23 ސެޕްޓެންބަރ 2018 | އާދީއްތަ | 03 އަތަ
13 މުޙައްރަމް 1439
އިޝާ 19:15
މަޣްރިބް 18:04
އަސްރު 15:07
މެންދުރު 12:03
އިރުއަރާ 05:54
ފަތިސް 04:43

ދިވެހި ފިލްމް

ޑާކްރެއިން އިން ނޮވެމްބަރުގެ މަސައްކަތް ފަށައިފި

  • ފިލްމްގެ ސްކްރީން ޕްލޭ ދަނީ ލިޔަމުން
  • ކާސްޓުން އަދި ފައިނަލެއް ނުކުރޭ
އަޒްލިފާ އަބްދުﷲ | AzuAzlifa

| 23 ޖޫން 2018 | ހޮނިހިރު 14:44 | |

މަގުބޫލް

  1. ހިޔާ ފްލެޓަށް ކުރިމަތިލުމުގެ މުއްދަތު ހަމަނުވަނީސް ފްލެޓް ލިބުނުކަމުގެ ލިޔުން ދޫކުރަން ފަށައިފި!
  2. ބައެއް ފަހަރު އަމިއްލަ ނަފްސު ދެކެ ވެސް ރުޅިއާދޭ: ރައީސް ޔާމީން
  3. ކާނަލް ނާޒިމް ފްރޭމްކޮށްފައިވާ ކަމަށް ޝަހީމް ވިދާޅުވި: ޝެއިޚް އިލްޔާސް
  4. އިބޫއަށް ތާއިދުކޮށް ގިނަ ޓެކްސީ ޑްރައިވަރުތަކެއް ބްރިޖްމަތީގައި ޓެކްސީ ދުއްވައިފި
  5. މާފުށި ކައުންސިލްގެ ނައިބު ރައީސާ ނަޝީދާ އެމްޑީޕީއަށް ސޮއިކުރައްވައިފި
  6. ހަޔާތުގައި އިލްޔާސް އިބޫއާ ބައްދަލުވި ފުރަތަމަ ފަހަރު: އިބޫ އިހްތިޔާރު ކުރެވުނީ ހިކުމަތަކަށް!
  7. ވަގުތެޔޮ ސްޕެޝަލް ގެ މައްސަލަ ފުލުހަށް ހުށައެޅީ އިލެކްޝަންސް އިން!
  8. ރައްޔިތުންގެ ނިންމުން ތަންފީޒު ކުރަން ފުލުހުން ފަސްނުޖެހުމަށް އަރީފު އިލްތިމާސް ކުރައްވައިފި


ނޮވެމްބަރގެ ޕޯސްޓަރު -- ފޭސްބުކް

ޑާކްރެއިން އެންޓަޓެއިންމަންޓުން "ނޮވެމްބަރު" ގެ ނަމުގައި އައު ފިލްމެއް ހަދަން ނިންމައިފިއެވެ.

ރާއްޖެ އެމްވީއަށް މައުލޫމާތު ދެމުން ފިލްމް ގެ ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) ބުނީ މި ފިލްމްގެ ޝޫޓިން ފެށުމަށް ހަމަޖެހިފައި ވަނީ އެ ސްޓޫޑިއޯ އިން ޝޫޓިން ފަށާފައިވާ ކޮމެޑީ ފިލްމް "މާމުއި" ގެ މަސައްކަތް ނިންމުމަށް ފަހު ކަމަށެވެ.

ލޯބީގެ ވާހަކައެއްގެ މައްޗަށް ތައްޔާރު ކުރާ މި ފިލްމްގެ ސްކްރީންޕްލޭ ލިޔަމުން ދަނީ 8 ވަނަ ދިވެހި ފިލްމް އެވޯޑްސްގައި ފިލްމް "ހުޅުދާން" އިން އެންމެ މޮޅު ސްކްރީންޕްލޭގެ އެވޯޑް ހާސިލް ކޮށްފައިވާ އަދި މޮގާގެ އަންހެނުން އައިޝަތު ފުއާދު ތައުފީގާއި މަރިޔަމް ނަދްރަތުއެވެ.

މި ފިލްމްގެ މަންޒަރުތައް ނެގުމަށް ހަމަޖެހިފައި ވަނީ މާލޭ އާއި ސިންގަޕޫރުގައި ކަމަށް "ވަކިން ލޯބިން" ގެ ވެސް ޑައިރެކްޓަރ މޮގާ ބުންޏެވެ.

އޮރިޖިނަލް ސްކްރީންޕްލޭއަކަށް ހަދާ މި ފިލްމުގެ ކާސްޓުން އަދި ފައިނަލެއް ނުކުރެއެވެ.

އަލީ ޝިފާއު ޑައިރެކްޓްކުރާ މިފިލްމް ރިލީޒް ކުރުމަށް ތާވަލްކޮށްފައި ވަނީ އަންނަ އަހުގެ އެޕްރީލް މަހުގެ 5 ވަނަ ދުވަހުއެވެ.

"ނޮވެމްބަރު"  މިފިލްމް ވެގެން ދާނީ ސިންގަޕޫރްގައި ޝޫޓްކުރާ ދެވަނަ ދިވެހި ފިލްމަށެވެ. އަދި މި ފިލްމް ވެގެން ދާނީ ޑާކް ރެއިން އެންޓަޓެއިންމަންޓްގެ ފިލްމެއް ރާއްޖޭން ބޭރުގައި ޝޫޓްކުރާ ފުރަތަމަ ފިލްމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް