24 ސެޕްޓެންބަރ 2018 | ހޯމަ | 04 އަތަ
14 މުޙައްރަމް 1439
ފަތިސް 04:42
އިރުއަރާ 05:54
މެންދުރު 12:02
އަސްރު 15:07
މަޣްރިބް 18:03
އިޝާ 19:14

ފީފާ ވާރލްޑް ކަޕް 2018

ވާރލްޑް ކަޕް: ފަހު ވަގުތު ކްރޫސް ޖެހި ލަނޑާއެކު ޖަރުމަނުން ދެވަނަ ބުރަށް ކުރާ އުއްމީދު ދަމަހައްޓައިފި

  • ސްވިޑެންއާ ދެކޮޅަށް ކުޅުނު މެޗުން ޖަރުމަނު މޮޅުވީ ފަހަތުން އަރައި 2-1 ގެ ނަތީޖާއަކުން
  • ޖަރުމަނުގެ ފުރަތަމަ އެގާރައިން ހަތަރު ބަދަލެއް ފެނުނު
އަހްމަދު ސާއިފް ޝިޔާދް | Saaif80

| 24 ޖޫން 2018 | އާދީއްތަ 01:53 | |

މަގުބޫލް

  1. ބްރިޖް އެޅުމުން ވެސް ޔޫތު ސިޓީއިން ރައީސް ޔާމީނަށް ބުނީ ނޫނެކޭ!
  2. މުވައްޒަފުން ހަޅުތާލު ކުރުމުން ބަންދުކޮށްފައިވާ ކޮޓަރީގައި ވޯޓު ނުލުމަށް ނިންމައިފި
  3. ތަންތަން ރޯކޮށް ފުލުހުންނަށް ހަމަލާދޭން ބަޔަކު ރާވާފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް މަހުލޫފް ވިދާޅުވެއްޖެ
  4. އެއާޕޯޓް ހުޅުވުމުން ވެސް ކުޅުދުއްފުށިން ރައީސް ޔާމީނަށް ބުނީ ނޫނެކޭ!
  5. ޝައިޚް އިމްރާންގެ އަނބިކަބަލުންގެ ފޯނު ނަންބަރުން ދައުރުވާ މެސެޖަކީ ގޮތް ނޭނގޭ ބަޔަކު ހިންގާ ޖަރީމާއެއް!
  6. އިންތިޚާބަށް ވަގުތު ކުޑަތަންވެފައި ވަނިކޮށް ލައިވް އިވެންޓް މެދުކަނޑާލާ އުސޫލޫ އާއްމުކޮށްފި
  7. ޝަހީމްގެ އަމިއްލަފުޅު ރަށުން ވެސް ބޮޑު ބައްޔެއް!
  8. ބަލި ގަބޫލު ކުރައްވާ ޔާމީން އިބޫއާ ބައްދަލުކުރައްވަނީ


ޓޯނީ ކްރޫސް ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ - ޖަރުމަނަށް ދެވަނަ ބުރަށް ދެވޭނީ ކުރިޔަށް އޮތް މެޗު ކާމިޔާބުކޮށް ސްވިޑެން ކުޅޭ މެޗުން އެޓީމު ބަލިވެގެން ނުވަތަ އެއްވަރުވެގެން -- ފީފާ

ފީފާ ވާރލްޑް ކަޕްގައި ސްވިޑެންއާ ދެކޮޅަށް ކުޅުނު މެޗުގެ އެންމެ ފަހު މިނެޓުގައި ޓޯނީ ކްރޫސް ޖެހި ލަނޑާއެކު ދެވަނަ ބުރަށް ދިޔުމަށް ޖަރުމަނުން ކުރަމުންދާ އުއްމީތުތަކަށް އިތުރު ހިތްވަރެއް ލިބިއްޖެއެވެ.

ގްރޫޕް ފިޔަވަހީގެ ދެވަނަ މެޗުގައި ސްވިޑެންއާ ދެކޮޅަށް ކުޅުނު މެޗުން ޖަރުމަނު މޮޅުވީ ފަހަތުން އަރައި 2-1 ގެ ނަތީޖާއަކުންނެވެ. މި މެޗާއި ކުރިމަތިލިއިރު އެންމެފަހުން ސްވިޑެން އާއި ދެކޮޅަށް ކުޅުނު 11 މެޗުން ވެސް ޖަރުމަނު ބަލިވެފައެއް ނުވެއެވެ.

ޖަރުމަނުގެ ފުރަތަމަ އެގާރައިން ހަތަރު ބަދަލެއް ފެނިގެންދިޔައިރު މެސުޓް އޮޒިލް އާއި ސެމީ ކެދީރާ އަދި މެޓްސް ހުމެލްސްގެ އިތުރުން މާވިން ޕްލެޓްންހަރޓް ވަނީ ބެންޗްކޮށްފައެވެ. ސްވިޑެންގެ ފުރަތަމަ އެގާރައިން ފެނުނީ އެންމެ ބަދަލެކެވެ.

ފުރަތަމަ ހާފު ފެށިގެން މޮޅަށް ކުޅެފައިވަނީ ޖަރުމަނެވެ. އެ ޓީމުން ވަނީ ސްވިޑެންގެ ގޯލާއި އަމާޒުކޮށް ފުލުފުލުގައި ހަމަލާތައް ފޮނުވާލާފައެވެ. އެގޮތުން އެ ޓީމުގެ ކުރިޔަށް ކުޅުނު ޓީމޯ ވޯނަރ އަދި ހޫލިއަން ޑްރެކްސްލަރ ފޮނުވާލި ހަމަލާތައް ގޯލަށް ނުވަދެ ދިޔައީ ހަމަކިރިޔާއެވެ. ޖަރުމަނުން އެޓޭކް ކުރަމުންދަނިކޮށް މެޗުގެ 32 ވަނަ މިނެޓުގައި ސްވިޑެންއިން ވަނީ މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނަގާފައެވެ. މި ލަނޑު ވިކްޓަރ ކްލާސަންގެ އެހީތެރިކަމާއެކު ޖަހައިދިނީ އޮލަ ޓޮއިވޮނެންއެވެ. ފުރަތަމަ ހާފުގައި ސްވިޑެންގެ ކީޕަރު ވަނީ ޖަރުމަނުގެ ގިނަ ހަމަލާތަކެއް ދިފާއުކޮށްފައެވެ.

ދެވަނަ ހާފު ފެށިގެން ޖަރުމަނުން ކުޅުން އިތުރަށް ވަރުގަދަ ކުރުމުގެ ނަތީޖާއެއްގެ ގޮތުން މެޗުގެ 48 ވަނަ މިނެޓުގައި އެޓީމުން ވަނީ ލަނޑެއް ޖަހާ އެއްވަރުކޮށްފައެވެ. ޓީމޯ ވޯނަރ ނަގައިދިން ހުރަހަކުން މި ލަނޑު އެޓީމަށް ޖަހައިދިނީ މާކޯ ރޮއިސްއެވެ. އޭގެ ފަހުން ވެސް ޖަރުމަނުން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނުއިރު މެޗުގައި އިތުރަށް ކުރިޔަށް ދިޔުމަށް އެޓީމަށް ދިމާއި އެންމެ ބޮޑު ގޮންޖެހުމަކީ 82 ވަނަ މިނެޓުގައި ދެވަނަ ރީނދޫ ކާޑަކާއެކު ރަތް ކާޑު ދައްކައި ޖެރޯމާ ބޯޓެންގް ދަނޑުން ފޮނުވާލުމުންނެވެ.

އެހެން ނަމަވެސް 10 ކުޅުންތެރިންނާއެކު ކުޅެމުންދިޔަ ޖަރުމަނަށް ލިބުނު ހިލޭ ޖެހުމެއްގައި ހިތްގައިމު ލަނޑެއް ޖަހައިދިނީ މެޗުގެ އެންމެ ފަހު ސިކުންތުކޮޅުގައި އެޓީމު މެޗުން މޮޅު ކޮށްދީފައެވެ.

މި ގްރޫޕުން ދެވަނަ ބުރުގެ ޖާގައެއް މެކްސިކޯ ގާތްގަނޑަކަށް ކަށަވަރުކޮށްފައިވާއިރު ޖަރުމަނަށް ދެވަނަ ބުރަށް ދެވޭނީ ކުރިޔަށް އޮތް މެޗު ކާމިޔާބުކޮށް ސްވިޑެން ކުޅޭ މެޗުން އެޓީމު ބަލިވެގެން ނުވަތަ އެއްވަރުވެގެންނެވެ. ހަމައެހެންމެ ސްވިޑެންއަށް ދެވަނަ ބުރަށް ދެވޭނީ ޖަރުމަނު ކުޅޭ މެޗުން ބަލިވެ ނުވަތަ ޖަރުމަނު އެއްވަރުވެގެންނެވެ. ދެ ޓީމު ވެސް މޮޅުވެއްޖެނަމަ ބަލަން ޖެހޭނީ ލަނޑުގެ ތަފާތަށެވެ. އޭރު މެކްސިކޯގެ ލަނޑުގެ ތަފާތަށް ވެސް ބަލަން ޖެހޭނެއެވެ.

މިވަގުތު ގްރޫޕްގެ ކުރީގައި ހަ ޕޮއިންޓާއެކު މެކްސިކޯ އޮތްއިރު ދެވަނަ އަދި ތިންވަނަ ލިބެނީ ސްވިޑެން އަދި ޖަރުމަނަށެވެ. ތާވަލުގެ ފުލުގައި އޮތީ ދެކުނު ކޮރެއާއެވެ.

ކުރިޔަށް އޮތް މެޗުގައި ދެކުނު ކޮރެއާ އާއި ދެކޮޅަށް ޖަރުމަނު ނުކުންނައިރު ސްވިޑެން ނުކުންނާނީ މެކްސިކޯ އާއި ދެކޮޅަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް