22 ސެޕްޓެންބަރ 2018 | ހޮނިހިރު | 02 އަތަ
12 މުޙައްރަމް 1439
އިޝާ 19:15
މަޣްރިބް 18:04
އަސްރު 15:07
މެންދުރު 12:03
އިރުއަރާ 05:54
ފަތިސް 04:43

ތުރުކީގެ ނައިޓް ކްލަބަށް ދިން

ތުރުކީގެ ނައިޓް ކްލަބަށް ހަމަލާދިނުމުގައި އިންޓެލިޖެންސް ބައިވެރިވާ ކަމަށް ސަރުކާރުން ތުހުމަތުކޮށްފި

  • ހަމަލާގައި ތުހުމަތުކުރެވޭ މީހާ މި ހަމަލާދފީފައިވަނީ އޮޓޮމެޓިކް ރައިފަލްއަކުން
އަބުދުﷲ މުހައްމަދު | 8Abbo

| 17 ޖެނުއަރީ 2017 | އަންގާރަ 13:58 | |

މަގުބޫލް

  1. މުލީއާގެއަށް ބޮޑު ޕިކަޕެއްގައި ގިނަ ފޮށިތަކެއް ދަންވަރު ވައްދައިފި
  2. ހިޔާ ފްލެޓަށް ކުރިމަތިލުމުގެ މުއްދަތު ހަމަނުވަނީސް ފްލެޓް ލިބުނުކަމުގެ ލިޔުން ދޫކުރަން ފަށައިފި!
  3. ބައެއް ފަހަރު އަމިއްލަ ނަފްސު ދެކެ ވެސް ރުޅިއާދޭ: ރައީސް ޔާމީން
  4. ބޭރުގެ ނޫސްވެރިންް އަދި އޮބްޒަރވަރުންނަށް ވިސާ ނުދިން!
  5. އަލިދީގެ ތާއީދު އިބޫއަށް!
  6. ހަޔާތުގައި އިލްޔާސް އިބޫއާ ބައްދަލުވި ފުރަތަމަ ފަހަރު: އިބޫ އިހްތިޔާރު ކުރެވުނީ ހިކުމަތަކަށް!
  7. މާފުށި ކައުންސިލްގެ ނައިބު ރައީސާ ނަޝީދާ އެމްޑީޕީއަށް ސޮއިކުރައްވައިފި
  8. އަޅުގަނޑަކީ ކެރޭ މީހެއް، ލާހިކެއް ނޫން އެއްވެސް ކަމެއްގައި އަޅުގަނޑު ހާޒިރުކުރަން: ހިޔަލީ ރަޝީދު


ހަމަލާގައި ތުހުމަތުކުރެވޭ މީހާ މި ހަމަލާދފީފައިވަނީ އޮޓޮމެޓިކް ރައިފަލްއަކުން -- ގޫގުލް

ތުރުކީގައި މީލާދީ އާ އަހަރުގެ އުުފާފާޅުކުރަމުންދިޔަ ނައިޓްކުލަބަކަށް ހަމަލާދީފައިވަނީ އިންޓެލިޖެންސް އިދާރާތަކުން ފުރިހަމައަށް ބައިވެރިވެގެން ކަމަށް އެގައުމުގެ ބޮޑުވަޒީރުގެ ނައިބު ނޫމާން ކުރުތުމްލުސް ހޯމަ ދުވަހު ވިދާޅުވެއްޖެއެވެ.

 

"އަ ޚަބަރް" އަށް ދެއްވި އިންޓަވިއުއެއްގައި ކުރުތުމްލުސް ވިދާޅުވީ އެހަމަލާ ފެންނަނީ ހަމައެކަނި ޓެރެރިސްޓް ހަމަލާއެއްގެ ގޮތުގައި ނޫން ކަމަށާއި އިންޓެލިޖެންސް އިދާރާތަކުގެ ބައިވެރިވުން އެބައޮތް ކަމަށެވެ. އެ ކަމަކީ"އިންތިހާއަށް ރޭވިގެން ހިންގާފައިވާ އަމަލެއް" ކަމަށް އޭނާ ވިދާޅުވިއެވެ.

 

އާއަހަރުގެ އުފާ ފާޅުކުރުމަށް ރެއިނާ ނައިޓް ކްލަބަށް މީހުން އެއްވެފައިވަނިކޮށް ދިން ބަޑީގެ ހަމަލާގައި 39 މީހުން މަރުވިއެވެ.

 

ހަމަލާގައި ތުހުމަތުކުރެވޭ މީހާ ވަނީ އޮޓޮމެޓިކް ރައިފަލްއަކުން ހަަމަލާދޭން ފަށައި ސްޓަން ގްރެނޭޑެއް އެތަނުގެ ތެރެއަށް އެއްލައި ރައިފަލް ރީލޯޑް ކޮށްލާނެ ވަގުތު ވެސް ހޯދާފައެވެ. އަދި ޒަޚަމްވެގެން ބިންމައްޗަށް ވެއްޓިފައި ތިބި މީހުންގެ ގަޔަށް ބަޑިޖަހައި އެ މީހުން މަރާލާފައެވެ.

 

ހަމަލާގައި މަރުވި އަދި ޒަޚަމްވި މީހުންގެ ތެރޭގައި އަރަބި އެތައް ގައުމެއްގެ ރައްޔިތުންނާއި އިންޑިއާއާއި ކެނެޑާގެ މީހުންވެސް ހިމެނެއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް