23 އޭޕުރިލް 2019 | އަންގާރަ | 02 ބުރުނު
16 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:21
މެންދުރު 12:08
އިރުއަރާ 05:56
ފަތިސް 04:43

ސައުދީގައި އަންހެނުންގެ ހައްގު

އާދިއްތަ ދުވަހުން ފެށިގެން ސައުދީ އަންހެނުންނަށް ކާރު ދުއްވޭނެ

  • ސައުދީގެ އަންހެނުންނަށް އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ވަނީ ދޫކުރަން ފަށައިފައި
އަރުޝަމް އަބްދުލް ޢަޒީޒް | @arushams

| 23 ޖޫން 2018 | ހޮނިހިރު 22:57 | |

މަގުބޫލް

  1. ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
  2. އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟
  3. ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
  4. ބޮމެއް ފެނުމުން ލަންކާގެ މައި އެއާޕޯޓް ބަންދުކޮށްފި!
  5. މަރުތަކުގެ މޯޓިވް ދެނެގަނެވިއްޖެ، އެކަމަކު ދައުވާ ކުރެވޭކަށް ނެތް: ސުއޫދު
  6. ފެނަކައިގެ މުވައްޒަފުން ސިޔާސީ ކަންކަމުގައި ބައިވެރިވުމަށް މަޖުބޫރުނުކުރާތީ އުފާފާޅު ކޮށްފި
  7. ލަންކާއިން ގެއްލިގެން ހޯދަމުން ދިޔަ ދެ ދިވެހިން ފެނިއްޖެ
  8. ފުލުފުލުގައި ދިން ހަމަލާތަކާ އެކު، ލަންކާ އަޑިގަނޑަކަށް!


މި އަހަރުގެ ޖޫންމަހުން ފެށިގެން ސައުދީގެ އަންހެނުންނަށް ޑްރައިވިންގ ލައިސަންސް ދޭން ވަނީ ފަށާފައި -- ޓްވިޓަރ

ސައޫދީގައި އަންހެނުން އެއްގަމު އުޅަނދު ދުއްވުން މަނާ ކުރާ ގަވައިދަށް ބަދަލު ގެނެސް އާދީއްތަ ދުވަހުން ފެށިގެން ރަސްމީކޮށް އެއްގަމު އުޅަނދު ދުއްވުމުގެ ހުއްދަ ދޭން ހަމަޖައްސައިފިއެވެ.

އެ ގައުމުން ވަނީ މީގެ ކުޑަ ދުވަސް ކޮޅެއް ކުރިން އަންހެނުންނަށް އެއްގަމު އުޅަނދުގެ ލައިސަންސް ވެސް ދޫކުރަން ފަށާފައެވެ. ސައުދީން އޭރު ވެސް ބުނަމުން ދިޔައީ ޖޫން މަހުގެ 24 ވަނަ ދުވަސް ފެށޭނީ ސައުދީ އަންހެނުން މަގުތަކުގައި ދުއްވުމުގެ ހުއްދައާ އެކުގައި ކަމަށެވެ. ސައުދީން ވަނީ އެމީހުންގެ ބަހާއި އަމަލު ދިމާކޮށްފައެވެ.

އެހެން ކަމުން ރޭ ބާރައިގެ ފަހުން އެއްގަމު އުޅަނދު ދުއްވަން އަންހެނުން ފެށުމާއެކު އެމީހުން ވެގެންދާނީ ސައުދީގެ ހަޔާތުގައިވެސް ފުރަތަމަ ފަހަރަށް ހުއްދަ ލިބިގެން އެއްގަމު އުޅަނދު ދުއްވާ މީހުންނަށެވެ. މީގެ ކުރިން އަންހެނަކު އެއްގަމު އުޅަނދު ދުއްވައިފިނަމަ 500-900 އާ ދެމެދު އަދަދަކުން ޖޫރިމަނާ ކުރެވެއެވެ.

ޓްރެފިކް ޑިޕާޓްމެންޓްއިން ވަނީ މި ދުވަސް އަންނަން ވާއިރަށް ވަރަށް ގިނަ ތައްޔާރީތައް ވެފައެވެ. އެގޮތުން އެ މީހުން ވަނީ މަގުތަކަށް އެއްފަހަރާއި ގިނަ އެއްގަމު އުޅަނދުތައް ނިކުންނާނެ ކަމަށް އަންދާޒާކޮށް، ޓްރެފިކް ހައްލު ކުރުމަށް ވެސް ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ.

ސައުދީން އަންހެނުންނަށް އެއްގަމު އުޅަނދު ދުއްވުމުގެ ހުއްދަ ދީފައިވާއިރު، މިއީ މީގެ ދެތިން މަސް ދުވަސް ކުރިން ފެންނާނެ ކަމަށް ހީކުރި ކަހަލަ މަންޒަރެއް ވެސް ނޫނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 10 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް