26 ސެޕްޓެންބަރ 2018 | ބުދަ | 06 އަތަ
16 މުޙައްރަމް 1439
ފަތިސް 04:42
އިރުއަރާ 05:53
މެންދުރު 12:02
އަސްރު 15:07
މަޣްރިބް 18:02
އިޝާ 19:13

ޝުމްބާގެ ޝަރީއަތް

ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި

  • ޝުމްބާ ހައްޔަރުކޮށްފައިވަނީ 2015 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ލަންކާ އިން
  • ޝުމްބާގެ މައްޗަށް ދައުލަތުންކޮށްފައިވާ ބިރުދެއްކުމުގެ ދައުވާގެ ޝަރީއަތުގެ އަޑު އެހުމެއް އެންމެފަހުން ބާއްވާފައިވަނީ، މިދިޔަ އަހަރުގެ މާޗް މަހުގެ ތެރޭގައި
އަބުދުﷲ ނަސީރު އިބްރާހިމް | DeNaseer

| 17 ޖެނުއަރީ 2017 | އަންގާރަ 04:01 | |

މަގުބޫލް

  1. ރައީސް ޔާމީން އިންތިޚާބުން ފެއިލްވީ ލީޑަރޝިޕުގެ އަމިއްލަ އެދުމާހުރެ: ޑޭވް
  2. އިންތިހާބުގެ ފަހުން ހަދާ އެއްބަސްވުންތަކާ ދެމުންދާ ވަޒީފާތަކަށް ޒިންމާއެއް ނުވާނަން: ހަސަން
  3. ޖަލުގައި ބަންދުގައި ތިބި ފަރާތްތައް ދޫކޮށްލެއްވުމުގެ މަސައްކަތް އިންތިޚާބީ ރައީސް ފައްޓަވައިފި
  4. އިންތިހާބު އޮތް ދުވަހު ދިވެހިން ދެއްކި ރީތި ނަމޫނާ އިން ބޭރުގެ އޮބްޒަރވަރުން ހައިރާންކުރުވައިފި
  5. މަހްލޫފު މިނިވަންވެ، ދަރިފުޅު ބަލާ މިރޭ ފުވައްމުލަކަށް
  6. ޖެނެރަލް ޝިޔާމްގެ ސާބަސް ސިފައިންނަށް!
  7. ފަހު ވަގުތާ ޖެހެންދެން ވެސް ހީކޮށްގެން ތިބީ އިންތިހާބު ކާމިޔާބު ވާނެ ކަމަށް: އަބްދުއްރަހީމް
  8. ކުންފުނިތަކުން ނުހައްގުން ވަކިކުރި މުވައްޒަފުން ކިބައިން އެތަންތަނުގެ ވެރިން މާފަށް އެދެންޖެހޭ: ޝެއިހް ޒައިދު


އަހުމަދު އަޝްރަފު ކުރީގެ ނައިބް ރައީސް އަހުމަދު އަދީބާއެކު -- ޓްވިޓަރ

ސޯޝަލް މީޑިއާ އެކްޓިވިސްޓް އަހްމަދު އަޝްރަފް (ޝުމްބާ ގޮންގު)ގެ މައްޗަށް ކޮށްފައިވާ ބިރުދެއްކުމުގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް ނުބާއްވާތާ 11 މަސް ދުވަސްވެއްޖެ އެވެ.

ކުރީގެ ނައިބް ރައީސް އަހުމަދު އަދީބާއި ގާތް ގުޅުމެއް އޮތް ޝުމްބާ ހައްޔަރުކޮށްފައިވަނީ 2015 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ލަންކާ އިންނެވެ. އޭގެފަހުން އޭނާ ހުންނީ ޖަލު ބަންދުގަ އެވެ. ނަމަވެސް ޝުމްބާގެ މައްޗަށް އެއްވެސް ކުށެއް ސާބިތުވެފައެއް ނުވެއެވެ.

ޝަރީއަތް ނިމެންދެން ޖަލު ބަންދުގައި ބަހައްޓާފައިހުރި، ޝުމްބާގެ މައްޗަށް ދައުލަތުން ކޮށްފައިވާ ބިރު ދެއްކުމުގެ ދައުވާގެ ޝަރީއަތުގެ އަޑު އެހުމެއް އެންމެފަހުން ބާއްވާފައިވަނީ، މިދިޔަ އަހަރުގެ މާޗް މަހުގެ ތެރޭގަ އެވެ. އޭގެފަހުން އަޑުއެހުމެއް ބޭއްވުމަށް ތާވަލްކުރިނަމަވެސް، އެ އަޑުއެހުން ފަހުން ވަނީ ކެންސަލްކޮށްފަ އެވެ.

ޝުމްބާގެ މައްޗަށް ބިރުދެއްކުމުގެ ދައުވާކުރަނީ، ޕީޕީއެމްގެ ކުރީގެ ކައުންސިލް މެމްބަރު އަދި ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަނަށް ތާއީދުކުރައްވާ ޒާހިދު ޒަމީރަށް އެކި ފަހަރު މަތިން ފޯނުންނާއި ސޯޝަލް މީޑިއާ މެދުވެރިކޮށް މަރުގެ އިންޒާރު ދިން މައްސަލައެއްގަ އެވެ.

ކުށެއް ސާބިތު ނުވެ، ޝުމްބާ ޖަލު ބަންދުގައި ހުންނާތީވެ ގިނަ ބަޔަކު އަދުލު އިންސާފުގެ ނިޒާމަށް ފާޑުކިޔަމުން އަންނައިރު، އޭނާއާ ދޭތެރޭ ބޭއިންސާފުން އަމަލުކުރަމުން ދާތީވެ އެ މައްސަލަ އާއިލާގެ ފަރާތުން ވަނީ އެޗްއާރުސީއެމްގެ ސަމާލުކަމަށްވެސް ގެނެސްފަ އެވެ. ނަމަވެސް މިހާތަނަށްވެސް އަހުމަދު އަޝްރަފު އިންސާނީ ހައްޤުތައް ގެއްލިފައިވާކަމަށް ކަނޑައަޅާ އެނާ މިނިވަންކުރުމަށް އެޗްއާރުސީއެމްއިން ގޮވާލާފައެއް ނުވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2041 އަހަރު ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް