11 ޑިސެންބަރު 2018 | އަންގާރަ | 02 މުލަ
04 ރަބީޢުލްއާޚިރު 1440
އިޝާ 19:15
މަޣްރިބް 17:58
އަސްރު 15:23
މެންދުރު 12:03
އިރުއަރާ 06:00
ފަތިސް 04:44

ބްރެކްސިޓް

އީޔޫއިން ވަކިވުމާއި ދެކޮޅަށް އިނގިރޭސިވިލާތުގެ އެތައްހާސް ބަޔަކު މުޒާހަރާކޮށްފި

  • 100،0000 އެއްހާ މީހުން ބައިވެރިވިކަމަށް އެއްވުމުގެ ބައިވެރިން ބުނޭ
  • ފެންނަ ނުފެންނަ ވޯޓް ނަގާފައިވަނީ 2016 ވަނަ އަހަރު
އަބުދުﷲ މުހައްމަދު | 8Abbo

| 24 ޖޫން 2018 | އާދީއްތަ 08:56 | |

މަގުބޫލް

  1. މަޖިލީހުގެ ތިން މެމްބަރުން ފިޔާވާ ހުރިހާ މެމްބަރުން ފައިސާގައި ހިފި: ނާނީ
  2. ދަރުމަވަންްތަ ހޮސްޕިޓަލް: ސިއްސައިގެން ދާވަރުގެ ކޮރަޕްޝަން!
  3. އިމިގްރޭޝަނަށް އެފްއޭ ފަޔާޒް؟
  4. ދައުލަތުގެ ޚަޒާނާގައި ޑޮލަރު ނުހުންނާނެ: ގަވަނަރ
  5. މިސްކިތްތަކުގައި ޤުރުއާން ކިޔަވައިދޭން ފެށުމުގެ ވައުުދު މަހެއް ނުވަނީސް ފުއްދައިދީފި
  6. ކެޑޭޓުގައި އުޅުމަކީ މުހިންމު ވަޒީފާތަކަށް ހުޅުވޭ ދޮރެއް: އެޑިއުކޭޝަން މިނިސްޓަރ
  7. މިސްރުގެ އަހުރާމެއްގެ މަތީގައި ބަރަހަނާ ފޮޓޯނެގި ދެމަފިރިއެއްގެ މައްސަލަ ބަލަނީ
  8. އެމްއެމްޕީއާރުސީން ކުއްޔަށް ދިން ރަށްތަކުގެ އެގްރިމެންޓް ފައިނަލް ކުރައްވަނީ ރައީސް ޔާމިން: ޒިޔަތު


23 ޖޫން 2018 ގައި، އީޔޫއިން ވަކިވުމާއި ދެކޮޅަށް ލަންޑަންގައި މުޒާހަރާ ކުރަނީ -- ޕްރެސް ޓީވީ

އިނގިރޭސި ވިލާތުގެ އިއއްތިހާދުން ވަކިވުމާއިމެދު ފެންނަ ނުފެންނަ ގޮތް ބެލުމަށް ވޯޓް ނެގިތާ ސީދާ ދެ އަހަރު ފުރުނު ދުވަހު ވެރިރަށް ލަންޑަންގައި އެތައް ހާސް ބަޔަކު އީޔޫއިން ވަކިވުމާއި ދެކޮޅަށް މުޒާހަރާ ކޮށްފިއެވެ.

ވިލާތުގެ އިއްތިހާދުގައި ދެމިއޮތުމަށް ތާއީދުކުރާ ފަރާތްތަކުން ހޮނިހިރު ދުވަހު ބޭއްވި މުޒާހަރާގައި ގޮވާލާފައިވަނީ 28  މެމްބަރުންގެ އެ ޖަމާއަތުން ވަކިވުމުގެ ކުރިން ރައްޔިތުންގެ އެންމެ ފަހު ބަހެއް ހޯދުމަށް އިތުރު ވޯޓެއް ނެގުމަށެވެ.

ބްރެކްސިޓް ނުވަތަ ބްރިޓަންސް އެގްޒިޓް ފްރޮމް އީޔޫގެ ދެވަނަ އަހަރާއި ދިމާކޮށް ބޭއްވި މި އެއްވުން އިންތިޒާމްކޮށްފައިވަނީ އީޔޫގައި އިނގިރޭސިވިލާތް ދެމިއޮތުމަށް ބާރުއަޅަމުންދިޔަ ގްރޫޕްތަކެއް އެކުވެގެން އުފައްދާފައިވާ ޕީޕަލްސް ވޯޓް ކިޔާ ގުރޫޕަކުންނެވެ.

އެއްވުން އިންތިޒާމްކުރި ފަރާތުން ބުނެފައިވަނީ 2016 ވަނަ އަހަރު ބޭއްވި އިންތިޚާބުގައި އީޔޫގައި ދެމި އޮތުމަށް ވޯޓުލީ  100،000 މީހުން  މި އެއްވުމުގައި ބައިވެރިވެފައިވާ ކަމަށެވެ.

"ބްރެކްސިޓާއި މެދު ތިބޭފުޅުންގެ ކޮންމެ ވިސްނުންފުޅެއް އޮތަސް، އެއްވެސް މީހަކު ދެބަހެއް ނުވާނެ މިއީ ބޮޑުކަމެއް ނޫން ކަމަކަށް. އަދި މިއީ ނިމިފައި އޮތް ނިންމުމެއްވެސް ނޫން" އެންމެ ފަހުގެ ނިންމުން ނިންމުމުގެ ކުރިން އާއްމު ވޯޓަކަށް ދިއުމަށް ބާރުއަޅައި އެއްވުން އިންތިޒާމުކުރި ފަރާތްތަކުން ނެރެފައިވާ ބަޔާނުގައިވެއެވެ.

އިނގިރޭސިވިލާތުގެ ދިދައާއި އީޔޫއިން ވަކިވުމާއި ދެކޮޅު ޝުއޫރުތައް ލިޔެފައިވާ ބެނާތައް ހިފައިގެން ތިބި ފަރާތްތަކުން ވަނީ އިނގިރޭސި ވިލާތުގެ ގާނޫނުހަދާ މަޖިލީހާ ދިމާއަށް ގޮސްފައެވެ.

މީގެ ދެ އަހަރުކުރިން 2016 ވަނަ އަހަރުގެ ޖޫންމަހުގެ 23 ވަނަ ދުވަހު ނެގި ވޯޓުގައި އީޔޫއިން ވަކިވުމަށް ފެންނަ ކަމަށް 52 އިންސައްތަ ވޯޓް ލިބިފައިވެއެވެ. ވޯޓަށް ފަހު އެ ގައުމު އީޔޫއިން ވަކިވުމުގެ މަޝްވަރަތައް ފެށިފައިވާއިރު އެ މަސައްކަތްދަނީ މަޑު ދުވެއްޔެއްގައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް