22 ސެޕްޓެންބަރ 2018 | ހޮނިހިރު | 02 އަތަ
12 މުޙައްރަމް 1439
އިޝާ 19:15
މަޣްރިބް 18:04
އަސްރު 15:07
މެންދުރު 12:03
އިރުއަރާ 05:54
ފަތިސް 04:43

އިންސާނީ ވަގުފާރި

އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

 • އެ ސެޝަނުގައި މައުލޫމާތު ދީފައިވަނީ އިންވެސްޓިގޭޝަން އޮފިސަރުންނަށް
 • މައުލޫމާތު ދީފައި ވަނީ ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން
 • އެފަދަ ސެޝަންތައް އަތޮޅުތަކުގެ ތެރޭގައި ވެސް ކުރިއަށް ގެންދާނެ
މުހައްމަދު ފަޒީން | phaxyn

| 17 ޖެނުއަރީ 2017 | އަންގާރަ 03:28 | |

މަގުބޫލް

 1. މުލީއާގެއަށް ބޮޑު ޕިކަޕެއްގައި ގިނަ ފޮށިތަކެއް ދަންވަރު ވައްދައިފި
 2. ޕީޕީއެމްގެ ޖަގަހައެއްގައި އީސީގެ ބައެއް ޑޮކިއުމެންޓްތަކާއި ޓެބްލެޓް ހަވާލުކުރާ ކަމަށް ބުނާ ފޮޓޯތަކެއް އާންމުވެއްޖެ
 3. ބޭރުގެ ނޫސްވެރިންް އަދި އޮބްޒަރވަރުންނަށް ވިސާ ނުދިން!
 4. ކުޅުދުއްފުއްޓަށް ޓެސްޓް ފްލައިޓް ޖެއްސިއިރު ހަދާ ނިމުނީ ހަމައެކަނި ރަންވޭ
 5. އަލިދީގެ ތާއީދު އިބޫއަށް!
 6. ބައެއް ފަހަރު އަމިއްލަ ނަފްސު ދެކެ ވެސް ރުޅިއާދޭ: ރައީސް ޔާމީން
 7. ހަޔާތުގައި އިލްޔާސް އިބޫއާ ބައްދަލުވި ފުރަތަމަ ފަހަރު: އިބޫ އިހްތިޔާރު ކުރެވުނީ ހިކުމަތަކަށް!
 8. އަޅުގަނޑަކީ ކެރޭ މީހެއް، ލާހިކެއް ނޫން އެއްވެސް ކަމެއްގައި އަޅުގަނޑު ހާޒިރުކުރަން: ހިޔަލީ ރަޝީދު


އިންސާނީ ވަގުފާރިއާ ގުޅޭ މައުލޫމާތު ދިނުމުގެ ސެޝަން ކުރިއަށް ދަނީ -- ރާއްޖެއެމްވީ ފޮޓޯ : މުހައްމަދު ފަޒީން

އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓްގައި މަސައްކަތްކުރާ އިންވެސްޓިގޭޝަން އޮފިސަރުންނަށް މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.

މި ޖެނުއަރީ މަހުގެ 14 ވަނަ ދުވަހު ޝަހީދު ހުސައިން އާދަމް ބިލްޑިންގގައި ކުރިއަށް ގެންދިޔަ އެ ސެޝަންގައި ވަނީ އިންސާނީ ވަގުފާރިއަކީ ކޮބައިކަމާއި އިންސާނީ ވަގުފާރީގެ ޝިކާރައަކަށްވާ ފަރާތެއް ދެނެގަނެވިދާނެ ގޮތްތަކާއި އެފަދަ މައްސަލަތައް ތަހުގީގު ކުރުމުގައި ސަމާލުކަން ދޭންވީ ކަންކަމާއި ހިއުމަން ޓްރެފިކިންގ ގާނޫނުގައިވާ މުހިންމު ބައިތަކާއި ގުޅޭގޮތުން މައުލޫމާތު ދީފައެވެ.

މި ސެޝަންގައި މައުލޫމާތު ދީފައިވަނީ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓްގެ ހިއުމަން ޓްރެފިކިންގ އިންވެސްޓިގޭޝަން ޔުނިޓްގައި މަސައްކަތްކުރައްވާ ޕޮލިސް ސްޓާފް ސާޖަންޓް މުހައްމަދު ޖިނާޙް އެވެ.

އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން އަތޮޅުތަކުގައި މަސައްކަތްކުރާ އިންވެސްޓިގޭޝަން އޮފިސަރުންނަށް އަމާޒުކޮށްގެން ސެޝަންތަކެއް މުޅިއަހަރު ދުވަހަށް ބަހާލައިގެން ކުރިއަށް ގެންދިޔުމަށް ރޭވިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 އަހަރު ކުރި | ރިވިއު ކުރީ: ހުސައިން ފިޔާޒު މޫސާ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް