11 ޑިސެންބަރު 2018 | އަންގާރަ | 02 މުލަ
04 ރަބީޢުލްއާޚިރު 1440
ފަތިސް 04:44
އިރުއަރާ 06:00
މެންދުރު 12:03
އަސްރު 15:23
މަޣްރިބް 17:58
އިޝާ 19:15

ފީފާ ވާރލްޑް ކަޕް 2018

ވާރލްޑް ކަޕް: މެކްސިކޯ އަތުން ބަލިވެ ކޮރެއާ ވަކިވުމާ ގާތަށް

  • މި މެޗުން ދެކުނު ކޮރެއާ ބަލިވީ 2-1 ގެ ނަތީޖާއަކުން
އަހްމަދު ސާއިފް ޝިޔާދް | Saaif80

| 23 ޖޫން 2018 | ހޮނިހިރު 22:24 | |

މަގުބޫލް

  1. ދަރުމަވަންްތަ ހޮސްޕިޓަލް: ސިއްސައިގެން ދާވަރުގެ ކޮރަޕްޝަން!
  2. މަޖިލީހުގެ ތިން މެމްބަރުން ފިޔާވާ ހުރިހާ މެމްބަރުން ފައިސާގައި ހިފި: ނާނީ
  3. އިމިގްރޭޝަނަށް އެފްއޭ ފަޔާޒް؟
  4. ދައުލަތުގެ ޚަޒާނާގައި ޑޮލަރު ނުހުންނާނެ: ގަވަނަރ
  5. ގާސިމް، މަސީހު ހިންގެވި މަގަށް، އެކަމަކު ސަރުކާރަށް ވަރިހަމަ!؟
  6. މާފަންނު ސަހަރާގައި ކޮނެފައި އޮތް ވަޅުގަނޑު ދައްކާލައިފި
  7. މިސްކިތްތަކުގައި ޤުރުއާން ކިޔަވައިދޭން ފެށުމުގެ ވައުުދު މަހެއް ނުވަނީސް ފުއްދައިދީފި
  8. އެމްއެމްޕީއާރުސީން ކުއްޔަށް ދިން ރަށްތަކުގެ އެގްރިމެންޓް ފައިނަލް ކުރައްވަނީ ރައީސް ޔާމިން: ޒިޔަތު


ހަނާންޑޭޒް ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ: އޭނާއަކީ މެކްސިކޯއަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާ -- ގެޓީ އިމޭޖާސް

ފީފާ ވާރލްޑް ކަޕްގައި މެކްސިކޯއާ ދެކޮޅަށް ކުޅުނު މެޗުން ބަލިވުމާ އެކު ދެކުނު ކޮރެއާގެ ދަތުރަށް ގާތްގަނޑަކަށް ނިމުމެއް އަތުވެއްޖެއެވެ.

ރޮސްޓޯވް އޮން ޑޯން ސްޓޭޑިއަމްގައި ކުޅުނު މި މެޗުން ދެކުނު ކޮރެއާ ބަލިވީ 2-1 ގެ ނަތީޖާއަކުންނެވެ. މީގެ ކުރިން މި ދެ ޓީމު ވާރލްޑް ކަޕްގެ މެޗެއްގައި ކުޅެފައި ވަނީ 1998 ވަނަ އަހަރުގެ ވާރލްޑް ކަޕްގައެވެ. އެ މެޗު 3-1 އިން ކާމިޔާބުކުރީ މެކްސިކޯއެވެ. މެކްސިކޯގެ ފުރަތަމަ މެޗުގައި ކުޅުނު ހޫގޯ އަޔާލާގެ ބަދަލުގައި މި މެޗުގައި ކުޅެފައި ވަނީ އެޑްސަން އަލްވަރޭޒްއެވެ. ކޮރެއާގެ ޓީމުން ވެސް ވަނީ ދެ ބަދަލެއް ފެނިގެންގޮސްފައެވެ.

ފުރަތަމަ ހާފު ފެށިގެން ބޯޅަ ކޮންޓްރޯލްކޮށްގެން ރަނގަޅަށް ކުޅެފައިވަނީ މެކްސިކޯއެވެ. އެ ޓީމުން ހަމަލާ އުފެއްދުމަށް މަސައްކަތްކުރަމުންދިޔައިރު މެޗުގެ 26 ވަނަ މިނެޓުގައި އެ ޓީމަށް ލީޑު ލިބިގެންދިޔައީ ލިބުނު ޕެނަލްޓީއާ އެކުއެވެ. މި ޕެނަލްޓީ ކާމިޔާބުކޮށް ދިނީ ކާލޯސް ވޭލާއެވެ. މި ލަނޑަށް ފަހު ވެސް މެކްސިކޯގެ ކުޅުންތެރިންނަށް ލަނޑު ޖެހުމަށް އިތުރު ފުރުސަތުތަކެއް ލިބި ވަނީ ބޭކާރުވެފައެވެ.

އެއް ލަނޑުގެ ލީޑެއްގައި އޮވެ މެކްސިކޯ އިން ފުރަތަމަ ހާފު ނިންމާލިއިރު ދެވަނަ ހާފުގައި ދެ ޓީމުގެ ފަރާތުން ވެސް ވަނީ ފޯރިގަދަ ކުޅުމެއް ފެނިގެންގޮސްފައެވެ. މެކްސިކޯ އިން ވަނީ މެޗުގެ 66 ވަނަ މިނެޓުގައި ލީޑު ފުޅާކޮށްފައެވެ. ހާވިން ލޮޒާނޯގެ އެހީތެރިކަމާ އެކު މި ލަނޑު އެ ޓީމަށް ޖަހަދިނީ ހަވިޔާ ހަނާންޑޭޒް (ޗިޗަރީތޯ) އެވެ. މިއީ ޗިޗަރީތޯ މެކްސިކޯއަށް ޖަހައިދިން 50 ވަނަ ލަނޑެވެ. އޭނާ ވެގެންދިޔައީ ގައުމީ ޓީމަށް 50 ލަނޑު ޖަހައިދިން ފުރަތަމަ ކުޅުންތެރިޔާއަށެވެ.

ކޮރެއާ އިން މި މެޗުގައި ޖެހި ހަމައެކަނި ލަނޑު މެޗުގެ އިތުރު ވަގުތުގެ ތެރޭގައި އޭރިއާ ބޭރުން އެޓީމަށް ޖަހައިދިނީ ހެއުން މިން ސޮންއެވެ.

މިއީ 2002 ވަނަ އަހަރުގެ ވާރލްޑް ކަޕްގެ ފަހުން ގްރޫޕް ފިޔަވަހީގައި ކުޅުނު ފުރަތަމަ ދެ މެޗުން މެކްސިކޯ މޮޅުވި ފުރަތަމަ ފަހަރެވެ. މި މެޗުން ބަލިވުމާ އެކު ވާރލްޑް ކަޕްގައި އެންމެފަހުން ކުޅުނު އަށް މެޗުން ވެސް ކޮރެއާ މޮޅުވެފައެއް ނުވެއެވެ. ހަމައެހެންމެ ޗިޗަރީތޯ ވެގެންދިޔައީ ތިން ވާރލްޑް ކަޕެއްގައި މެކްސިކޯއަށް ލަނޑު ޖަހައިދިން ތިންވަނަ ކުޅުންތެރިޔާއަށެވެ.

ގްރޫޕް ފިޔަވަހީގެ ފަހު މެޗުގައި ޖަރުމަނާ ދެކޮޅަށް ކޮރެއާ ނުކުންނައިރު މެކްސިކޯ ނުކުންނާނީ ސްވިޑެންއާ ދެކޮޅަށެވެ.  

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް