20 ފެބުރުއަރީ 2019 | ބުދަ | 07 ހިޔަވިހާ
15 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:18
މެންދުރު 12:24
އަސްރު 15:40
މަޣްރިބް 18:22
އިޝާ 19:34

ޖޯ ޖެކްސަން

މައިކަލް ޖެކްސަން ބައްޕަ، ޖޯއަށް ޓަރމިނަލް ކެންސަރ ޖެހި ހަތަރުވަނަ ސްޓޭޖްގައި، ހާލު ވަރަށް ދެރަ

 • ޓީއެމްޒީން ހުކުރު ދުވަހު ރިޕޯޓްކޮށްފައިވާ ގޮތުގައި 89 އަހަރުގެ ޖޯއަށް ޕެންކްރިއަޓިކް ކެންސަރ ޖެހިފައިވާ އިރު، މިހާރު އޭނާގެ ހާލު ހުރީ ކެންސަރުގެ ހަތަރުވަނަ ސްޓޭޖް ނުވަތަ ފަހު ސްޓޭޖްގައި
 • ފާއިތުވި އަހަރުތަކުގައި ޖޯގެ ހާލު ވަރަށް ދެރަކަމަށް ރިޕޯޓްތަކުގައިވޭ
 • ،ދަ ޑެއިލީ މޭލްއިން ރިޕޯޓް ކުރާ ގޮތުގައި ބައެއް އާއިލާ މީހުންނަށް ޖޯއަށް ޒިޔާރަތް ކުރުމަށް އޭނާ ބަލަހައްޓާ ފަރާތްތަކުން ދަނީ ހުރަސް އަޅަމުން
އައިޝަތު ޝާނީ | Shaaknee

| 24 ޖޫން 2018 | އާދީއްތަ 09:49 | |

މަގުބޫލް

 1. ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
 2. ގިނައަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހާ ކޯޓުން ދޫކޮށްލައިފި
 3. ޖޭޕީގެ ޓިކެޓް ދިނުމުގެ ބާރު ލީޑަރަށް ދިނުމަށް އަލީ ވަހީދު ދެކޮޅު ހެދި
 4. ރާއްޖެ ހަމަ މަގަށް އެޅޭނީ ރައީސް ކަމަށް ގާސިމް ގެނެސްގެން: އަދުރޭ
 5. ޖޭޕީއާ އެކު ކޯލިޝަން ހަދާނެކަން ޕްރޮގްރެސިވް ކޯލިޝަނުން އިއުލާންކޮށްފި
 6. ޖުޑީޝަރީ އިސްލާހު ކުރަން ތާއިދު ކުރައްވައި، ސަރުކާރު އެހީއަށް އުއްތަމަ ފަނޑިޔާރު އެދިވަޑައިގެންފި
 7. ސުޝާންތްއާ އެކު ޑޭޓްނުކުރުމަށް ސާރާއަށް ނަސޭހަތްތެރިވިން: ކަރީނާ
 8. ރަވާނާ ދޯނީގައި ތިބި މީހުން މާލެ ގެނެސްފި


ޖޯ ޖެކްސަން -- ގޫގުލް

މިއުޒިކް ދުނިޔޭގެ ލެޖެންޑެއް ކަމަށްވާ މައިކަލް ޖެކްސަންގެ ބައްޕަ ޖޯއަށް އަށް ޓަރމިނަލް ކެންސަރ ޖެހި، ހޮސްޕިޓަލްގައި އެޑްމިޓްކޮށްފިއެވެ.

ޓީއެމްޒީން ހުކުރު ދުވަހު ރިޕޯޓްކޮށްފައިވާ ގޮތުގައި 89 އަހަރުގެ ޖޯއަށް ޕެންކްރިއަޓިކް ކެންސަރ ޖެހިފައިވާ އިރު، މިހާރު އޭނާގެ ހާލު ހުރީ ކެންސަރުގެ ހަތަރުވަނަ ސްޓޭޖް ނުވަތަ ފަހު ސްޓޭޖްގައެވެ. އަދި އޭނާގެ ހާލު ދެރަވަމުންދާ ކަމަށް ރިޕޯޓްގައިވެއެވެ.

ފާއިތުވި އަހަރުތަކުގައި ޖޯގެ ހާލު ވަރަށް ދެރަކަމަށް ރިޕޯޓްތަކުގައިވެއެވެ. އެގޮތުން، އޭނާއަށް ޑިމެންޝިއާ އަދި ސްޓްރޯކްތައް ޖެހިފައިވާ އިރު، މަދުވެގެން އެއް ފަހަރު ހާޓް އެޓޭކެއް ވެސް ވަނީ ޖެހިފައެވެ. މީގެ އިތުރުން، މީގެ އަހަރެއްހާ ދުވަސް ކުރިން ކާރު އެކްސިޑެންޓެއްވެ، ޖޯއަށް ވަނީ އަނިޔާތަކެއް ލިބިފައެވެ. ނަމަވެސް މިއިން އެއްވެސް ކަމެއް އާއިލާއިން ހާމަކޮށްފައެއް ނުވެއެވެ.

ޖޯގެ އަންހެނުން އަދި އޭނާގެ 11 ދަރިންގެ މަންމަ، ކެތަރިންއާއި އާއިލާގެ އެހެން ފަރާތްތަކުން އޭނާއާ ބައްދަލު ކުރުމަށް ހޮސްޕިޓަލަށް ޒިޔާރަތް ކޮށްފައިވާއިރު، ދަ ޑެއިލީ މޭލްއިން ރިޕޯޓް ކުރާ ގޮތުގައި ބައެއް އާއިލާ މީހުންނަށް ޖޯއަށް ޒިޔާރަތް ކުރުމަށް އޭނާ ބަލަހައްޓާ ފަރާތްތަކުން ދަނީ ހުރަސް އަޅަމުންނެވެ.

ދަ ޑެއިލީ މޭލްއާ ވާހަކަ ދައްކަމުން ޖޯއާއި ކެތަރިންގެ ހަތަރުވަނަ ދަރި، ޖަރމެއިން ޖެކްސަން ބުނީ "މިފަދަ ދަނޑިވަޅެއްގައި އަމިއްލަ ބައްޕައާއި ބައްދަލު ކުރުމަށް މީހެއް ގާތު ރޮއެ، އާދޭސް ކުރާކަށް ނުޖެހޭނެ"ކަމަށެވެ.

ޖޯ ޖެކްސަން އާއިލާގެ ބައެއް މެމްބަރުންނާއެކު، އެންމެ ކަނާތުން ފެންނަނީ މައިކަލް ޖެކްސަން. ފޮޓީ: މައިކަލް އާކައިވްސް

"ބައްޕަ ވީ ތަނެއް، ނުވަތަ ބައްޕަގެ ހާލެއް އެއްވެސް މީހެއް އަހަރަމެން ގާތު ނުބުނި. ޑޮކްޓަރުން ވެސް ނުބުނި. މަންމަ ވެސް ހުރީ ވަރަށް ހާސްވެފައި. ބައްޕަގެ ހާލު ވަރަށް ދެރަ. މާ ދުވަހެއް ނެތް. މިއީ ބައްޕަ ގާތު އާއިލާގެ މީހުން ތިބެން ޖެހޭ ވަގުތު. އަހަރަމެންގެ ހަމަ އެކަނި ބޭނުމަކީ ބައްޕަގެ ފަހު ދުވަސްތަކުގައި ބައްޕަ ގާތު ހުރުން"، ޖަރމެއިން ބުންޏެވެ.

ދަ ޑެއިލީ މޭލުން އިންޓަވިއު ޕަބްލިޝް ކުރުމަށް ފަހު ޖަރމެއިން ޓްވިޓަރ މެދުވެރިކޮށް ބުނީ، "ބައްޕަގެ ހާލު ރަނގަޅެއް ނޫން. ނަމަވެސް ބައްޕަ މަރުވަނީ އެކޭ އަހަރެންނެއް ނުބުނަން. އެއީ ނޫހުގެ އެޑިޓަރުން ބޭނުން ކުރި ބަހެއް"ކަމަށެވެ.

މައިކަލް ޖެކްސަން މަންމަ ކެތަރިން އަދި ބައްޕަ ޖޯއާ އެކު. ފޮޓޯ: ގޫގުލް އާކައިވްސް
 

ޖޯއާއި ކެތަރިންގެ ދަރިފުޅު، އަދި ދުނިޔޭގެ ގިނަ ފަރާތެއްގެ ލޯބި ހޯދާފައިވާ މައިކަލް މަރުވެފައިވަނީ 2009 ވަނަ އަހަރެވެ. މައިކަލް އަމިއްލަ ކާމިޔާބީ ހޯދުމުގެ ކުރިން އޭނާއަކީ އާއިލާގެ ބޭންޑް 'ޖެކްސަން ފައިވް'ގެ ލީޑް ވޯކަލިސްޓެކެވެ. ޖެކްސަން ފައިވް މެނޭޖް ކުރީ ޖޯއެވެ. އަދި ދަރިން މެނޭޖް ކުރުމުގައި 'ހަރުކަށި' ގޮތްތަކެއް ގެންގުޅުނު ޖޯއާއި ކުދިންނާ ފަހުން ގިނަ މައްސަލަތަކެއް ވަނީ ޖެހިފައެވެ.

މަޝްހޫރު ލަވަކިޔުންތެރިޔާ ޖެނެޓް ޖެކްސަންއަކީ ވެސް އެ އާއިލާ މީހެކެވެ. އަދި އޭނާއަށް ވެސް ދާއިރާ ދަސްކޮށްދީފައިވަނީ ބައްޕަ ޖޯއެވެ.

ޖޯ ޖެކްސަން ދަރިފުޅު ޖެނެޓްއާއެކު. ފޮޓޯ: އީޕީއޭ

އެހެންކަމުން، ހުކުރު ދުވަހު ކުރިއަށް ދިޔަ 2018 ވަނަ އަހަރުގެ ޑިޒްނީ މިއިޒިކް އެވޯޑްސްގައި އިމްޕެކްޓް އެވޯޑް ލިބުނު ޖެނެޓްވަނީ އޭނާގެ ކާމިޔާބީއަށް ބައްޕައަށް ޝުކުރު އަދާކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް