19 ނޮވެންބަރު 2018 | ހޯމަ | 06 ނޮރަ
11 ރަބީޢުލްއައްވަލް 1440
އިޝާ 19:06
މަޣްރިބް 17:51
އަސްރު 15:15
މެންދުރު 11:55
އިރުއަރާ 05:52
ފަތިސް 04:37

ފީފާ ވާރލްޑް ކަޕް 2018

ވާރލްޑް ކަޕް: ބޮޑު މޮޅަކާ އެކު ބެލްޖިއަމް ދެވަނަ ބުރަށް

  • ޓިއުނީޝިއާ އަތުން ބެލްޖިއަމް މޮޅުވީ 5-2 ގެ ނަތީޖާއަކުން
  • ހަޒާޑް އަދި ލުކާކޫ ކޮންމެ ކުޅުންތެރިޔަކު މި މެޗުގައި ދެ ލަނޑު ޖެހި
  • ފަހު މެޗުގައި ބެލްޖިއަމް ނުކުންނާނީ އިނގިރޭސިވިލާތާ ދެކޮޅަށް
އަހްމަދު ސާއިފް ޝިޔާދް | Saaif80

| 23 ޖޫން 2018 | ހޮނިހިރު 21:55 | |

މަގުބޫލް

  1. ރާއްޖެޓީވީގެ ބޭނުމަކީ ހިޔާލުތަފާތު ކުރުމާއި ނަފްރަތު އުފެއްދުން: ރައީސް ނަޝީދު
  2. ފުރަތަމަ ދުވަހު ފުއްދަވާނެކަމަށް ރާއްޖެ ޓީވީގައި ވެވަޑައިގެންނެވި ވައުދުތައް ރައީސް ސޯލިޙް ފުއްދަވައިފި
  3. ރައީސް ޔާމީނާއެކު ސިޔާސީ މަސައްކަތްކުރެއްވި ބޭފުޅުންނަށް މި ސަރުކާރުން ފުރުސަތު ދީގެން ނުވާނެ: ރައީސް ނަޝީދު
  4. ރައީސް ސޯލިހުގެ ކެބިނެޓަށް އަންހެން ހަތް ވަޒީރުން!
  5. އަޅުގަނޑަށް ރަނގަޅީ މެޑަމް ނުވަތަ މަހާރެހެންދި ފަދަ ނަންނަމުން މުހާތަބު ނުކުރެއްވިއްޔާ: ފަޒްނާ
  6. ބޮޑު ސުވާލެއް: ޝޭޚް އިމްރާންގެ ވަޒީރުކަމުގެ ޝަރުތު ހަމަވޭތަ؟
  7. ހަތިޔާރު އެޅި ފައުޖާ ނުލައި، ރައީސް ސޯލިހު އާންމުންގެ ތެރެއަށް
  8. އާ ސަރުކާރުގެ ވަޒީރުން ހުވާ ކުރެއްވުން މިރޭ


ބެލްޖިއަމްގެ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ: މިއީ އެންމެ ތަފާތު ބޮޑުކޮށް ވާރލްޑް ކަޕެއްގައި އެގައުމު މޮޅުވި މެޗު -- ފީފާ

ފީފާ ވާރލްޑް ކަޕްގައި ޓިއުނީޝިއާ އަތުން ތަފާތު ބޮޑުކޮށް މޮޅުވެ ދެވަނަ ބުރުގެ ޖާގައެއް ބެލްޖިއަމް ހޯދައިފިއެވެ.

ގްރޫޕް ފިޔަވަހީގެ ދެވަނަ މެޗުގައި ޓިއުނީޝިއާ އަތުން ބެލްޖިއަމް މޮޅުވީ 5-2 ގެ ނަތީޖާއަކުންނެވެ. މިއީ މި ދެ ޓީމުގެ މެދުގައި ކުޅުނު ހަތަރުވަނަ މެޗަށްވާ އިރު 2002 ވަނަ އަހަރު އޮތް ވާރލްޑް ކަޕްގައި މި ދެ ޓީމު ކުޅުނު މެޗު ނިމިފައި ވަނީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ. ބެލްޖިއަމްގެ ފުރަތަމަ އެގާރައިން އެއްވެސް ބަދަލެއް ފެނިފައިނުވާއިރު ޓިއުނީޝިއާގެ ޓީމުން ވަނީ ދެ ބަދަލެއް ފެނިގެންގޮސްފައެވެ.

ފުރަތަމަ ހާފު ފެށިގެން ބެލްޖިއަމްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު އެ ޓީމުން ވަނީ މެޗުގެ ހަވަނަ މިނެޓުގައި ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް އޭނާ ޖަހައިދިނީ ޓިއުނީޝިއާގެ އޭރިއާ ތެރެއިން އޭނާއަށް ފައުލްކުރުމާ ވިދިގެން ރެފްރީ ދިން ޕެނަލްޓީއަކުންނެވެ.

ބެލްޖިއަމްގެ ދެވަނަ ލަނޑު, މެޗުގެ 16 ވަނަ މިނެޓުގައި ޑްރައިސް މާޓެންސްގެ އެހީތެރިކަމާ އެކު ޖަހައިދިނީ ރޮމެލޫ ލުކާކޫއެވެ. އެހެން ނަމަވެސް މެޗުގެ 18 ވަނަ މިނެޓުގައި ޓިއުނީޝިއާ އިން ވަނީ ލަނޑެއް ޖަހައި ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ. މި ލަނޑު އެޓީމަށް ޖަހައިދިނީ ޑައިލަން ބްރޮންއެވެ. ބެލްޖިއަމްގެ ތިންވަނަ ލަނޑު މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ޖަހައިދިނީ ލުކާކޫއެވެ.

ބެލްޖިއަމް ލީޑުގައި އޮވެ ފުރަތަމަ ހާފު ނިމިގެންދިޔައިރު ދެވަނަ ހާފުގައި ވެސް އެޓީމުން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން މެޗުގެ 51 ވަނަ މިނެޓުގައި އެ ޓީމުގެ ހަތަރު ވަނަ ލަނޑު ޖަހައިދިނީ ކެޕްޓަން އީޑެން ހަޒާޑްއެވެ. ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި އެރި މިޝީ ބަޓްޝުއާއީއަށް ލަނޑު ޖެހުމަށް ހުސް ގިނަ ފުރުސަތުތަކެއް ލިބިގެންދިޔައިރު އޭނާގެ ލަނޑު ފެނިގެންދިޔައީ މެޗުގެ އެންމެ ފަހު މިނެޓުގައެވެ. މި މެޗުގައި ޓިއުނީޝިއާގެ  ދެވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގެ ތެރޭގައި އެޓީމަށް ޖަހައިދިނީ ވަހްބީ ކަޒްރީއެވެ.

މި މެޗުގައި ޖެހި ދެ ލަނޑަކީ އެންމެ ފަހުން ގައުމީ ޓީމަށް ކުޅުނު 21 މެޗުގައި ހަޒާޑް ޖެހި 23 ވަނަ ލަނޑެވެ. ހަމައެހެންމެ ވާރލްޑް ކަޕްގެ ގްރޫޕް ފިޔަވަހީގައި ބެލްޖިއަމް އެންމެ ފަހުން ކުޅުނު 11 މެޗުން ވެސް އެޓީމު ބަލިވެފައެއް ނުވެއެވެ. ހަމައެހެންމެ މިއީ ބެލްޖިއަމްގެ ތާރީހުގައި ވެސް ވާރލްޑް ކަޕް މެޗަކުން އެޓީމު އެންމެ ތަފާތު ބޮޑުކޮށް މޮޅުވި މެޗެވެ. މީގެ އިތުރުން ލުކާކޫ ވެގެންދިޔައީ ވާރލްޑް ކަޕެއްގައި ޑިއޭގޯ މެރަޑޯނާގެ ފަހުން ޖެހިޖެހިގެން ދެ މެޗުގައި ދެ ލަނޑަށް ވުރެ ގިނައިން ލަނޑު ޖެހި ފުރަތަމަ ކުޅުންތެރިޔާއަށެވެ.

ގްރޫޕް ފިޔަވަހީގެ ފަހު މެޗުގައި އިނގިރޭސިވިލާތާ ދެކޮޅަށް ބެލްޖިއަމް ނުކުންނައިރު ޓިއުނީޝިއާ ނުކުންނާނީ ވާރލްޑް ކަޕްގައި މިފަހަރު އަލަށް ވާދަކުރާ ޕެނަމާއާ ދެކޮޅަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް