20 ނޮވެންބަރު 2018 | އަންގާރަ | 07 ނޮރަ
12 ރަބީޢުލްއައްވަލް 1440
ފަތިސް 04:37
އިރުއަރާ 05:52
މެންދުރު 11:56
އަސްރު 15:15
މަޣްރިބް 17:51
އިޝާ 19:06

ބޮލީވުޑް

ޖައްގާ ޖާސޫސް އަށް ޓެކްނިކަލް ތިން އެވޯޑެއް ލިބިއްޖެ

  • މިއަހުގެ "އައިފާ އެވޯޑްސް" ކުރިއަށް ދާނީ މިމަހުގެ 22 އިން 24 އަށް
އަޒްލިފާ އަބްދުﷲ | AzuAzlifa

| 23 ޖޫން 2018 | ހޮނިހިރު 13:14 | |

މަގުބޫލް

  1. ރާއްޖެޓީވީގެ ބޭނުމަކީ ހިޔާލުތަފާތު ކުރުމާއި ނަފްރަތު އުފެއްދުން: ރައީސް ނަޝީދު
  2. ފުރަތަމަ ދުވަހު ފުއްދަވާނެކަމަށް ރާއްޖެ ޓީވީގައި ވެވަޑައިގެންނެވި ވައުދުތައް ރައީސް ސޯލިޙް ފުއްދަވައިފި
  3. ހަތިޔާރު އެޅި ފައުޖާ ނުލައި، ރައީސް ސޯލިހު އާންމުންގެ ތެރެއަށް
  4. ނުހައްގުން ފްލެޓް ބެހި މީހުންނަށް ފިޔަވަޅު އަޅައި ހަމަހަމަކަމާއެކު ފްލެޓް ދޫކުރަނީ!
  5. ފުރަތަމަ 100 ދުވަހުގެ ތެރޭގައި މިސްކިތްތައް އޭސީ ކުރަނީ
  6. ޓެކްސީ ބޯޑުގެ ފީ ކަނޑާލައި، މާލޭގައި ބަސްދަތުރު ފަށަނީ
  7. ވަޒީރެއްގެ ހައިސިއްޔަތުން މަހްލޫފުގެ ފުރަތަމަ ބައްދަލުވުން މިނިސްޓަރީގެ މަސައްކަތުގެ މީހުންނާއެކު!
  8. ފުރަތަމަ 100 ދުވަހުގެ ތެރޭގައި މިސްކިތްތަކުގައި ގުރުއާން ކިޔަވައިދޭން ފެށޭނެ


ޖައްގާ ޖާސޫސްގެ ދެތަރިން -- ގޫގުލް

ބެންކޮކްގެ ސިއަމް ނިރަމިތް ތިއޭޓާގައި މިހާރު ފެށިގެން ކުރިއަށް ދާ 19 ވަނަ އިންޓަނޭޝަންލް އިންޑިއަން ފިލްމް އެކަޑަމީ (އައިފާ) އެވޯޑްސް ގައި ރަންބީރު ކަޕޫރާއި ކެޓްރީނާ ކައިފް ލީޑް ރޯލުން ފެނިގެންދާ "ޖައްގާ ޖާސޫސް" އަށް ޓެކްނިކަލް ތިން އެވޯޑެއް ލިބިއްޖެއެވެ.

 

އަނޫރާގް ބާސޫ ޑައިރެކްޓް ކޮށްފައިވާ މި ފިލްމަށް ވަނީ ބެކް ގަރްއިންޑް ސްކޯރ ( ޕްރިތަމް ޗަކްރަބޯތީ)، ބެސްޓް ކޮރިއޯގްރާފީ ( ވިޖޭ ރަންގޫލީ އަދި ރުއެލް ދައުސަން ވަރިންދަނީ) ގެ އިތުރުން ސްޕެޝަލް އިފެކްޓްސް ލިބިފައިވަނީ އެން ވައި ވީއެފްއެކްސްވާލާ އަށެވެ.

 

ޖައްގާ ޖާސޫސްގެ އިތުރުން ޓެކްނިކަލް ކެޓަގަރީން އެވޯޑް ލިބިފައިވަނީ ނިތޭޝް ތިވާރީ އަދި ޝްރެއަސް ޖެއިނަސް އަށެވެ. މި ދެމީހުންނަށް ލިބިފައިވަނީ " ބަރޭލީކީ ބަރްފީ" އިން ބެސްޓް ސްކރީން ޕްލޭ އެވޯޑެވެ.

"ޝުބް މަންގަލް ސާވްދާން" އިން ބެސްޓް ޑާއިލޮގް އެވޯޑް ލިބިފައިވަނީ ހިތޭޝް ކޭވަލްޔާ އަށެވެ.

 

ބެސްޓް އެޑިޓިން އެވޯޑް ލިބިފައިވަނީ "ނިއުޓޮން" އިން ވެންކަތް މެތިވް އަށެވެ.

 

ބެސްޓް ޕްލޭ ބެކް ސިންގަރ ފިރިހެން އެވޯޑް ލިބިފައިވަނީ  އަރްޖިތް ސިންގް އަށް " ޖަބް ހެރީ މެޓް ސީޖަލް" ގެ "ހަވާޔެއިން" މި ލަވަ އަށެވެ. އަންހެން ބެސްޓް ޕްލޭ ބެކް ސިންގާރ އެވޯޑް ލިބިފައިވަނީ "ސީކްރެޓް ސުޕް ސްޓާ" ގެ "މެއިން ކޯން ހޫން" އަށެވެ.

 

ހުކުރު ދުވަހުގެ ރޭ ކުރިއަށް ދިޔަ އައިފާ ރޮކްސް ހުށަހަޅައިދީފައިވަނީ ކާރތިކް އާރަޔަން އާއި އަޔުޝްމަން ކުރާނާ އެވެ.

 

ރޭގެ މި ފޯރިގަދަ މި ހަފްލާގައި ޕްރިތަމް ޗަކްރަބޯތީ، ނުޝްރަތު ބަރޫޗާގެ އިތުރުން މޯނީ ޜޯއީ ވަނީ ޕާރފޯމް ކޮށްފައެވެ.

 

ހުކުރު ދުވަހު ހަވީރު ބޭއްވި ޚާއްސަ ގްރީން ކާޕެޓް އިވެންޓުން ވަނީ މަޝޫހޫރު ތަރިންގެ ތެރޭގައި ހިމެނޭ ރޭކާ،ކަރަން ޖޯހަރު، ވަރުން ދަވަން،ޝްރައްދާ ކަޕޫރު، އަރުޖުން ކަޕޫރު، ބޮބޯޑިއޯލް، ރިތޭޝް ދޭޝްމުކް، ދިއާ މިރްޒާ، ކޮންކޮނާ ސެން ޝަރްމާ އަދި ރާހުލް ބޯސް ފެނިގެން ގޮސްފައެވެ،

 

މިއަހުގެ "އައިފާ އެވޯޑްސް" ކުރިއަށް ދާނީ މިމަހުގެ 22 އިން 24 އަށެވެ.

 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް