| 17 ޖެނުއަރީ 2017 | އަންގާރަ 04:44 | |
![]() |
ދިރްހަމް ޓްރޭޑިންގް: ފެންވަރު ރަނގަޅު ސަމާނު ކަސްޓަމަރުންނާ ...
1 އަހަރު ކުރި |
![]() |
އޯލް އެޗް: ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ...
1 އަހަރު ކުރި |
![]() |
ޗާންދަލިޔާގެ އަމާޒަކީ ފެންވަރު ރަނގަޅު ކޮލެޓީ ޕްރޮޑަކްޓްތައް ...
1 އަހަރު ކުރި |
![]() |
އެމް7: ހިދުމަތުގައި 25 އަހަރު!
1 އަހަރު ކުރި |
![]() |
ކާނާ ރައްކާކުރުމަށް ދަ ގެސްޓުން ސިސްޓެމާ ބްރޭންޑްގެ ...
2 އަހަރު ކުރިން |
ރައީސް ޔާމީން އިންތިޚާބުތައް ކާމިޔާބު ކުރުމަށް ސަރުކާރުގެ ބޮޑެތި ކުންފުނިތައް ބޭނުންކޮށްގެން ކޮރަޕްޝަން ހިންގާކަމުގެ ތުހުމަތު އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަބްދުއް ސައްތާރު ކުރައްވައިފިއެވެ.
ހޯމަ ދުވަހުގެރޭ ރާއްޖެ ޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އަނަސް ވިދާޅުވީ ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންނެވިފަހުން އިންތިޚާބުތައް ކާމިޔާބު ކުރުމަށް ބޭނުން ކުރައްވަނީ ހަމަ އެންމެ އުކުޅެއް ކަމަށާއި އެއީ ސަރުކާރުގެ ބޮޑެތި ކުންފުނިތައް ބޭނުންކޮށްގެން ކޮރަޕްޝަން ހިންގުން ކަމަށެވެ.
އެމްޕީއެލްއާއި ފެނަކަ އަދި ސްޓެލްކޯ ފަދަ ތަންތަނުން ޑޮލަރު ގަތުމަށް އަމިއްލަ ކުންފުނިތަކާ ހަވާލުކުރާ ކުރުމަށް އިޝާރާތް ކުރައްވާ އަނަސް ވިދާޅުވީ އެއީ އިންތިޚާބު ކާމިޔާބު ކުރުމަށް ޖައްސަވާ އުކުޅެއް ކަމަށާއި އެއީ ޤަނޫނީ ގޮތުންވެސް ކުރެވިދާނެ ކަމެއްތޯ ސުވާލު އުފެދޭ ކަމަށެވެ.
"މައިގަނޑު ގޮތެއްގައި ރައީސް ޔާމީން ބޭނުން ކުރައްވަނީ އެއް އުކުޅެއް. އެއީ ދައުލަތުގެ ބޮޑެތި ކުންފުނިތަކުން ޑޮލަރު ގަތުމުގެ ނަމުގައި ކޮރަޕްޝަންގެ މުއާމަލާތްތައް ހިންގައިގެން ވޯޓު ގަތުން" އަނަސް
އަނަސް ވިދާޅުވީ މިފަހަރުވެސް ސަރުކާރުގެ މިސްރާބު ހުރީ ރައްޔިތުންގެ އަތުން ވޯޓު ގަތުމަށް ކަމަށާއި ނަމަވެސް ދިވެހި ރައްޔިތުން މިއަދު އެކަމަށް ހޭލުންތެރިވާން ޖެހޭ ކަމަށެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
މި ލިޔުން ކިޔާލުމުން
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
ކޮމެންޓް