24 އޭޕުރިލް 2019 | ބުދަ | 04 ބުރުނު
17 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:21
މެންދުރު 12:08
އިރުއަރާ 05:56
ފަތިސް 04:42

އިންޑިއާގެ ރޭޕް ކޭސް

އިންޑިއާގައި ކުޑަކުއްޖެއް ހޭނައްތާލުމަށްފަހު ރޭޕްކޮށްފި

  • އެ ކުޑަ އަންހެން ކުއްޖާ ރޭޕް ކުރީ އޭނަ ދަންނަ މީހުން
އަރުޝަމް އަބްދުލް ޢަޒީޒް | @arushams

| 23 ޖޫން 2018 | ހޮނިހިރު 23:57 | |

މަގުބޫލް

  1. އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟
  2. ލަންކާއިން ގެއްލިގެން ހޯދަމުން ދިޔަ ދެ ދިވެހިން ފެނިއްޖެ
  3. ގޮވާތަކެތި ހުރި ލޮރީއަކާއި ވޭނެއް ކޮޅުނބަށް އެތެރެވެއްޖެ ކަމުގެ އިންޒާރާ އެކު ލަންކާ އެލާޓަށް!
  4. ލަންކާ މީހަކު ރިސޯޓެއްގައި ދަންޖެހިގެން މަރުވެއްޖެ
  5. މަރުތަކުގެ މޯޓިވް ދެނެގަނެވިއްޖެ، އެކަމަކު ދައުވާ ކުރެވޭކަށް ނެތް: ސުއޫދު
  6. ދުލެއް ނުކުރާނަން- ރައީސް ވެސް ބައިވެރިވެވަޑައިގަންނަވާ!
  7. ގޮއްވުންތަކުގެ ކުރިން ތަކުރާރު ކޮށް ޖާސޫސީ އިދާރާތަކުން އިންޒާރު ދިން: ހެލްތް މިނިސްޓަރު
  8. ލަންކާގެ ބޮމުގެ ހަމަލާތައް: ހަމަލާ ދިން މީހުން އައިސިސްއަށް ބައްޔަތު ހިފާ ވީޑިއޯއެއް އާންމުވެއްޖެ


އިންޑިއާގައި އަންހެނުން ރޭޕު ކުރަމުން ދާތީ ހިތްހަމަ ނުޖެހުން ފާޅު ކުރަނީ -- ފޭސްބުކް

އުމުރުން އެންމެ 13 އަހަރުގެ އަންހެން ކުއްޖެއް އިންޑިއާގެ އަންޖަރް ޓައުންގައި ހޭނައްތާލުމަށްފަހު ރޭޕްކޮށްފިއެވެ.

ފުލުހުން ތުހުމަތު ކުރާ ގޮތުގައި އެ އަންހެން ކުއްޖާ ރޭޕް ކޮށްފައިވަނީ އޭނާގެ އެކުވެރި ފިރިހެން ކުއްޖެކެވެ. ފުލުހުން ލަފާ ކުރާ ގޮތުގައި ބޭސްފިހާރައެއްގައި މަސައްކަތް ކުރާ އުމުރުން 16 އަހަރުގެ އެ ފިރިހެން ކުއްޖާ އޭނާގެ އެކުވެރިޔާ ރޭޕް ކޮށްފައިވަނީ އެނެސްތީސިއާ ބޭނުން ކޮށްގެން ހޭނައްތާލުމަށް ފަހުއެވެ.

އެ ޖަރީމާގައި ހޭނެއްތުމަށް ބޭނުން ކުރި އިންޖެކްޝަންގެ ސަބަބުން އަންހެން ކުއްޖާގެ އުނަގަޑުން ތިރި ވަނީ އެއްކޮށް އައްސިވެފައެވެ. އަދި ހަށިގަނޑުގެ ބާރު ވަނީ ވަރަށް ބޮޑަށް ދެރަވެފައެވެ. އެކަމުގެ ސަބަބުން، މި ހާދިސާ ޖޫން 17 ހިގި ކަމުގައި ހިގި ނަމަވެސް މީގެ ވާހަކަތަށް އޭނަގެ މައިން ބަފައިންނަށް ކިޔާދެވުނީ އޭގެ 3 ދުވަސް ފަހުންނެވެ.

ފުލުހުން ބުނީ އެ ފިރިހެން ކުއްޖާއި ރޭޕްކޮށްފައިވާ އަންހެން ކުއްޖާއާ ރައްޓެހިވީ އެ އަންހެން ކުއްޖާގެ ދުރުތާ ތިމާގެ މީހެއް މެދުވެރި ކޮށް ކަމަށެވެ. ފުލުހުން ތުހުމަތު ކުރާ ގޮތުގައި ދުރުތާ ތިމާގެ މީހާގެ އަތެއްވެސް މި ރޭޕްގެ ހާދިސާގައި ވެއެވެ. ބެލެވޭ ގޮތުގައި ދުރުތާ ތިމާގެ މީހާ ވަނީ ރޭޕް ކުރި އަންހެން ކުއްޖާ ގާތު ސުކޫލްއަށް ނުގޮސް އޭނަގެ ގެއަށް އައުމަށް އެދިފައެވެ. އެއާއެކު އެ އަންހެން ކުއްޖާ އެގެއަށް ދިޔައިރު ބޭސް ފިހާރާގައި އުޅޭ އެ ފިރިހެން ކުއްޖާ ހުރީ އެގެއަށް ގޮސްފައެވެ. އެ ފިރިހެން ކުއްޖާ ވަނީ އޭނާގެ ބޭނުންތައް ފުއްދުމަށްފަހު އެ އަންހެން ކުއްޖާ މަގުމަށްޗަށް އެއްލާލާފައެވެ.

އާއިލާއިން ބުނި ގޮތުގައި ސްކޫލް ނިމިގެން ދިޔަތާ ގިނައިރުތަކެއް ވީއިރުވެސް އަންހެން ކުއްޖާ ގެއަށް އައިސްފައި ނުވުމާ އެކީ އޭނަ ސްކޫލްއަށް ދާއިރު ލާން ތައްޔާރު ކުރި ޔުނިފޯމް ގޭގައި އޮއްވާ ފެނުމުން ކަމެއް ގޯސް ވެއްޖެކަން އެގުނު ކަމަށާއި އެ ވަގުތު އޭނަ ހޯދުމުގެ މަސައްކަތް ފެށި ކަމަށެވެ. އޭނަ ފެނިފައިވަނީ މަގު މަތީގައި ފިރުކެމުން ގެޔާ ދިމާލަށް އަންނަނިކޮށް ކަމަށް ވެސް އާއިލާއިން ވަނީ ބުނެފައެވެ.

މި މައްސަލަ އިތުރަށް ތަހުޤީހުކުރަމުން ދާއިރު އެ މައްސަލައިގައި ޝާމިލްވާ ކަމަށް ތުހުމަތު ކުރެވޭ އުމުރުން 16 އަހަރުގެ ފިރިހެން ކުއްޖާއި އަންހެން ކުއްޖާގެެ ދުރުތާ ތިމާގެ މީހާ ފުލުހުން ވަނީ ހައްޔަރު ކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 10 މަސް ކުރިން | ރިވިއު ކުރީ: ރާއްޖެއެމްވީ ލޯކަލް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް