19 ސެޕްޓެންބަރ 2018 | ބުދަ | 13 އުތުރަ
09 މުޙައްރަމް 1439
އިޝާ 19:17
މަޣްރިބް 18:06
އަސްރު 15:06
މެންދުރު 12:04
އިރުއަރާ 05:55
ފަތިސް 04:44

ޕްރިޔަންކާ- ނިކް

ނިކް ގޮވައިގެން ޕްރިޔަންކާ އިންޑިއާއަށް ހިނގައްޖެ

 • ޕްރިޔަންކާއާއި ނިކް ރަށްޓެހިވެގެން އުޅޭ ވާހަކަ ފުރަތަމަ ދެކެވެން ފެށީ 2017 ވަނަ އަހަރުގެ މޭ މަހު
 • ދެ މީހުން އިންޑިއާއަށް ގޮސްފައިވަނީ ހުކުރު ދުވަހު
 • ގުޅުމާ ގުޅޭ ގޮތުން މިހާތަނަށް ޕްރިޔަންކާ ނުވަތަ ނިކްވެސް އެއްޗެއް ބުނެފައެއް ނުވޭ
އައިޝަތު ޝާނީ | Shaaknee

| 23 ޖޫން 2018 | ހޮނިހިރު 07:17 | |

މަގުބޫލް

 1. ޕީޕީއެމްގެ ސައިޒު ދައްކަން ގެނައި މީހުންނަށް ފައިސާ ބެހިކަން ފަޅާ އަރައިފި
 2. ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ފަޅުރަށާއި ފަޅުތައް ދޫކުރުމުގައި ރައީސް ޔާމީންގެ ބައިވެރިވުން ސީދާ އޮތް ކަމަށް އޯސީސީއާރުޕީން ފަޅާއަރުވާލައިފި
 3. ޕީޕީއެމް ޖަލްސާއަށް ގެންނަ މީހުނަށް އަޅާނުލަކަމުގެ ޝަކުވާތަކެއް!
 4. މާލޭގެ ބޮޑު ސަރަހައްދެއްގެ ބޯފެނަށް ނަޖިހުގެ އަސަރުކުރުމުގެ ފުރުސަތު އެބައޮތް: ތަޖުރިބާކާރެއް
 5. މާމިގިލިން ޕީޕީއެމް އަށް ތާއީދުކުރި ޒުވާނުންތަކެއް އިބޫ ތާއިދުކޮށްފި
 6. މަޤާމުގައި ހުރެގެން ޝަހީމް ކެމްޕޭނުގައި، މުވައްޒަފުންގެ ކަންބޮޑުވުންތަކުގެ ޕެޓިޝަނެއް ރައީސް އޮފީހަށް
 7. އިބޫގެ ކެމްޕޭން ދަތުރުފުޅު – ޖެއްސުންތަކާއި އުނދަގޫތަކާ ކުރިމަތިލެއްވީ ހިނިތުންވުމާއެކު!
 8. ރައީސް ޔާމީންގެ އެކައުންޓަށް ވަދެވަފައިވާ 1 މިލިއަން ޑޮލަރު ވަނީ ބޭނުންކޮށްފަ: އަދީބު


ޕްރިޔަންކާ ޗޯޕްރާއާއި ނިކް ޖޯނަސް އިންޑިއާގެ މުމްބާއިގައި -- ގޫގުލް

އެމެރިކާގެ ލަވަކިޔުންތެރިއެއް ކަމަށްވާ ނިކް ޖޯނަސް އިންޑިއާގެ ފިލްމީ ތަރި ޕްރިޔަންކާ ޗޯޕްރާ އާއި ކައިވެނި ކުރަން ބޭނުންވާ ވާހަކަ ފެތުރިފައިވަނިކޮށް އެ ދެ މީހުން އެކުގައި އިންޑިއާގެ މުމްބާއިއަށް ގޮސްފިއެވެ.

ޕްރިޔަންކާއާއި ނިކް އިންޑިއާއަށް ގޮސްފައިވަނީ ހުކުރު ދުވަހުއެވެ. އެކީގައި އިންޑިއާއަށް ދިޔަ ނަމަވެސް، އެއާޕޯޓުން ނިކުތް އިރު ދެ މީހުންވެސް މޫނު ފޮރުވަން މަސައްކަތް ކޮށްފައިވެއެވެ.

އެއާޕޯޓުން ނިކުތް އިރު ކެމެރާތަކަށް މޫނު ފޮރުވި ނަމަވެސް، ދެ މީހުން ހުކުރު ދުވަހުގެ ރޭ ވަނީ ރޭގަނޑުގެ ކެއުމަކަށް ރެސްޓޯރަންޓަކަށް ގޮސްފައެވެ. އަދި ރެސްޓޯރަންޓަށް ދިޔަ އިރު އެއްވެސް ވަރަކަށް ކެމެރާއަށް ފިލަން މަސައްކަތް ކޮށްފައި ނުވާކަން ފާހަގަކުރެވެއެވެ.

މި ޑިނަރގައި ޕްރިޔަންކާގެ މަންމަ މަދޫ އަދި ކޮއްކޮ ސިދާތުވެސް ބައިވެރިވިއެވެ.

ދެ މީހުންގެ ގުޅުމާ ގުޅޭ ގޮތުން މިހާތަނަށް ޕްރިޔަންކާ ނުވަތަ ނިކްވެސް އެއްޗެއް ބުނެފައި ނުވާއިރު އެކީގައި ޕްރިޔަންކާގެ ގައުމަށް ދަތުރު ކުރުމުން އެ ދެމީހުންގެ މެދުގައި އޮތް ގުޅުމާއި ގުޅޭގޮތުން ދެކެވޭ ވާހަކަތަކަށް ވަނީ އިތުރު ބާރެއް ލިބިފައެވެ. އަދި އެ ދެ މީހުން އިންޑިއާ ގައި ދިރިއުޅެނީ ޖުހޫގައި ހުންނަ ޕްރިޔަންކާގެ ގޭގައި ކަމަށް ރިޕޯޓްތަކުގައި ވެއެވެ.

އުމުރުން 35 އަހަރުގެ ޕްރިޔަންކާ އާއި 25 އަހަރުގެ ނިކް ރަށްޓެހިވެގެން އުޅޭ ވާހަކަ އެންމެ ފުރަތަމަ ފެތުރިފައިވަނީ 2017 ވަނަ އަހަރުގެ މެޓް ގާލާއަށް ފަހުއެވެ. ދެ މީހުން އެ އިވެންޓަށް ގޮސްފައިވަނީ އެކުގައެވެ. ނަމަވެސް ދެ މީހުންވެސް ވަނީ "އެއީ އެކަހަލަ ކަމެއް ނޫން" ކަމަށް ދޭހަވާ ގޮތަކަށް ވާހަކަ ދައްކާފައެވެ. އަދި 2017 ވަނަ އަހަރުގެ މެޓް ގާލާއަށް އެކުގައި ދިޔަ ސަބަބަކީ ދެ މީހުންގެ ކޮސްޓިއުމް ޑިޒައިން ކުރީ އެކަކު ކަމަށްވުން ކަމަށް އެމީހުން އޭރު ބުނެފައިވެއެވެ.

ނަމަވެސް މި އަހަރުގެ މޭ މަހު ފަހުކޮޅު އަނެއްކާވެސް މި ވާހަކަތައް ފެތުރެން ފެށިއެވެ. ދެ މީހުން އެކުގައި ގިނަ ގިނައިން ފެންނަން ފެށިއެވެ. ދެ މީހުންގެ ގުޅުމުގެ ސީރިއަސްކަން ހާމަވީ ނިކްގެ ތިމާގެ މީހެއްގެ ކައިވެނީގެ ހަފްލާއަށް ޕްރިޔަންކާ ގޮވައިގެން އޭނާ ދިއުމުންނެވެ. އަދި އޭގެ ދުވަސް ކޮޅެއް ފަހުން ނިކް ޕްރިޔަންކާއާއި ކައިވެނި ކުރަން ބޭނުންވާ ވާހަކަ މީޑިއާގައި ފެތުރުނެވެ.

ޕްރިޔަންކާގެ ހޮލީވުޑް ކެރިއާ ފަށާފައިވަނީ 2015 އަހަރު، އޭބީސީގެ 'ކުއަންޓިކޯ' ސީރީޒްއިންނެވެ. އޭގެ ފަހުން 'ބޭވޮޗް' އަދި 'އަ ބޯއި ލައިކް ޖޭކް' ފަދަ ފިލްމް ތަކުން އޭނާ ފެނިފައިވާއިރު، ކުއަންޓިކޯގެ މިހާރު ކުރިއަށް ދާ ސީޒަން 3 ވެގެންދާނީ ޝޯވ ގެ ފަހުގެ ސީޒަނަށެވެ. ދެން އޭނާ ފެނިގެން ދާނީ ސަލްމާން ޚާންއާ އެކު 'ބަރާތު' އިން ކަމަށް ރިޕޯޓްތަކުގައި ވެއެވެ. އަދި އޭނާ މި ދުވަސްކޮޅު ގިނައިން ކުރަނީ ޔުނިސެފްއާއި ގުޅިގެން އިންސާނީ ހައްގުތަކާ ބެހޭ މަސައްކަތެވެ.

"ޖެލަސް" އަދި "ކްލޯޒް" ފަދަ ލަވަތައް ކިޔާފައިވާ ނިކް ޖޯނަސް ފުރަތަމަ ފެނިފައިވަނީ އޭނާގެ ދެ ބޭބެ ކަމުގައިވާ ކެވިންއާއި ޖޯ އާއިއެކު 'ޖޯނަސް ބްރަދަރސް' ބޭންޑުންނެވެ. އޭގެ ފަހުން އޭނާވަނީ ސީރީޒްތަކުންނާއި ފިލްމްތަކުންވެސް ފެނިފައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް