20 ސެޕްޓެންބަރ 2018 | ބުރާސްފަތި | 14 އުތުރަ
10 މުޙައްރަމް 1439
އިޝާ 19:16
މަޣްރިބް 18:05
އަސްރު 15:06
މެންދުރު 12:04
އިރުއަރާ 05:54
ފަތިސް 04:43

ގެޓްސެޓް ލޯން

ގެޓްސެޓް ލޯނުގެ ފޯމު ހުށަހެޅުން މިއަދުން ފެށިގެން ކުރިއަށްދަނީ

  • ފޯމް ހުށަހެޅުން ކުރިއަށް ދާނީ 24 ޖޫން އިން 28 ޖޫންގެ ނިޔަލަށް
  • 40 މިލިއަން ރުފިޔާ ގެޓްސެޓަށް ހާއްސަ ކުރެވިފައިވޭ
ފާތިމަތު ޝަނާ މުހައްމަދު | FathimathShana

| 24 ޖޫން 2018 | އާދީއްތަ 16:50 | |

މަގުބޫލް

  1. ޕީޕީއެމްގެ ސައިޒު ދައްކަން ގެނައި މީހުންނަށް ފައިސާ ބެހިކަން ފަޅާ އަރައިފި
  2. ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ފަޅުރަށާއި ފަޅުތައް ދޫކުރުމުގައި ރައީސް ޔާމީންގެ ބައިވެރިވުން ސީދާ އޮތް ކަމަށް އޯސީސީއާރުޕީން ފަޅާއަރުވާލައިފި
  3. ތައުލީމީ ދާއިރާގެ ގިނަ ބަޔަކު އަނެއްކާ ވެސް އިބޫއާ ބައްދަލުކޮށްފި
  4. ސިޔާސީ ހަރަކާތް ހިންގުން މަނާ ޖުމްހޫރީ މައިދާނަށް ޕީޕީއެމްގެ ސަޕޯޓަރުން!
  5. ވައްކަން ކުރުމަށް ހިތްވަރުދޭ ފަދަ ގޮތަކަށް ރައީސް ޔާމީން އަނެއްކާ ވެސް ވާހަކަފުޅު ދައްކަވައިފި
  6. ސަރުކާރުން ޕްރޮމޯޓްކުރާ ޕްރޮޖެކްޓްތައް ހިންގާ ކުންފުނިތަކުން އިސްލާމް ދީނަށް ފުރައްސާރަކުރަނީ!
  7. މިނިސްޓަރު މުއިއްޒު ވެސް ހާޑިންގހަމްއާ އެކު!
  8. ސްކޫލް ތެރެއިން ގްރޭޑް 12 ގެ ދަރިވަރުންގެ އައިޑީ ކާޑް ވެސް ގަންނަނީ!


ގެޓްސެޓް ޕްރޮގްރާމުގެ މެނޭޖަރ މަހީލް އަލީ ޖަލީލު -- ރާއްޖެއެމްވީ

ގެޓްސެޓް ލޯނުގެ ފޯމު ހުށަހެޅުމަށް ހުޅުވާލައިފި އެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ ފޯމް ހުށަހެޅުން ކުރިއަށްދާނީ 24 ޖޫން އިން 28 ޖޫންގެ ނިޔަލަށް ކަމަށެވެ.

އިކޮނޮމިކް މިނިސްޓްރީގެ ގެޓްސެޓް ޕްރޮގްރާމްގެ މެނޭޖަރ މަހީލް އަލީ ޖަލީލު ވިދާޅުވީ، ފޯމު ބަލައިގަތުން ކުރިއަށްދާނީ ރާއްޖޭގެ 6 ސަރަހައްދެއްގައި ޤާއިމްކޮށްފައިވާ އެމިނިސްޓްރީގެ ބިޒްނަސް ސެންޓަރުތަކުންނާއި އިކޮނޮމިކް މިނިސްޓްރީގެ އޮފީހުން ކަމަށެވެ. މީގެ އިތުރުން އޮންލައިކޮށްވެސް ފޯމު ހުށަހެޅުން ކުރިއަށްދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. މަހީލް ވިދާޅުވީ، ފޯމު ހުށަހެޅުމުގައި ބިޒްނަސް ޕްރޮޕޯސަލް ހުށަހަޅަންޖެހޭނެ ކަމަށާއި ބިޒްނަސް ޕްރޮޕޯސަލް ހުށަހެޅުމުގައި އިކޮނޮމިކް މިނިސްޓްރީން ހާއްސަ ޓެމްޕްލޭޓެއް ކަނޑައަޅާފައިވާނެ ކަމަށެވެ.

"އެޕްލައި ކުރުމުގައި ހުރިހާ ފަރާތްތަކުންވެސް ވިސްނަން ޖެހޭނެ އެޕްލިކޭޝަން ފޯމް ފުރުއްވުމަށްފަހު ބިޒްނަސް ޕްލޭންވެސް އެ އިންނަ ފޯމެޓަށް ފުރުއްވުން. މީގެ އިތުރުން އެޕްލިކޭޝަން ފޯމާއިއެކު ސަބްމިޓް ކުރަންޖެހޭ ލިޔެކިޔުންތައްވެސް ހުށަހަޅަންވާނެ،" މަހީލް ވިދާޅުވިއެވެ.

ގެޓްސެޓް ލޯނު ދިނުމުގައި އިނޮވޭޓިކް އަދި ކްރިއޭޓިވް ވިސްނުންތަކަށް ހާއްސަ އިސްކަމެއް ދޭނެ ކަމަށާއި ރާއްޖޭގެ ސަރަހައްދުތަކަށް އެންމެ ބޭނުންވާނެ ފަދަ ވިޔަފާރިތަކަށްވެސް ހާއްސަ އިސްކަމެއް ދެމުން ގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި ގެޓްސެޓް ލޯނުދެނީ އަލަށް ވިޔަފާރިތަކަށް ނުކުންނަށް ފަރާތްތަކަށް ކަމަށްވާއިރު ވިޔަފާރި ހިންގުމުގައި ބޭނުންވާނެ ފަންނީ އެހީތެރިކަން އިކޮނޮމިކް މިނިސްޓްރީން ފޯރުކޮށްދެމުން ގެންދާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެންމެ ފަހުވަގުތަށް މަޑު ނުކޮށް ފޯމު ހުށަހެޅުމަށް އެދޭ ކަމަށް ވެސް މަހީލް ވިދާޅުވި އެވެ. މަހީލް ވިދާޅުވީ، ފޯމު ހުށަހެޅުމުގައި ރަނގަޅު ޕާޓްނަރެއްވެސް ވަރަށް މުހިއްމު ކަމަށާއި ލޯނު ލިބޭ ހިސާބުން ޕާޓްނަރާއި މައްސަލަ ޖެހިއްޖެނަމަ ވިޔަފާރި ކުރިއަށް ގެންދިއުމަށް ވަރަށް ބޮޑު ހުރަހަކަށް އެކަން ވެގެންދާނެ ކަމަށެވެ.

ގެޓްސެޓް ލޯނު ލިބޭ ފަރާތްތަކަށް ދޫކުރަން ހަމަޖެހިފައިވަނީ ތިން ލައްކަ ރުފިޔާ އާއި އަށް ލައްކަ ރުފިޔާ އާ ދެމެދުގެ އަދަދެކެވެ. ގެޓްސެޓް ލޯނަށް ކޮންމެ އަހަރަކު ވެސް 40 މިލިޔަން ރުފިޔާގެ ފަންޑެއް ހަމަޖައްސާފައިވާއިރު، މިދިޔަ ދެ އަހަރުގެ މަތިން ގެޓްސެޓް ލޯނުގެ ގޮތުގައި 71 ފަރާތަކަށް ވަނީ ލޯނު ދޫކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: މިއުވާން މުހައްމަދު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް