24 ސެޕްޓެންބަރ 2018 | ހޯމަ | 04 އަތަ
14 މުޙައްރަމް 1439
އިޝާ 19:14
މަޣްރިބް 18:03
އަސްރު 15:07
މެންދުރު 12:02
އިރުއަރާ 05:54
ފަތިސް 04:42

ބޮލީވުޑް

ފިލްމްތަކުން ނުފެނުނީ އަމިއްލަ ސަބަބުތަކާ ހުރެ: ބޮބީ

  • ފިލްމީ ދާއިރާ އާއި ދުރުގައި ހުރުމަށްފަހު ބޮބީ އަލުން ފެނިފައިވަނީ "ރޭސް3" އިން
އަޒްލިފާ އަބްދުﷲ | AzuAzlifa

| 24 ޖޫން 2018 | އާދީއްތަ 11:04 | |

މަގުބޫލް

  1. ބްރިޖް އެޅުމުން ވެސް ޔޫތު ސިޓީއިން ރައީސް ޔާމީނަށް ބުނީ ނޫނެކޭ!
  2. ކާނަލް ނާޒިމް ފްރޭމްކޮށްފައިވާ ކަމަށް ޝަހީމް ވިދާޅުވި: ޝެއިޚް އިލްޔާސް
  3. މުވައްޒަފުން ހަޅުތާލު ކުރުމުން ބަންދުކޮށްފައިވާ ކޮޓަރީގައި ވޯޓު ނުލުމަށް ނިންމައިފި
  4. އިބޫއަށް ތާއިދުކޮށް ގިނަ ޓެކްސީ ޑްރައިވަރުތަކެއް ބްރިޖްމަތީގައި ޓެކްސީ ދުއްވައިފި
  5. ތަންތަން ރޯކޮށް ފުލުހުންނަށް ހަމަލާދޭން ބަޔަކު ރާވާފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް މަހުލޫފް ވިދާޅުވެއްޖެ
  6. އިންތިޚާބަށް ވަގުތު ކުޑަތަންވެފައި ވަނިކޮށް ލައިވް އިވެންޓް މެދުކަނޑާލާ އުސޫލޫ އާއްމުކޮށްފި
  7. ޝައިޚް އިމްރާންގެ އަނބިކަބަލުންގެ ފޯނު ނަންބަރުން ދައުރުވާ މެސެޖަކީ ގޮތް ނޭނގޭ ބަޔަކު ހިންގާ ޖަރީމާއެއް!
  8. އެއާޕޯޓް ހުޅުވުމުން ވެސް ކުޅުދުއްފުށިން ރައީސް ޔާމީނަށް ބުނީ ނޫނެކޭ!


ބޮބީ ޑިއޯލް -- ގޫގުލް

ވޭތުވެދިޔަ އަހަރުތަކުގައި ފިލްމްތަކުން ނުފެނުނީ އޭނާގެ ސަބަބުން ކަމަށް ބޮބީ ޑިއޯލް ބުނެފިއެވެ.

ހަތަރު އަހަރު ފިލްމީ ދާއިރާ އާއި ދުރުގައި ހުރުމަށް ފަހު ބޮބީ އަލުން ފިލްމީ ދާއިރާއިން ފެނިގެން ގޮސްފައިވަނީ މިމަހުގެ 15 ވަނަ ދުވަހު ރިލީޒް ކުރި "ރޭސް 3" އިންނެވެ.

90 ގެ އަހަރުތަކުގައި ބޮބީ ވަނީ ކާމިޔާބު ފިލްމްތަކެއް ކުޅެފައެވެ. އޭގެ ތެރޭގައި ގުޕްތް، ދަ ހިޑަން ޓްރުތް، ސޯލްޖާ އަދި އަޖުނަބީ ހިމެނެއެވެ. އެހެން ނަމަވެސް ނާކާމިޔާބުވި ފިލްމްތަކުގެ ތެރޭގައި " ޝަކަލަކަ ބޫމްބޫމް" އާއި  އަދިވެސް އޭނާ ކުޅުނު ގިނަ ފިލްމް ތަކެއް ހިމެނުނެވެ. 

ބޮބީ ބުނެފައިވަނީ މި ދޭތެރެއިން ފިލްމް ތަކުން ނުފެނުނީ އޭނާގެ އަމިއްލަ ސަބަބުތަކަކާ ގުޅިގެން ކަމަށެވެ.  އަމިއްލައަށް ގިވްއަފް ކުރީ އިތުބާރު ގެއްލި ޝައުގުވެރިކަންނެތިގެން ދިއުމުން ކަމަށާއި ނަމަވެސް އާއިލާ އަށް ބަލާފައި އެމީހުންގެ އެއްމީދު ގެއްލޭނެ ކަމެއް ނުކުރުމަށް އިހުސާސްވެގެން ދިޔަ ކަމަށް ބޮބީ ބުންޏެވެ. ބޮބީ ބުނެފައިވަނީ އޭނާ އަމިއްލަ ފައިމައްޗަށް ތެދުވުމަށްޓަކައި އަމިއްލައަށް މަސައްކަތް ކުރަން ޖެހޭ ކަމަށާއި އެކަމަށް އެހީވާނެ އިތުރު މީހަކު ނުހުންނާނެ ކަމަށެވެ.

އަދި އެއްވެސް ކަމަކީ ނުވާނެ ކަމެއް ނޫން ކަމަށާއި ކޮންމެ ކަމަކަށް ވެސް ގަދައަޅާ މަސައްކަތް ކޮށްފި ނަމަ ކާމިޔާބު ވާނެކަމަށެވެ.

ބޮބީ އެންމެ ފަހުން ފެނިފައިވަނީ 2013 ވަނަ އަހަރު އޭނާގެ ބައްޕަ ދަރްމެންދްރާ އާއި ބޭބެ ސަނީޑިއޯލް އާއި އެކު ކުޅެފައިވާ "ޔަމްލާ ޕަގްލަ ދިވާނާ 2" އިންނެވެ.

ބޮބީ އޭނާގެ ފުރަތަމަ ފިލްމް " ބަރްސާތު" ކުޅެފައިވަނީ 1995 ވަނަ އަހަރުއެވެ.

އޭނާގެ ފިލްމީ ކެރިއަރާއި ބޭހޭގޮތުން ބުނެފައިވަނީ އޭނާއަށް ކާމިޔާބީ އާއި ނާކާމިޔާބީ އާއި ކުރިމަތި ލެވުނު ކަމަށާއި ހުރިހާ ކަމެއް ތަޖުރިބާ ކުރެވިފައިވާ ކަމަށެވެ. އަދި އެކަމާއި ހިތްހަމަ ޖެހޭކަމަށެވެ.

ބޮބީ އުއްމީދު ކުރަނީ އެއްދުހަކުން އޭނާގެ ބައްޕަ ހޯދާފައިވާ ކާމިޔާބީ ލިބިގެން ދިޔުމެވެ.

 ބޮބީ ބުނެފައިވަނީ ފިލްމީ ތަރިންގެ އާއިލާއަކަށް އުފަންވުމަކީ ލިބުނު ރަހުމަތެއް ކަމަށެވެ.، އޭނާގެ ބައްޕަ އަކީ "ލެޖެންޑެއް" ކަމަށާއި އެކަމާ އޭނާގެ ދަރިއަކަށް ވުމުން ފަޚުރުވެރިވާ ކަމަށެވެ.

މިވަގުތު ބޮބީ ހުރީ އޭނާ އެންމެ ފަހުން ކުޅުނު "ރޭސް3" ގެކާމިޔާބީ އާއި ދެތެރޭ ވަރަށް ހިތްހަމަ ޖެހިފައެވެ.

އަދި އެ ފިލްމްގައި އޭނާ އަދާކޮށްފައިވާ ރޯލަށް ލިބެމުންދާ ތަރުކީބާއި ދެތެރޭ ފަރަށް އުފާވާ ކަމަށް ބޮބީ ވަނީ ބުނެފައެވެ.

 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް