26 ސެޕްޓެންބަރ 2018 | ބުދަ | 06 އަތަ
16 މުޙައްރަމް 1439
ފަތިސް 04:42
އިރުއަރާ 05:53
މެންދުރު 12:02
އަސްރު 15:07
މަޣްރިބް 18:02
އިޝާ 19:13

މޯލްޑިވްސް ފުޓްބޯލް އެވޯޑްސް

މޮޅު ކުޅުންތެރިޔަކަށް ސެންޓޭ، މޮޅު ކޯޗަކަށް ނިޒާމްބެ އަދި އުންމީދީ ކުޅުންތެރިޔަކަށް ރިޒޭ

  • އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ލިބުނީ އަލީ ފާސިރު (ސެންޓޭ) އަށް
  • އެންމެ އުންމީދީ ކުޅުންތެރިޔާގެ މަގާމު ލިބުނީ ރިޒުވާން އަހުމަދު (ރިޒޭ) އަށް
  • އެންމެ މޮޅު ކޯޗަކަށް ހޮވުނީ ޓީސީގެ މުހައްމަދު ނިޒާމް (ނިޒާމްބެ) އަށް
ލީވާން އަލީ | MrLeevaan

| 17 ޖެނުއަރީ 2017 | އަންގާރަ 06:06 | |

މަގުބޫލް

  1. ރައީސް ޔާމީން އިންތިޚާބުން ފެއިލްވީ ލީޑަރޝިޕުގެ އަމިއްލަ އެދުމާހުރެ: ޑޭވް
  2. އިންތިހާބުގެ ފަހުން ހަދާ އެއްބަސްވުންތަކާ ދެމުންދާ ވަޒީފާތަކަށް ޒިންމާއެއް ނުވާނަން: ހަސަން
  3. ޖަލުގައި ބަންދުގައި ތިބި ފަރާތްތައް ދޫކޮށްލެއްވުމުގެ މަސައްކަތް އިންތިޚާބީ ރައީސް ފައްޓަވައިފި
  4. އިންތިހާބު އޮތް ދުވަހު ދިވެހިން ދެއްކި ރީތި ނަމޫނާ އިން ބޭރުގެ އޮބްޒަރވަރުން ހައިރާންކުރުވައިފި
  5. މަހްލޫފު މިނިވަންވެ، ދަރިފުޅު ބަލާ މިރޭ ފުވައްމުލަކަށް
  6. ޖެނެރަލް ޝިޔާމްގެ ސާބަސް ސިފައިންނަށް!
  7. ފަހު ވަގުތާ ޖެހެންދެން ވެސް ހީކޮށްގެން ތިބީ އިންތިހާބު ކާމިޔާބު ވާނެ ކަމަށް: އަބްދުއްރަހީމް
  8. ކުންފުނިތަކުން ނުހައްގުން ވަކިކުރި މުވައްޒަފުން ކިބައިން އެތަންތަނުގެ ވެރިން މާފަށް އެދެންޖެހޭ: ޝެއިހް ޒައިދު


އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އަލީ ފާސިރު (ސެންޓޭ) އޭނާ ވަނީ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމުވެސް ހޯދާފަ -- ރާއްޖެއެމްވީ ފޮޓޯ : މުހައްމަދު ޝަރުހާން

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަދި މޯލްޑިވްސް ފުޓްބޯލް ޑޮޓްކޮމް އިން ހޮވި މިދިޔަ ސީޒަނުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ޓީސީ ސްޕޯޓްސް ކްލަބްގެ އަލީ ފާސިރު (ސެންޓޭ) ހޯދިއިރު، އެންމެ މޮޅު ކޯޗުގެ މަގާމު ޓީސީގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ހޯދައިފި އެވެ. އަދި އެންމެ އުންމީދީ ކުޅުންތެރިޔާގެ މަގާމު ރިޒުވާން އަހުމަދު (ރިޒޭ) ހޯދައިފި އެވެ.

ނެޝަނަލް އާޓް ގެލެރީގައި ބޭއްވި މި އެވޯޑް ނައިޓްގައި އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ސެންޓޭ އަށް ލިބުނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ފޯވާޑް އަސަދުﷲ އަބްދުﷲ އަދި އީގަލްސްގެ ކެޕްޓަން އިމްރާން ނަޝީދުއާ ވާދަކޮށްގެންނެވެ.

އެންމެ އުންމީދީ ކުޅުންތެރިޔާގެ އެވޯޑް ރިޒޭ އަށް ލިބުނީ އީގަލްސްގެ އަންސަރު އިބްރާހިމް (އަންކޮ) އަދި ޓީސީގެ ނާއިޒް ހަސަން (ދާދު)އާ ވާދަކޮށްގެންނެވެ. މީގެއިތުރުން އެންމެ މޮޅު ކޯޗުގެ މަގާމު ނިޒާމްބެ އަށް ލިބުނީ މާޒިޔާގެ ކޯޗު އަލީ ސުޒެއިން އަދި އީގަލްސްގެ ކޯޗު އިހުސާން އަބްދުލް ޢަނީ (ސާންތި)އާ ވާދަކޮށްގެންނެވެ.

މިދިޔަ ސީޒަނުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ އަށް ދޭ ރަންބޫޓް ލިބުނީ މިދިޔަ ސީޒަނުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދި ސެންޓޭ އަށެވެ. އޭނާ ވަނީ މިދިޔަ ސީޒަނުގައި ޓީސީގައި މޮޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން އޭނާ މި އެވޯޑް ހާސިލް ކުރީ 34 ލަނޑާއެކުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 10 މަސް ކުރިން | ރިވިއު ކުރީ: އިސްމާއިލް ރިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް