15 ޑިސެންބަރު 2018 | ހޮނިހިރު | 06 މުލަ
08 ރަބީޢުލްއާޚިރު 1440
އިޝާ 19:17
މަޣްރިބް 17:59
އަސްރު 15:25
މެންދުރު 12:05
އިރުއަރާ 06:02
ފަތިސް 04:46

އިރާގުގެ އިންތިޚާބު

އިރާގުގެ އިންތިޚާބު: ބޮޑުވަޒީރު އަބާދީއާއިއެކު ސަދްރުގެ ކޯލިޝަން އިއުލާނުކޮށްފި

  • ސަދުރުގެ ސައިރޫން އެލަޔަންސަށް 54 ގޮނޑި ލިބުނު
  • އަބާދީގެ އެލަޔަންސަށް ލިބިފައިވަނީ 42 ގޮނޑި
އަބުދުﷲ މުހައްމަދު | 8Abbo

| 24 ޖޫން 2018 | އާދީއްތަ 08:52 | |

މަގުބޫލް

  1. ޔާމީންގެ ބޭންކު އެކައުންޓުތައް ފްރީޒުކޮށްފި
  2. އަހަރުގެ ޒުވާން ކެޔޮޅު ބުނަނީ މިއަށްވުރެ ހަލާލު މަސައްކަތެއް ނެތް ކަމަށް!
  3. ފައިރޫޝް، ރިޔާޒް އަދި އެސްއޯ ޑީޑީއަށް އަލުން ވަޒީފާ ދިނުމަށް ސިވިލް ކޯޓުން ޙުކުމްކޮށްފި
  4. މާލެ-ހުޅުމާލެ ދަތުރު: އޭރުވެސް ތަކުލީފެއް، މިހާރުވެސް ތަކުލީފެއް
  5. އިންޑިއާ ދަތުރުފުޅުގައި ރައީސް ސޯލިހް ހުންނަވާނީ އިންޑިއާގެ ރައީސްގެ ރަސްމީ ގެކޮޅުގައި!
  6. 21 އަހަރު ވަންދެން ދައުލަތަށް ޚިދުމަތް ކުރީ އިޚްލާސްތެރިކަމާއެކު: ހަމްދޫން
  7. ޖަރުމަނުގައި ޗޮކްލެޓް ކާރުހާނާއެއް ބަންޑުންވެ ޗޮކްލެޓުން މަގުމަތި ފުރިއްޖެ!
  8. ކުރީގެ ރައީސް ޔާމީން ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް ޗިޓް ފޮނުވައިފި


23 ޖޫން،2018 ވަނަ ދުވަހު ޝީއީންގެ މުގައްދަސް ސިޓީއެއްކަމަށްވާ ނަޖަފްގައި ބޮޑުވަޒީރު ހައިދަރު އަލް އަބާދީ(ކ) އަދި މުގްތަދާ އަލް ސަދްރު(ވ) ބައްދަލުކުރައްވަނީ -- ރޮއިޓަރސް

މިދިޔަ މަހު އިރާޤުގައި ބޭއްވި ބަރުލަމާނީ އިންތިޚާބަށްފަހު ސަރުކާރެއް އެކުލަވާލުމަށްޓަކައި މިހާރުގެ ބޮޑުވަޒީރު ހައިދަރު އަލް އަބާދީއާއި ޝީއީ ލީޑަރު މުޤްތަދާ އަލް ސަދްރުގެ ކޯލިޝަން އެއްކޮށްލައި ސަރުކާރެއް އުފެއްދުމަށް ނިންމައިފިއެވެ.

ސަދުރުގެ ސައިރޫން އެލަޔަންސަށް 54 ގޮނޑި ލިބިފައިވާއިރު އެއް ދުވަސްވަރެއްގައި އެންމެ ކުރީގައި އޮތް އަބާދީގެ އެލަޔަންސަށް ލިބިފައިވަނީ 42 ގޮނޑިއާއިއެކު ތިންވަނައެވެ.

ސަރުކާރު އެކުލަވާލަން އެއްބަސްވުމަކަށް އާދެވިފައިވާކަން އިއުލާނުކުރެއްވީ ޝީއީންގެ މުގައްދަސް ސިޓީއެއްކަމަށްވާ ނަޖަފްގައި ހޮނިހިރު ދުވަހު ދެ ބޭފުޅުން ބޭއްވި ތިންގަޑިއިރުގެ މަޝްވަރާތަކަކަށްފަހު ނެރުއްވި ގުޅިފައިވާ ބަޔާނެއްގައެވެ.

އެ ބަޔާނުގައި ބުނެފައިވާ ގޮތުގައި ސަރުކާރު އެކުލަވާލުމުގެ މަސައްކަތް ހަލުވިކުރުމަށްޓަކައި އެއްބަސްވުމަކާއި ހަމައަށް ގޮސްފައިވަނީ ދީނީ އަދި މަޒުހަބީ ތަފާތުތައް އެއްފަރާތްކުރުމަށްފަހުއެވެ.އަދި އެއްބަސްވެފައިވާނީ ރައްޔިތުންގެ ރޫހާއި އެއްގޮތަށް ކުރިޔަށް ދިއުމަށްކަމަށެވެ.

މި މަހުގެ ކުރީކޮޅު ސަދްރުގެ އެލަޔަންސުންވަނީ އިންތިޚާބުގައި 47 ގޮނޑިއާއިއެކު ދެވަނައަށް އެންމެ ގިނަ ގޮނޑި ކާމިޔާބުކުރި ހާދީ އަލް އަމީރީގެ އެލަޔަންސާއިއެކުވެސް މި މަހުގެ ކުރީކޮޅު ކޯލިޝަނެއް އެކުލަވާލާފައެވެ. ނަމަވެސް ހާދީއާއިއެކު ސަދްރު ނެރުއްވި ބަޔާނުގައި އެ ކޯލިޝަނުގެ ވާހަކަ ބަޔާންކޮށްފައެއްނުވެއެވެ.

އަމީރީގެ ކޭމްޕުން މިހާތަނަށް އެއްޗެއް ބުނެފައިނުވާއިރު އަބާދީ ވިދާޅުވީ ސަދްރުއާއިއެކު އެއްބަސްވެވިފައިވާ އެއްވެސްކަމެއް ދޫކޮށްނުލައްވާނެކަމަށެވެ.

އެމެރިކާ ސިފައިން އިރާގުން ފޭބުމަށް ގޮވާލައި ހަމަނުޖެހުން ބޮޑު ކެމްޕޭނެއް ހިންގެވި ސަދްރު ފާހަގަވެފައިވަނީ ވަތަނީ ބޭފުޅެއްގެ ގޮތުގައެވެ. މީގެ އިތުރުން އަވަށްޓެރި އިރާނާއި ގުޅިފައިވާ ޝީއީ ޕާޓީތަކާއި ދެކޮޅު، އަދި ފަގީރުންގެ ޗެމްޕިއަނެއްގެ ގޮތުގައެވެ.

އޭނާވަނީ އެންމެންގެ ބައިވެރިރިވުން އޮންނަ ސަރުކާރަކަށް ހެދުމަށްޓަކައި އިރާގުގެ ހުރިހާ މުޖުތަމައު ތަކަކުންވެސް އެ އިއްތިހާދުގައި ބައިވެރިވުމަށް ގޮވާލައްވާފައެވެ.

މިދިޔަ މެއި މަހު ބޭއްވި އިންތިޚާބު ފާހަގަވެން ގޮސްފައިވަނީ ވޯޓުލީ މީހުންގެ ނިސްބަތް މަދު އަދި މަކަރާއި ހީލަތުގެ ތުހުމަތުތައް ކުރެވިފައިވާ އިންތިޚާބެއްގެ ގޮތުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން | ރިވިއު ކުރީ: ރާއްޖެއެމްވީ ލޯކަލް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް