15 ނޮވެންބަރު 2018 | ބުރާސްފަތި | 02 ނޮރަ
07 ރަބީޢުލްއައްވަލް 1440
އިޝާ 19:05
މަޣްރިބް 17:50
އަސްރު 15:14
މެންދުރު 11:55
އިރުއަރާ 05:51
ފަތިސް 04:36

ބޮލީވުޑް

މިއަހަރުގެ އައިފާ އެވޯޑްސް ބެންކޮކްގައި

  • ގްރީން ކާޕެޓުން ގިނަ އަދަދެއްގެ ފަންނާނުން ވަނީ ފެނިގެން ގޮސްފަ
އަޒްލިފާ އަބްދުﷲ | AzuAzlifa

| 23 ޖޫން 2018 | ހޮނިހިރު 11:53 | |

މަގުބޫލް

  1. އިންތިހާބީ ނައިބު ރައީސަށް އަނިޔާވެ، އެޑްމިޓްކޮށްގެން ފަރުވާ ދީފި
  2. ނަޝީދު މިނިވަންކުރުމާ ދެކޮޅު ހެއްދެވީ ޕީޕީއެމްގެ ނުވަ މެމްބަރުން
  3. ރައީސްގެ ރަސްމީ ގެކޮޅަށް ދައުލަތުން ދުވާލަކު ލައްކައަކަށް ވުރެ ގިނަ ރުފިޔާ!
  4. ރައީސް ނަޝީދު އައިޑީކާޑް ހެއްދެވުމަށް އުކުޅަހު ކައުންސިލަށް ހުށަހަޅުއްވައިފި
  5. އާ ސަރުކާރުގެ މިނިސްޓްރީތައް މިއަދު އިއުލާންކުރަނީ
  6. ދަރިވަރުންނަށް ހިލޭ ނާސްތާ، ޑިގްރީއަށް ކިޔަވައި ދިނުން ވެސް ހިލޭ!
  7. ދުވަހަކުވެސް ދެކިލައްވަން ބޭނުންފުޅުނުވި މަންޒަރު ވެރިކަމުގައި ހުންނަވަނިކޮށް ބައްލަވަން މަޖުބޫރުވީ
  8. ނޮވެމްބަރު 19 ގައި ރައީސް ސޯލިހު އާއި ގާސިމްގެ ކުރިމަތިލުމެއް!


އައިފާ އެވޯޑްސް ގައި ބައިވެރިވާ ބައެއް ތަރިން -- ގޫގުލް

ބޮލީވުޑްގައި ބާއްވާ އެންމެ ބޮޑު އެއް އެވޯޑް ހަފްލާ އިންޓަނޭޝަނަލް އިންޑިއަން ފިލްމް އެކަޑަމީ އެވޯޑްސް 2018 (އައިފާ) ތައިލެންޑްގެ ބެންކޮކްގައި ވަނީ ފަށާފައެވެ.

މި މަހުގެ 22 އިން ފެށިގެން ތިން ދުވަހަށް ތައިލެންޑްގެ ސިއަމް ނިރަމިތް ސްޓޭޑިއަމްގައި ކުރިއަށް ދާ 19 ވަނަ އައިފާ އެވޯޑްސް ހުކުރު ދުވަހު ފަށާފައިވާ އިރު އައިފާ އެވޯޑްސްގެ ގްރީން ކާޕެޓުން ގިނަ އަދަދެއްގެ ބޮލީވުޑް ފަންނާނުން ވަނީ ފެނިގެން ގޮސްފައެވެ.

އޭގެ ތެރޭގައި ރަންބީރު ކަޕޫރު، ޝްރައްދާ ކަޕޫރު، އަރުޖުން ކަޕޫރު، ވަރުން ދަވާން ކަރަން ޖޯހަރު، ބޮބީ ޑިއޯލް  ދިޔާ މިރްޒާ، ކްރިތީ ސެނޯން ރިތޭޝަ ދޭޝްމުކް. ލޫލިއާ ވަންތުރުގެ އިތުރުން އަނިލް ކަޕޫރު ހިމެނެއެވެ.

ނަމަވެސް އާދިއްތަ ދުވަހު ބާއްވާ އެވޯޑު ހަފްލާއިން ބޮލީވުޑްގެ ބޮޑެތި މަޝްހޫރު ތަރިން  ކަމަށްވާ މެގަސްޓާ އަމީތާބް ބައްޗަން، ޝާހްރުކް ޚާން، ސަލްމާން ޚާން، ޝާހިދު ކަޕޫރު ކަރީނާ ކަޕޫރު، އަދި ކެޓްރީނާ ކައިފް ފެނިގެން ނުދާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ޝާހުރުކް ޚާންއަށް އައިފާ އެވޯޑްސްގައި ބައިވެރިނުވެވެނީ، އޭނާގެ ކުރިއަށް އޮތް ފިލްމު "ޒީރޯ" ގެ ޝޫޓިންގައި މިވަގުތު އެމެރިކާގައި ހުރުމުންނެވެ.

ސަލްމާން ޚާންގެ އިތުރުން ކެޓްރީނާއަށް މި އެވޯޑްސްގައި ބައިވެރި ނުވެނީ  އަންނަ މަހުގެ އަށްވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ދާ "ދަބާންގް ޓުއާ" ގެ ސަބަބުންނެވެ. ކުރިއަށް އޮތް ދުވަސްތަކުގައި މިތަރިން  އެމެރިކާގެ އަށް ސިޓީއެއްގައި ޝޯތައް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ޝާހިދު ކަޕޫރު އޭނާގެ ކުރިއަށް އޮތް ފިލްމު "ބައްތީ ގުލް މީޓަރު ޗާލޫ"ގެ ޝޫޓިންގައި އުޅެނިކޮށް ބުރަކަށްޓަށް ލިބުނު އަނިޔާއެއްގެ ސަބަބުން އެވޯޑު ހަފްލާގައި ބައިވެރިނުވެވެއެވެ.

ކަރީނާ މި އެވޯޑް ހަފްލާގައި ބައިވެރި ނުވަނީ އޭނާ ގެ ފިރިމީހާ ސައިފް އަލީ ޚާން އާއި ދަރިފުޅު ތައިމުރު އާއި އެކު ލަނޑަންގައި ހުރުމުންނެވެ. އަދި ކަރީނާގެ ދައްތަ ކަރިސްމާ ކަޕޫރު އަދި އެމީހުންގެ ބައްޕަ ރަންދީރު ކަޕޫރު ވެސް ތިބީ ލަންޑަންގައެވެ.

އަމީތާބާއި އޭނާގެ އާއިލާ މި އެވޯޑް ހަފްލާގައި ބައިވެރި ނުވަނީ 2010 ވަނަ އަހަރު އައިފާ އެވޯޑު އިންތިޒާމުކުރާ ފަރާތްތަކާއި، އަމީތާބް އާއި އާދެމެދު ޖެހުނު މައްސަލައިގެ ސަބަބުން ކަމަށް ރިޕޯޓްތައް ބުނެއެވެ.

އޭގެ ފަހުން އަމީތާބް، ޖާޔާ ބަޗަން، އަބީޝެކް ބަޗަން އާއި އައިޝްވާރްޔާ ރާއީ ބައްޗަން ވެސް އައިފާ އެވޯޑުގައި ބައިވެރި ވެފައެއް ނުވެއެވެ.

ގިނަ ތަރިން ތަކެއް މި ހަފްލާގައި ބައިވެރި ނުވެވުނު ނަމަވެސް މި ހަފްލާ ވީހާވެސް ފޯރިގަދަކޮށް ކުރިއަށް ގެންދިއުމަށް އައިފާ އިން ދަނީ މަސައްކަތް ކުރަމުންނެވެ.

އެގޮތުން ވަރުން ދަވަން، ރޭކާ، އަރުޖުން ކަޕޫރު، ކްރިތީ ސެނޯން، ޝްރައްދާ ކަޕޫރު، ލޫލިއާ ވަންތުރު ގެ އިތުރުން ހަތް އަހަރަށްފަހު ބޮބީ ޑިއޯލްވެސް ޕާރފޯމް ކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ޝާހިދު ކަޕޫރުވެސް ކުރިން ޕާރޕޯމް ކުރުމަށް ހަމަޖެހިފައިވީ ނަމަވެސް ބުރަކަށްޓަށް ލިބުނު އަނިޔާގެ ސަބަބުން ޕާރފޯމް ނުކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި ވަނީ ކަޕޫރުގެ ފައިގެ ފަލަ މަސްގަޑު އިރައިގެން ދިމުގެ ސަބަބުން އޭނާއަށް ވެސް ޕަރފޯމް ކުރެވޭ ގޮތް ވަނީ ނުވެފައެވެ.

ވޭތިވެ ދިޔަ އަހަރު ތަކުގައި އޭ ލިސްޓަގއި ހިމެނޭ ތަރިންގެ ތެރެއިން އަމީތާބް ބަޗަން، ޝާހުރުކް ޚާން، ސަލްމާން ޚާން، ޕްރިޔާންކާ ޗޯޕުޅާ، ކެޓްރީނާ ކައެފް ގެ އިތުރުން ޝާހިދު ކަޕޫރު ވަނީ އެވޯޑް ހަފްލާގައި ޕާޕޯމް ކޮށްފައެވެ.

"ކަލާސް" ޓީވީން ލައިވް ކުރުމަށް ހަމަޖެހިފައިވާ މި ޝޯ ހޯސްޓް ކުރުމަށް ހަމަޖެހިފައިވަނީ ކަރަން ޖޯހަރު، ރިތޭޝް ދޭޝްމުކް، އަޔުޝްމްން ކުރާނާގެ އިތުރުން ކާރްތިކް އާރްޔަން އެވެ.

މި އެވޯޑް ހަފްލާގައި އައުޓް ސްޓޭންޑިން އެޗީވްމަންޓް އިން އިންޑިއަން ސިނަމާ އެވޯޑް ދެނީ ވެޓްރަން އެކްޓަރ އަނޫޕަމް ކޭރް އަށެވެ.

މިއަހަރުގެ އެވޯޑްސް ގައި ބެސްޓް ފިލްމަށް ނޮމިނޭޓް ވެފައިވަނީ ބަރޭލީކީ ބަރްފީ، ހިންޑީ މީޑިއަމް، ތުމާރޭ ސުލޫ، ނިއު ޓައުން އަދި ޓޮއިލެޓް އޭކް ޕްރޭމް ޚަތާ އެވެ.

ބެސްޓް ޑައިރެކްޓަރ އަށް ނޮމިނޭޓް ވެފައިވަނީ އަޝްވިނީ އަޔާރު ތިވާރީ ( ބަރޭލީކީ ބަރްފީ) ، ސަކޭ ޗައުދްރީ ( އިންދީ މީޑިއަމް) ، އަމިތް ވީ މަސުރްކަރު( ނިއު ޓައުން)، އަނޫރާގް ބާސޫ (ޖައްގާ ޖާސޫސް)، އަދި ސުރޭޝް ތްރިވެނީ (ތުމާރީ ސުލޫ) އެވެ.

ބެސްޓް އެކްޓަރ އިން ސަޕޯޓިން ރޯލް ފީމޭލް އަށް ނޮމިނޭޓް ވެފައިވަނީ މެހެރް ވިޖް( ސީކްރެޓް ސުޕަރ ސްޓާ)، ސީމާ ޕަހުވާ ( ޝުބް މަންގަލް ސާވްދާން)، ތައްބޫ ( ގޯލްމާލް އަގެއިން)، ނިހާ ދޫޕިއާ ( ތުމާރީ ސުލޫ)، އަދި ސީމާ ޕަހްވާ (ބަރޭލީކީ ބަރްފީ  )އެވެ.

ބެސްޓް އެކްޓަރ އޮން ސަޕޯޓިން ރޯލް މޭލް އަށް ނޮމިނޭތް ވެފައިވަނީ ވިޖޭ މައުރްޔާ (ތުމާރީ ސުލޫ)، ޕަންކަޖް ތްރިޕަތީ (ނިއުޓޮން)، ރާޖް ކުމާރު ރާއޯ ( ބަރޭލީކީ ބަރްފީ) ، ދީޕަކް ދުބްރިއަލް ( ހިންޑީ މީޑިއަމް)، އަދި ނަވާޒުއްދީން ސިއްދީގް (މޮމް) އެވެ.

ބެސްޓް އެކްޓަރ އިން ލީޑިން ރޯލް (އަންހެން) ނޮމިނޭޓް ވެފައިވަނީ އާލިއާ ބަޓް (ބްދްރިނާތްކީ ދުލްހަނިޔާ)، ވިދްޔާ ބާލަން (ތުމާރީ ސުލޫ)، ސްރީދޭވީ (މޮމް)، ބޫމީ ޕެދްނީކަރު(ސޫބް މަންގަލް ސާވްދާން)، އަދި ޒައިރާ ވާސިމް ( ސީކްރެޓް ސުޕްރ ސްޓާ) އެވެ.

ބެސްޓް އެކްޓަރ އިން ލީޑިން ރޯލް (ފިރިހެން) ނޮމިނޭޓް ވެފައިވަނީ: އަކްޝޭ ކުމާރް( ޓޮއިލެޓް-އޭކް ޕްރޭމް ޚަތާ)، ރާޖް ކުމާރް ރާއޯ(ނިއުޓޮން)، ރަންބީރު ކަޕޫރު (ޖައްގާ ޖާސޫސް)، އިރްފާން ޚާން ( ހިންދީ މީޑިއަމް)،އަދި އާދިލް ހުސައިން ( މުކްތީ ބާވަން) އެވެ.

ނިއުޔޯކުގެ މެޓްލައިފް ސްޓޭޑިއަމްގައި މިދިޔަ އަހަރުގެ އެވޯޑްގައި މޮޅު ބަތަލާ އަކަށް "އުޅްތާ ޕުންޖާބް" އިން އާލިއާ ބަޓް ހޮވުނު އިރު އެންމެ މޮޅު ބަތަލަކަށް ހޮވިފައިވަނީ ހަމަ އެ ފިލްމުން ޝާހިދު ކަޕޫރެވެ.

އަދި އެންމެ މޮޅު ފިލްމުގެ އެވޯޑު ލިބުނީ ސޯނަމް ކަޕޫރު ލީޑު ރޯލުން ފެނިގެން ދިޔަ ފިލްމު 'ނީރްޖާ' އަށެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް