14 ނޮވެންބަރު 2018 | ބުދަ | 02 ނޮރަ
06 ރަބީޢުލްއައްވަލް 1440
ފަތިސް 04:36
އިރުއަރާ 05:51
މެންދުރު 11:54
އަސްރު 15:14
މަޣްރިބް 17:50
އިޝާ 19:05

ޒިމްބާބްވޭ

ޒިމްބާބްވޭގެ ރައީސް ވަޑައިގެންނެވި ރެލީއެއްގައި ބޮެމެއް ގޮވައިފި

  • ރައީސް ނަންގަގްވާ އަށް އެއްވެސް އަނިޔާއެއް ނުވޭ
އަހުމަދު އަނޫޝު | IamAhmedAnoosh

| 23 ޖޫން 2018 | ހޮނިހިރު 21:58 | |

މަގުބޫލް

  1. ނަޝީދު މިނިވަންކުރުމާ ދެކޮޅު ހެއްދެވީ ޕީޕީއެމްގެ ނުވަ މެމްބަރުން
  2. ރައީސް ނަޝީދު އައިޑީކާޑް ހެއްދެވުމަށް އުކުޅަހު ކައުންސިލަށް ހުށަހަޅުއްވައިފި
  3. އާ ސަރުކާރުގެ މިނިސްޓްރީތައް މިއަދު އިއުލާންކުރަނީ
  4. ރައީސްގެ ރަސްމީ ގެކޮޅަށް ދައުލަތުން ދުވާލަކު ލައްކައަކަށް ވުރެ ގިނަ ރުފިޔާ!
  5. ދަރިވަރުންނަށް ހިލޭ ނާސްތާ، ޑިގްރީއަށް ކިޔަވައި ދިނުން ވެސް ހިލޭ!
  6. މަހުލޫފު އެމްޑީޕީއަށް ސޮއި ކުރައްވައިފި
  7. ދުވަހަކުވެސް ދެކިލައްވަން ބޭނުންފުޅުނުވި މަންޒަރު ވެރިކަމުގައި ހުންނަވަނިކޮށް ބައްލަވަން މަޖުބޫރުވީ
  8. ވެލެޒިނީ ހައްޔަރު ކޮށްފި


ރައީސް ނަންގަގްވާ: ސަލާމަތްވީ ކިރިޔާ -- ގޫގުލް

އިތިއޯޕިއާގެ އައު ބޮޑުވަޒީރު، އަބީ އަޙުމަދު ތަޤުރީރު ކުރެއްވި މައިދާނެއްގައި މިއަދު ހެނދުނު އެއްޗެއް ގޮއްވާލާފައި ވަނިކޮށް ޒިމްބާބްވޭގެ ރޫލިން ޒާނޫ-ޕީއެފް ޕާޓީގެ އިންތިޚާބުގެ ކެމްޕެއިން ރެލީއެއްގައި ރައީސް އެމާސަން ނަންގަގްވާ އަށް އަމާޒުކޮށް ބޮމުގެ ހަމަލާއެއް ދީފިއެވެ.

ބުލަވަޔޯ ސިޓީގައި ދިން މިހަމަލާފައި ރައީސް ނަންގަގްވާ އަށް އަނިޔާއެއް ލިބިވަޑައިގެންފައި ނުވި ނަމަވެސް އޭނާގެ ޑެޕިއުޓީއަކު ޒަޚަމްވި ކަމަށް ރިޕޯޓުތައް ބުނެއެވެ. ހޮނިހިރު ދުވަހުގެ މިހާދިސާ ހިނގީ ވައިޓް ސިޓީ ސްޓޭޑިއަމްގައި އެމަނިކުފާނުގެ އެތައްހާސް ސަޕޯޓަރުންނާ މުޚާތަބު ކުރެއްވުމަށް ފަހު ސްޓޭޖުން ފައިބައިވަޑައިގަންނަވަނިކޮށެވެ. 

އުމުރުފުޅުން 75 އަހަރުގެ ރައީސް ނަންގަގްވާ، ހަމަލާދިނުމާ އެކު އޮފިޝަލުން ވަނީ އެ ސަރަހައްދާ ދުރަށް ގެންގޮސްފައެވެ.

ބައެއް ރިޕޯޓުތައް ބުނާ ގޮތުން މި ހަމަލާގައި ވެރިކަންކުރާ ޕާޓީގެ ނައިބު ރައީސެއް ކަމަށްވާ ކެމްބޯ މޮހަދީ އަށް ވަނީ ކޮންމެވެސް ވަރެއްގެ ޒަހަމަތަކެއް ލިބިފައެވެ. އަދިވެސް ބައެއް ފަރާތްތައް ޒަޚަމްވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. 

ރިޕޯޓްތައް ބުނާ ގޮތުން ހަމަލާ ދީފައި ވަނީ އަތުބޮމެއް އެއްލައިގެންނެވެ. 

ހަމަލާއަށް ފަހު މީޑިއާ މެދުވެރިކޮށް ދެއްވި ޚިތާބެއްގައި ވިދާޅުވީ މިއީ ފިނޑި އަމަލެއް ކަމަށެވެ. އަދި މިއީ އެމަނިކުފާނަށް އާ ކަމެއް ނޫން ކަމަށާއި މިއީ އާންމު ދުޝްމަނުންގެ ހަމަލާއެއްކަން ކަށަވަރު ކަމަށް ވެސް ވިދާޅުވިއެވެ. ހަމަލާދިނީ އެމަނިކުފާނާ ކުޑަތަންކޮޅެއް ދުރަށް ކަމަށާއި ނަމަވެސް އެމަނިކުފާނުގެ "ވަގުތު އަދި ނުޖެހޭ" ކަމަށް ވެސް ވިދާޅުވިއެވެ. 

ނަންގަގްވާ އަށް އަމާޒުކޮށް ހަމަލާއެއް ދީފައިވާ އިރު ހޮނިހިރު ދުވަހު ހެނދުނު އިތިއޯޕިއާގެ ވެރިރަށް އެޑިސް އަބާބާގެ މެސްކެލް މައިދާނުގައި ބޮޑުވަޒީރު އަބީ އަޙުމަދު އެމަނިކުފާނުގެ ސަޕޯޓަރުންނާ މުހާތަބުކުރައްވާ ތަޤުރީރުކުރެއްވުމަށް ފަހު، އެއްވެފައި ތިބި މީހުންނަށް ހަނާ އަޅުއްވައިލެއްވި ވަގުތު ވަނީ އެއްޗެއް ގޮއްވާލާފައެވެ. މި ހާދިސާ ހިނގިތާ ގިނަ އިރުތަކެއް ނުވެ، ޓީވީ މެދުވެރިކޮށް ރައްޔިތުންނާ ވާހަކަ ދައްކަވަމުން ބޮޑުވަޒީރު އަބީ ވިދާޅުވީ، މިއީ ރާވައިގެން ދީފައިވާ ހަމަލާއެއް ކަމަށާއި، ހަމަލާގައި ބައެއް މީހުން މަރުވެ، ބައެއް މީހުންނަށް އަނިޔާވެފައިވާ ކަމަށެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް