިންމުމަށް މިސްރުގެ މަތީކޯޓުން ވެސް ތާއީދުކޮށްފި

  • ކޯޓުގެ ނިންމުން އައިސްފައި މިވަނީ އެ އެއްބަސްވުމާ ގުޅޭގޮތުން ގާނޫނުހަދާ މަޖިލީހުގެ ވޯޓަކަށް ހުށަހަޅާފައިވަނިކޮށް
އަބުދުﷲ މުހައްމަދު | 8Abbo

| 17 ޖެނުއަރީ 2017 | އަންގާރަ 14:07 | |

މަގުބޫލް

  1. ރާއްޖެޓީވީގެ ބޭނުމަކީ ހިޔާލުތަފާތު ކުރުމާއި ނަފްރަތު އުފެއްދުން: ރައީސް ނަޝީދު
  2. ރައީސް ޔާމީނާއެކު ސިޔާސީ މަސައްކަތްކުރެއްވި ބޭފުޅުންނަށް މި ސަރުކާރުން ފުރުސަތު ދީގެން ނުވާނެ: ރައީސް ނަޝީދު
  3. ރައީސް ސޯލިހުގެ ކެބިނެޓަށް އަންހެން ހަތް ވަޒީރުން!
  4. އަޅުގަނޑަށް ރަނގަޅީ މެޑަމް ނުވަތަ މަހާރެހެންދި ފަދަ ނަންނަމުން މުހާތަބު ނުކުރެއްވިއްޔާ: ފަޒްނާ
  5. އެންމެ އާދައިގެ ރައްޔިތު މީހާއަށް ވެސް ދައުވަތު ލިބުނު އެންމެ މަތީ ފަންތީގެ ހަފްލާ
  6. ބޮޑު ސުވާލެއް: ޝޭޚް އިމްރާންގެ ވަޒީރުކަމުގެ ޝަރުތު ހަމަވޭތަ؟
  7. އާ ސަރުކާރުގެ ވަޒީރުން ހުވާ ކުރެއްވުން މިރޭ
  8. ނުހައްގުން ފްލެޓް ބެހި މީހުންނަށް ފިޔަވަޅު އަޅައި ހަމަހަމަކަމާއެކު ފްލެޓް ދޫކުރަނީ!


ހުކުމް އިއްވުމާއެކު ވަކީލުންނާއި އެކްޓިވިސްޓުންވަނީ އުފާފާޅުކޮށްފައި -- ގޫގުލް

ރެޑްސީގެ ދެ ރަށެއް ސައުދީ  އަރަބިއްޔާއަށް ދިނުމަށް ނިންމާފައިވާ ނިންމުމަކީ ބާތިލް ނިންމުމެއްކަމަށް މިސްރުގެ ދަށުކޯޓަކުން ނިންމާފައިވާ ނިންމުމަށް އެގައުމުގެ އިދާރީކަންކަމުގައި ގޮތް ނިންމާ އެންމެ މަތީ ކޯޓުން ހޯމަ ދުވަހު ތާއީދުކޮށްފިއެވެ.

 

ސައުދީ އަރަބިއްޔާއަށް މިސްރުގެ ދެ ރަށެއް ވިއްކުމަށް އެގައުމުގެ ސަރުކާރުން ނިންމި ނިންމުމާ ދެކޮޅަށް އެގައުމުގައި މުޒާހަރާތައް ފަށާފައިވެއެވެ.

 

ރައީސް އަބްދުލް ފައްތާހުގެ ސަރުކާރުން ހެދި  ބޯރޑާ ޑިމާކޭޝަން އެއްބަސްވުމަކީ ގާނޫނާޚިލާފް އެއްބަސްވުމެއްކަމަށް ދަށުކޯޓުން ނިންމާފައިވަނީ ޖޫންމަހުއެވެ.

 

ހައި އެޑްމިނިސްޓްރޭޓިވް ކޯޓުން ނިންމި ނިންމުމުގައި ބުނީ މިސްރުގެ ދެ ރަށް ކަމަށްވާ ޓިރާން އާއި ސަނަފީރް އަކީ މިސްރުގެ ސަރަހައްދުގައިވާ އެގައުމުގެ އިހްތިސާސްގައި ހިމެނޭތަނެއްކަމަށް އިއްތިފާގުން ނިންމި ކަމަށެވެ.

 

ފަނޑިޔާރު ހުކުމް އިއްވުމާއެކު ވަކީލުންނާއި އެކްޓިވިސްޓުންވަނީ "މިއީ މިސްރުގެ ރައްތަކެއް" ކަމަށްބުނެ އުފަލުން ހަޅޭއްލަވައިގެންފައެވެ.

 

ކޯޓުގެ ނިންމުން އައިސްފައި މިވަނީ އެ އެއްބަސްވުމާ ގުޅޭގޮތުން ގާނޫނުހަދާ މަޖިލީހުގެ ވޯޓަކަށް ހުށަހަޅާފައިވަނިކޮށެވެ.

 

މި ނިންމުމަކީ މިސްރާއި ސައުދީއާ ދެމެދު އޮންނަ ގުޅުމަށް އިތުރަަށް ބުރޫއަރާފާނެ ކަމެކެވެ.

 

މިސްރުގެ ފުރަތަމަ ޑިމޮކްރެޓިކް ރައީސްގެ ވެރިކަން 2013 ވަނަ އަހަރު ވައްޓާލުމަށްފަހު އޭރުގެ އަސްކަރިއްޠާގެ ވެރިޔާ އަދި މިހާރުގެ ރައީސް ސީސީގެ ސަރުކާރަށް މާލީގޮތުން އެންމެ ބޮޑު އެހީއެއްދޭ ގައުމަކީ ސައުދީ އަރަބިއްޔާއެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 11 މަސް ކުރިން | ރިވިއު ކުރީ: ރާއްޖެއެމްވީ ލޯކަލް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް