12 ޑިސެންބަރު 2018 | ބުދަ | 03 މުލަ
05 ރަބީޢުލްއާޚިރު 1440
އިޝާ 19:15
މަޣްރިބް 17:58
އަސްރު 15:24
މެންދުރު 12:04
އިރުއަރާ 06:01
ފަތިސް 04:44

ރިޔާސީ އިންތިޚާބު 2018

ޖަޒީރާ ނޭވާލުން – ކިހާ ވަރަކުން ދާނެބާ؟

 • ޖަޒީރާ ޖަގަހައިގެ ނަމުން ނަންދިން ޖަގަހައެއްގެ ބޯޑު ވެސް ފުލުހުން ނެގި
 • ޖަޒީރާ ދުވުމުގެ ތެރެއިން ބައެއް މީހުން ހައްޔަރުކުރި
 • އިދިކޮޅު ފަރާތްތަކަށް ކެމްޕޭން ކުރެވޭނެ މާހައުލެއް ނެތް
މިއުވާން މުހައްމަދު | Miuvaan

| 23 ޖޫން 2018 | ހޮނިހިރު 15:55 | |

މަގުބޫލް

 1. އެމް.އެމް.ޕީ.އާރު.ސީގެ ފައިސާ ވަނީ 155 މީހެއްގެ އެކައުންޓަށް: އޭސީސީ
 2. އިމިގްރޭޝަނަށް އެފްއޭ ފަޔާޒް؟
 3. ދައުލަތުގެ ޚަޒާނާގައި ޑޮލަރު ނުހުންނާނެ: ގަވަނަރ
 4. ގާސިމް، މަސީހު ހިންގެވި މަގަށް، އެކަމަކު ސަރުކާރަށް ވަރިހަމަ!؟
 5. މާފަންނު ސަހަރާގައި ކޮނެފައި އޮތް ވަޅުގަނޑު ދައްކާލައިފި
 6. މިސްކިތްތަކުގައި ޤުރުއާން ކިޔަވައިދޭން ފެށުމުގެ ވައުުދު މަހެއް ނުވަނީސް ފުއްދައިދީފި
 7. ޗީފް އޮފް ޑިފެންސްފޯސްގެ މަގާމަށް ޝަމާލު
 8. ރައީސް ސޯލިހް އެމްޑީޕީގެ ޤައުމީ މަޖިލިސް މެމްބަރުންނާއި ބައްދަލު ކުރައްވައިފި


އެމްޑީޕީ އިން ބޭއްވި ޖަޒީރާ ދުވުމަށް ފުލުހުން ހުރަސް އަޅަނީ -- ފޮޓޯ : އަޝްވާ ފަހީމް

ޖަޒީރާ ކިޔާފައި މިރާއްޖޭގައި މިވަގުތު އެއްވެސް ކަމެއް ކުރުން މިވަނީ ބިރުވެރިކަމަކަށް ވެފައެވެ. ޖަޒީރާ ވޯލްޑްކަޕް ޖަގަހައެއް ހުޅުވުމުން، އެތަނަށް ފުލުހުން ގޮސް އެބޯޑު ނަގައިފިއެވެ. "ޖަޒީރާ ރަން" އޭ ބުނެ، ބަޔަކު މީހުން ދުވެލަން ނިކުތުމުން އެތަނުން އެތައް ބަޔަކު ހައްޔަރުކޮށްފިއެވެ. ޖަޒީރާއޭ ބުނާއިރަށް ސަރުކާރަށް މިވަނީ ކިހިނެއްތޯއެވެ؟

މިރާއްޖޭގައި މިހާރު މިހިނގަނީ ހުދުމުޚުތާރު ވެރިކަމެކެވެ. އިދިކޮޅު ސިޔާސީ ފިކުރަށް ޖާގަނުދެވޭ ނަމަ ވެރިކަމުގައި އޮންނަ ސަރުކާރު ވާނީ ހުދުމުޚުތާރު ވެރިކަމަކަށެވެ. މިއީ ވަކި ފަރާތަކަށް ޖެހުމެއް ނޫނެވެ. މިއީ ހަޤީގަތެވެ. އެވަރު ތަންދޮރު ނުދަންނަ މީހުން މިރާއްޖޭގައި އުޅެނީ ވަރަށް މަދުންނެވެ.

އިދިކޮޅު ފަރާތްތަކުން ނޭވާއެއް ލިޔަސް ސަރުކާރަށް އެކަން ހަޖަމެއް ނުވެއެވެ. ޚާއްސަކޮށް އެމްޑީޕީ އިން ހިންގާ ކޮންމެ ސިޔާސީ ހަރަކާތެއްގެ ފަހަތުން ފުލުހުން ފޮނުވައިގެން އެކަން ހުއްޓުވަން ސަރުކާރު އޮންނަނީ ފޫގަޅާލާފައެވެ. އެޕާޓީއަށް ދޭންވާ ފައިސާކޮޅު ދޭންވީމަ އިލެކްޝަންސް ކޮމިޝަންގައި ތިއްބެވި މެމްބަރުނަށް ހިސާބު އަދަދުން ގުނަން އެނގުނު ކަމަކަށް ނުވިއެވެ. ކަލަންޑަރު ކިޔަން އެނގުނު ކަމަކަށް ނުވިއެވެ. މީހުން ޖޯކު ޖަހަނީ މިހެންވެއެވެ. ތިން މަސްތެރޭ ދޭން ޖެހޭ ފައިސާ ނުދޭންވެގެން އެދެއްކި ބަހަނާތައް އަޑު އެހި މީހަކު ހީހީ ހަލާކުވާނެވެ. އެހެންނަމަވެސް ކޮމިޝަންގެ މެމްބަރުން އަންގައިގެން ސިޔާސީ ޕާޓީތަކަށް ދޭން ޖެހޭ ފައިސާ ނުދީ ހިފެހެއްޓި ބައެއްގެ މައުލޫމާތު އެޕާޓީތަކުން ހޯދައި، އަޅަން ޖެހޭ ފިޔަވަޅުތައް އެފިޔަވަޅުތައް އެޅެން އޮތް ދުވަހަކުން އަޅާނެ ކަމަށް އެޕާޓީތަކުން އެދަނީ ބުނަމުންނެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުހައްމަދު ނަޝީދުގެ ރިޔާސީ ކެމްޕޭން ހަރަކާތެއްގެ ގޮތުގައި ދުވުމުގެ ހަރަކާތެއް ބޭއްވުމަށް އެޕާޓީ އިން ނިންމުމުން ސަރުކާރުން އެ 'ޖެއްސިހާ ވައްތަރު' ފެނިފައި ވެސް ބަޔަކު ހިނނި އަންނާނެއެވެ. ދުވުމުގެ ހަރަކާތް ބޭއްވުމަށް ނިންމި އާއްމުން އަބަދުވެސް ދުވެ ހަދާ އެކުވެނި ޓްރެކްގައި ހަމަ ސީދާ އެގަޑިއަށް ޔޫތު މިނިސްޓްރީގެ މަސައްކަތްތަކެއް ކުރަން ޖެހިއްޖެއެވެ. ކުރި ކަމެއް ފެނުނު މީހަކު މިބިންމަތީގައި ލޮލުގެ ފެނުން ލިބިގެންވާ މީހުންގެ ތެރޭގައި ހުރިކަމެއް އެނގިފައެއް ނެތެވެ.

އެދުވުމަށް ދިޔަ މީހުން ވެސް ހައްޔަރުކޮށް ފުލުހުން ނެރެގެން ސަރުކާރުން އެޖެހި ސަކަރާތް ފެނިފައި ސަރުކާރާ މެދު ހަމްދަރުދީވާހާ ވެއެވެ. ބަޔަކު ދުވެލުމުން ވެސް ސަރުކާރަށް ގުޑުން އަންނަނީތޯއެވެ؟

ދުވުން ހުއްޓުވައި، އެމްޑީޕީގެ އިސް ބައެއް ފަރާތްތައް ހައްޔަރުކުރުމުން، "މާވަރު ދައްކާލާފައި ދުވަން ނިކުތް މީހުންނަށް ވީ ގޮތް ބަލާށޭ" ބުނެ ބަޔަކު މީހުން ޓްވީޓްކުރިތަން ވެސް ފެނުނެވެ. އަޖައިބެއް ނުވާނެ ހެއްޔެވެ؟ ދުނިޔޭގެ އާޖުފާޖު ނޭނގުނަސް ދެން އެބޮޑުވަރެވެ. ބަޑި އާއި ބިޑި ހުރި ބަޔަކު ނިކުމެ، ހަތިޔާރެއް ނެތް، ހައްޤުތައް ހޯދަން ނިކުތް ބަޔަކަށް އަނިޔާކުރީމާ އެކަމަށް ކުރަންވީ ޖެއްސުންތޯއެވެ؟ އެހެންކަމަށްވާ ނަމަ ޔަހޫދީ ސިފައިންނާއި ކުރިމަތިލާ ފަލަސްތީނުގެ އާއްމުންނާއި ދިމާއަށް ވެސް "މާވަރު ދައްކާލާފައި ދުވަން ނިކުތް މީހުންނަށް ވީ ގޮތް ބަލާށޭ" ބުނަންވީ ނޫންތޯއެވެ؟ ގައިމު ފަލަސްތީނު ރައްޔިތުން ވެސް އެނިކުންނަނީ ނިކުންނަން ޖެހޭ ކަމެއްގައި ނޫން ކަމަށް ބުނާ ބަޔަކު ވެސް ތިބެއެވެ. އެމީހުންގެ ވާހަކަތަކަށް ތާޢީދުކުރަންވީ ނޫންތޯއެވެ؟

އެއަށް ވުރެ ހެއްވާ ކަމަކީ އެމްޑީޕީގެ ޖަޒީރާ ރަން ހުއްޓުވި އިރު ހަމައެގަޑީގައި ރައީސް އަބްދުﷲ ޔާމީނަށް ތާއީދު ހޯދުމަށް ވަޒީރު ބޭފުޅުންނާއި ބައެއް ކުންފުނިތަކުގެ މުވައްޒަފުން ނެރެގެން ހޭބޯނާރައި މާލޭގެ މަގުތަކުގައި ގްރޫޕް ގްރޫޕަށް ހަރަކާތްތެރިވަމުން ގެންދިޔައެވެ. ނަމަވެސް އެއިން ގްރޫޕަކާ ސުވާލެއް ކޮށްލާނެ ފުލުހަކު ނުވިއެވެ. 

މިރާއްޖޭގައި މިހާރު 'ޖަޒިރާ' ކިޔާފައި ކަމެއް ކުރުން މިވަނީ ބިރުވެރި ކަމަކަށް ވެފައެވެ. ރައީސް ޔާމީނުގެ ސަރުކާރަށް އެކަން ހަޖަމެއް ނުވާނެއެވެ. 'ޖަޒީރާ ނޭވާލުން' ކިޔާފައި އެންމެން އެއްގަޑިއަކަށް ނިކުމެ ނޭވާލާން ފަށައިފި ނަމަ ފުލުހުން ނިކުންނާނީ އެންމެންގެ ނޭފަތާއި އަނގަ ބަންދުކޮށް، ނޭވާ ހާސްކޮށްލަން ނޫންބާވައޭ މިހާރު ހިތަށް އަރައެވެ. މިކަހަލަ ސުވާލުތައް ކުރާ ހިސާބަށް މި ޤައުމުގެ ކަންކަން ގޮސްފިއެވެ. މިކަން ވެސް ކުރީމާ ނޫނީ މިސަރުކާރުން ކަންތައްކުރާނެ ގޮތް ބުނާކަށް ނޭނގޭނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ޒުވާނުން

6 މަސް ކުރިން

އިންޑިއާ އިން އަމާންދީ

0
0
ހ މ ޒ

6 މަސް ކުރިން

ޖަޒީރާ ރރަން ނަމުގައި އިއްޔެ އެމްޑީޕީން މާލޭގައި ބާއްވަން ހުޅުނު ދުވުން އެކަމާ ގުޅޭ ގޮތުން ޔޫތު މިނިސްޓްރީން ރޭ ނެރުނު މީޑިއާ ސްޓޭޓްމަންޓްއެއްގައި އެ މިނިސްޓްރީން ބުނީ އެއްވެސް ފަރާތަކުން އެކުވެނި ސަރަހައްދުގައި ދުވުމެއް ބާއްވަން އުޅޭކަން އަންގާފައި ނުވާ ކަަމަށާއި އަދި އެއްވެސް ޕާޓީއެއްގެ ކެމްޕެއިން އަށް ހުރަސް އަޅާފައިނުވާ ކަމަށެވެ؟ އަދި ދުވާ ޓްރެކަކީ އެ މިނިސްޓްރީގެ ބެލުމުގެ ދަށުގައިވާ ތަނަކަށްވާ އިރު ހުރިހާ އެންމެންނަށް ވެސް އޮންނަ ގަވައިދުގެ ތެރެއިން އެތަން ބޭނުން ކުރުމުގެ ފުރުޞާތު އޮންނާނެ ކަމަށެވެ؟އިއްޔެ ބާއްވަން އުޅުނު ދުވުމުގައި ވެސ ބައިވެރިވި މީހުންގެ އަދަދު މަދުއިރު ފަހަކަށް އައިސް އެ ޕާޓީން ބާއްވަމުން އަންނަ ސިޔާސީ ހަރަކާތްތަކަށް ލިބޭ ތަރުހީބު ދައްކަމުން އެ ޕާޓީގެ އިސްވެރިންގެ މެދުގައި ހިތްހަމަ ނުޖެހުން އުފެދިފައިވާ ކަމަށް ވަނީ އަޑުފެތުރިފަ އެވެ؟

0
0
ހ މ ޒ

6 މަސް ކުރިން

"އިންތިޚާބުގެ އެއްވެސް ކަމެއްގައި ސްމޫތް ފަންގްޝަނިންއަށް، އޮމާންކަމާ އެކީގައި އިންތިޚާބުގެ ކަންކަން ކުރިއަށް ގެންދިއުމަށް ހުރަސްއެޅޭ އެއްވެސް ކަމެއް އަޅުގަނޑުމެން މިފަހަރު ޓޯލެރޭޓެއް ނުކުރެވޭނެ. ފުލުހުންނާ ގުޅިގެން ވަގުތުން ވަގުތަށް އެކަމަށް ފިޔަވަޅު އަޅައި އިންތިޚާބަށް ހުރަސްއަޅާ ފަރާތަކާ މެދު ޤާނޫނީ ފިޔަވަޅު އަޅަމުން ގެންދާން"

1
1
ހ މ ޒ

6 މަސް ކުރިން

މިއަހަރުގެ ސެޕްޓެމްބަރ މަހުގެ 23 ވާ އާދީއްތަ ދުވަހު ދިވެހިރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބާ ގުޅޭ އެއްވެސް ކަމެއްގައި ސުލްހަމަސްލަސްކަމާއި އަމާންކަން ނަގާލަން ފުރުޞަތު ނުދެއްވާނެ ކަމަށާއި އެފަދަ އަމަލުތައް ހިންގާ ފަރާތްތަކަށް ވަގުތުން ފިޔަވަޅު އަޅާނެކަމަށް އިލެކްޝަން ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

1
1
މިއާ ޚަލީފާ

6 މަސް ކުރިން

އިންތިހާބު އޮވޭތަ؟