23 ސެޕްޓެންބަރ 2018 | އާދީއްތަ | 03 އަތަ
13 މުޙައްރަމް 1439
ފަތިސް 04:43
އިރުއަރާ 05:54
މެންދުރު 12:03
އަސްރު 15:07
މަޣްރިބް 18:04
އިޝާ 19:15

ރާއްޖެ - އިންޑިއާ

އިންޑިއާއިން ރާއްޖެއަށް ދިން ވިޔަފާރީގެ އިންޒާރު، ވަރަށް ހިތްދަތި!

  • އިންޑިއާ އިން ރާއްޖެއަށް އެތެރެކުރެވޭނެ އަދަދު ވަނީ ގާތްގަނޑަކަށް 100 ޕަސަންޓް ކުޑަކޮށްފައި
އާމިނަތު ނުޒުހާ | nuzu8121

| 23 ޖޫން 2018 | ހޮނިހިރު 16:08 | |

މަގުބޫލް

  1. ހިޔާ ފްލެޓަށް ކުރިމަތިލުމުގެ މުއްދަތު ހަމަނުވަނީސް ފްލެޓް ލިބުނުކަމުގެ ލިޔުން ދޫކުރަން ފަށައިފި!
  2. ބައެއް ފަހަރު އަމިއްލަ ނަފްސު ދެކެ ވެސް ރުޅިއާދޭ: ރައީސް ޔާމީން
  3. ކާނަލް ނާޒިމް ފްރޭމްކޮށްފައިވާ ކަމަށް ޝަހީމް ވިދާޅުވި: ޝެއިޚް އިލްޔާސް
  4. އިބޫއަށް ތާއިދުކޮށް ގިނަ ޓެކްސީ ޑްރައިވަރުތަކެއް ބްރިޖްމަތީގައި ޓެކްސީ ދުއްވައިފި
  5. މާފުށި ކައުންސިލްގެ ނައިބު ރައީސާ ނަޝީދާ އެމްޑީޕީއަށް ސޮއިކުރައްވައިފި
  6. މުވައްޒަފުން ހަޅުތާލު ކުރުމުން ބަންދުކޮށްފައިވާ ކޮޓަރީގައި ވޯޓު ނުލުމަށް ނިންމައިފި
  7. އިންތިޚާބަށް ވަގުތު ކުޑަތަންވެފައި ވަނިކޮށް ލައިވް އިވެންޓް މެދުކަނޑާލާ އުސޫލޫ އާއްމުކޮށްފި
  8. ރައްޔިތުންގެ ނިންމުން ތަންފީޒު ކުރަން ފުލުހުން ފަސްނުޖެހުމަށް އަރީފު އިލްތިމާސް ކުރައްވައިފި


ބާޒާރުމަތީގައި މީހަކު ލޮރީއަކުން ބިސް ކޭސްތަކެއް ބާލަނީ -- ފޮޓޯ : މުހައްމަދު ޝަރުހާން

އިންޑިއާއިން ރާއްޖެއަށް އާއްމުކޮށް އެތެރެކުރަމުން އަންނަ ގިނަ ބާވަތްތަކެއް އެތެރެ ކުރެވޭ އަދަދު 100 އިންސައްތައާ ހަމައަށް ކުއްލިގޮތަކަށް ދަށްކުރުމަކީ އާދައިގެ އިންޒާރެއް ނޫނެވެ.

އިންޑިއާއިން ރާއްޖެއަށް ދަތިކުރުމުގެ ފިޔަވަޅު އެޅީ ނޫންބާއޭ ގިނަ ބައެއްގެ ހިތުގައި މިހާރު ސުވާލު އުފެދޭނެއެވެ. ސަބަބަކީ 37 އަހަރު ވީ ވިޔަފާރީގެ ގާތް ގުޅުމަށް މިވަނީ ބުރޫ އަރާފައެވެ. އޭގެ ކުރިން ޕީޕީއެމްގެ ސަރުކާރު ވެރިކަމަށް އައީއްސުރެ އެކުވެރި އިންޑިއާއަށް ދިޔައީ ރުޅިމޫނު ދައްކައި، އިންޑިއާ އިން އެންމެ ނުރައްޓެހި އެއް ގައުމު ކަމަށްވާ ޗައިނާއާ ގުޅުން ބަދަހިކުރަމުންނެވެ. ފަހަކަށް އައިސް ޗައިނާ އިން އެތެރެކުރާ މުދަލުގެ ނިސްބަތް ވެސް ވަނީ އިތުރުވެފައެެވެ.

ރާއްޖެ އާއި އިންޑިއާގެ ގުޅުން އިންތިހާއަށް ގޯސްވެފައިވާ ދަނޑިވަޅެއްގައި، އިންޑިއާގެ "ދި ވަޔާ" ނޫހުން ބުނެފައިވާ ގޮތުގައި، ކާޑުގެ ބާވަތްތަކުގެ އިތުރުން، ފިޔާ، ބިސް އަދި އަލުވި ފަދަ އަސާސީ ބާވަތްތަކުން ކުރިއަށް އޮތް ދެ އަހަރަށް އިންޑިއާ އިން ރާއްޖެއަށް އެތެރެކުރެވޭނެ އަދަދު ވަނީ ގާތްގަނޑަކަށް 100 ޕަސަންޓް ކުޑަކޮށްފައެވެ.

އެހާ ބުޑުތަނުން ކޯޓާ ދަށްކުރުމުގައި، ދެ ގައުމުގެ ދެމެދު އޮންނަ ގުޅުން ހީނަރުވެފައިވާވުމާ އެއްވެސް ގުޅުމެއް ނެތް ކަމަށް، އިންޑިއާގެ ކަމާބެހޭ ފަރާތްތަކާ ހަވާލާދީ ބުނެފައިވެއެވެ. އޮފިޝަލުން ވިދާޅުވި ގޮތުގައި، ކޯޓާ ކަނޑައެޅުމުގައި ބަލަނީ އެ ބާވާތްތައް ރާއްޖޭގައި މިންވަރަށް ބެލުމަށް ފަހުގައި ކަމަށެވެ. އެކަމަކު ފާއިތު ދިގު މާޒީއަށް ބަލާއިރު ކާބޯތަކެތީގެ ބާވަތްތަކުގެ ތެރެއިން ހަކުރާއި، ފުށް، ބިސް، ފިޔާ އަދި އަލުވީގެ ބާވަތްތައް އެންމެ ގިނައިން ރާއްޖެ އެތެރެކުރާ އެއް ގައުމަކީ އިންޑިއާއެވެ. އިންޑިއާ އިން ޒަމާނުއްސުރެ އެތަކެތި ދޫކުރަމުންއައީ ރާއްޖެއިން ބޭނުންވެގެން އެދުނު މިންވަރަށެވެ. އެއްވެސް ލިމިޓްކުރުމެއް ނެތިއެވެ. އެހެން އެކަން އޮއްވައި މިތަކެތި އެތެރެކުރެވޭ ނިސްބަތް ގާތްގަނޑަކަށް 100 އިންސައްތައަށް ކުޑަކޮށްލުމަކީ ވިޔަފާރީގައި އެޅުވި ދައްޗެއް ނޫނީ ދެން ކޮން އެއްޗެއް ތޯއެވެ.

އިންޑިއާގެ މި ފިޔަވަޅު ދިވެހި ސަރުކާރަށް މާ ބޮޑުކަމަކަށް ނުވެ ހިނގައިދާނެއެވެ. ނަމަވެސް ކާބޯތަކެތީގެ އަގުތަށް އަރައިގެން ދިއުން ވަރަށް ގާތެވެ. އޭގެ ހުރިހާ ގެއްލުމަކާ ކުރިމަތިލާން ޖެހޭނީ އާއްމު ރައްޔިތުންނެވެ. އިންޑިއާ އިން މުދާ ނުދޭ ނަމަ މިހާރު އެންމެ ބޮޑު މިތުރު، ޗައިނާ އިން އެ ބާވަތްތައް ގެނެވިދާނެ ކަމަށް ސަރުކާރުން ބުނެފާނެއެވެ. ނަމަވެސް އަވަށްޓެރި ކައިރީގައި އޮތް ގައުމަކުން ކާބޯތަކެތި ގެންނަހާ ފަސޭހައިން މާދުރު ކަރައަކުން ތަކެތި ގެނެސްގެން އެ އަގުގައި ނުވިއްކޭނެކަން އެއީ ބުއްދި ހުރި ކޮންމެ މީހަކަށް ވެސް އެނގޭނެ ކަމެކެވެ. ކާބޯތަކެއްޗަކީ އަވަސް އަވަހަށް ގެންނަންޖެހޭ އެއްޗެހި ކަމުން ދުރު ގައުމަކުން އެތަކެތި އެތެރެކުރާ ނަމަ ލިބޭ ގެއްލުން ވެސް ބޮޑުވާނެއެވެ. މީގެ އާޚިރު ނަތީޖާއަކަށްވާނީ ރާއްޖޭގެ މާކެޓުގައި ތަކެތީގެ އަގު އުފުލިގެން ދިއުމެވެ.

2017 ވަނަ އަހަރުން 2018ށް އަދި 2019 ވަނަ އަހަރަށް މި ތަކެތި އެތެރެ ކުރުމަށް ހުއްދަ އޮތް މިންވަރު-މައުލޫމާތު: ދި ވަޔަރ

 

މި އަދަދުތަކަށް ބަލާއިރު، އެންމެ ބޮޑަށް ކުޑަކޮށްފައި ވަނީ ފުށުގެ ކޯޓާއެވެ. މިދިޔަ އަހާރާ މި އަހަރަށް 59,442.17 ޓަނުގެ ކޯޓާއެއް ކަނޑައަޅާފައިވާއިރު، ކުރިއަށް ދެ އަހަރަށް ދީފައިވަނީ އެންމެ 946.21 ޓަނެވެ. މިއީ 98.4 ޕަސަންޓުގެ ދަށްވުމެކެވެ. މީގެ އިތުރުން ހަކުރަށް 11,706.30 ޓަނުގެ ކޯޓާ އެއް ދީފައި އޮތުމަށްފަހު، އެ އަދަދު މިހާރު ވަނީ 97.1 ޕަސަންޓުން 338.47 ޓަނަށް ދަށްކޮފަ އެވެ. 

ފާއިތުވި ދެ އަހަރު 232,805,000 ބިސް އެތެރެކުރުމަށް ދީފައިވާ ކޯޓާ، މިހާރު ވަނީ 111,809,090 އަށް ދަށްވެފައެވެ. އެންމެ ކުޑަކޮށް ދަށްކޮށްފައި ވަނީ ފިޔާ އެތެރެކުރަން ދީފައިވާ ކޯޓާއެވެ.

ދެ ގައުމުގެ ދެމެދުގައި 1981 އިން ފެށިގެން ހެދިފައިވާ ވިޔަފާރީގެ އެއްބަސްވުމެއްގެ ދަށުން، އިންޑިއާ އިން ރާއްޖެއަށް އެތެރެކުރެވޭ ބައެއް އަސާސީ ބާވަތްތަކުގެ އަދަދު ކަނޑައަޅަނީ، އެ ބާވަތްތައް ފާއިތުވި އަހަރުތަކުގައި ރާއްޖޭގައި ބޭނުންކުރެވޭ މިންވަރަށް ބަލައިގެންނެވެ. އެހެނަސް ދެގައުމުގެ ދެމެދުގައި ހެދިފައިވާ ވިޔަފާރީގެ އެއްބަސްވުމުގައި ވަނީ ކޯޓާ ކަނޑައަޅާނީ އިންޑިއާ ސަރުކާރުން ކަމަށާއި ނަމަވެސް ތަކެތި އެތެރެ ކުރުމުގައި ކޯޓާ ކަނޑައެޅުމުގައި އިންޑިއާ އިން ބަލަމުން އައިސްފައި ވަނީ، މާކެޓުގައި ތަކެތި ހުރި މިންވަރާއި ރާއްޖެއިން އެތަކެތި ބޭނުންވާ މިންވަރަށް ބަލައިގެންނެވެ.

ކޮންމެއަކަސް ރާއްޖޭގެ ރައްޔިތުން ކާބޯތަކެތީގެ ގޮތުގައި ބޭނުން ކުރަމުން އައި އެންމެ އަސާސީ ބާވަތްތައް އެތެރެކުރެވޭ މިންވަރު މިހާ ވަރަށް ދައްކޮށްލުމުން އޭގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ފެންނާނެއެވެ. ތަކެތީގެ އަގު އަރައިގެން ދާނެކަމީ، ޝައްކެއް ވެސް އޮތް ކަމެއް ނޫނެވެ.

ރާއްޖެއަކީ، ވިޔަފާރި އާއި އެހެނިހެން މުހިއްމު ޚިދުމަތްތަކަށް ބޭރުގެ ގައުމުތަކަށް އިންތިހާއަށް ބަރޯސާވާ ގައުމަކަށް ވާއިރު، ރާއްޖޭގެ މާހައުލުގައި ހިނގާ ކަންކަމާއި ބޭރުގެ ގައުމުތަކުން ނުބެހި އޮންނަންޖެހޭނެ ކަމަށް ސަރުކާރުން ހީކުރުމަކީ ގޯހެކެވެ. ފަހަކަށް އައިސް ރާއްޖޭގެ ސިޔާސީ މަޝްރަހުގައި ހިނގައިދިޔަ ކަންކަން އިންޑިއާ އިން ދިޔައީ ގާތުން ބަލަމުން އަދި އެކަންކަން ރަނގަޅުކުރުމަށް ދިވެހި ސަރުކާރަށް ތަކުރާރުކޮށް ގޮވާލަމުންނެވެ. ހާއްސަކޮށް ސްޕްރީމް ކޯޓްގެ 1 ފެބުރުއަރީގެ އަމުރު ތަންފީޒު ނުކުރުމާއި، އެ އަމުރާ ގުޅިގެން ރާއްޖޭގައި ސްޓޭޓް އޮފް އެމެޖެންސީ ހިންގައި އުއްތަމަ ފަނޑިޔާރާއި އެ ކޯޓްގެ ފަނޑިޔާރު އަލީ ހަމީދު ސިފައިންނާއި ފުލުހުން ކޯޓް ތެރެއަށް ވަދެ ހައްޔަރު ކުރުމުގެ ކަންކަމަށް އިންޑިއާ އޮތީ އިންތިހާއަށް ނުރުހިފައެވެ. އިންޑިއާ އިން އޭރު ގޮވާލީ ސްޓޭޓް އޮފް އެމެޖެންސީ އުވާލައި ސުޕްރީމް ކޯޓްގެ އަމުރަށް ބޯލެނބުމަށެވެ.

އިންޑިއާ އިން ދެއްކި އެއްވެސް ވާހަކައެއް ރާއްޖެ އިން އަޑުނޭހުމުގެ ނަތީޖާ މިހިރަ ދަނީ ފެންނަމުންނެވެ. ޕީޕީއެމް ސަރުކާރުގެ ޕިޖީ ލީޑރު އިންޑިއާއަށް އެރިޔަ ނުދީ ފޮނުވާލިއެވެ. ދެން މިވަނީ ރާއްޖެއަށް އެންމެ ބޭނުންތެރި ކާބޯތަކެތި އެތެރެ ކުރެވޭ މިންވަރު 100 އިންސައްތައަށް ދަށްކޮށްލާފައެވެ. ދެން އަޅާނެ ފިޔަވަޅެއް ލަފާކޮށްލާކަށް ވެސް ނޭނގެއެވެ. 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: ޙުސައިން ޙަސަން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

އަބުދުއްލާ

3 މަސް ކުރިން

އިންޑިއާ ގެ އަމިއްލަ އަތަށް ބޮންގޮވާނީ ، އިންޝާ ﷲ

0
0
ގަލޮޅު މީހާ

3 މަސް ކުރިން

މީ މުސްލިމުން އުޅޭ ގައުމެއްގެ އަހަރެމެންނަށް ރިޒުގު ދެއްވަނީ ﷲ އިންޑިއާ އައް އަހަރެމެން ހާލުގައި ނުޖެސްސޭނެ

15
2
އައްޔަ

3 މަސް ކުރިން

ގަލޮޅު މީހާ އަށް ބުނެލަން އޮތީ އިސްލާމުން އުޅޭ ގައުމެކޭ ކިޔާފައި މަންނަ އާ ސަލްވާ އުޑުން ފައިބާނެ ކަމަށް ދުށުމަކީ ބޮޑު ކުފުރެއް. މުސްލިމް ގައުމަކަށް ގައުމު ވިއެއް ކަމަކު މިތަނުގެ ވެރިކަމަކީ އިސްލާމުން ވެރިކަން ކުރާ ފާޑަށް އޮތް ވެރިކަމަކަށް ނުވާތީ މިހުރިހާ މުސީބާތެއް މި ޖެހެނީ. މުސްލިމް ވެރިކަމެއްގެ އެންމެ ބޮޑު ސިފައަކީ ރައްޔިތުންގެ މުދަލާ ފައިސާއަށް އަމާނާތްތެރިވުން. އަދުލު އިންސާފުން ކަންކަން ކުރުން. ވެރިން ވައްކަން ނުކުރުން. މިކަންކަން އޮތް ގޮތް ގަލޮޅު މީހާއަށް ވިސްނުމުގެ ތައުފީގު ﷲ މިންވަރު ކުރައްވާށި!