25 އޭޕުރިލް 2019 | ބުރާސްފަތި | 05 ބުރުނު
18 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:21
މެންދުރު 12:08
އިރުއަރާ 05:55
ފަތިސް 04:42

ޓްރޭޑް ހަނގުރާމަ

އެމެރިކާގެ ކިބައިން ބަދަލު ހިފުމުގެ ގޮތުން އީޔޫއިން އިމްޕޯޓް ޓެކްސް ބޮޑު ކޮށްފި!

 • 3.2 ބިލިއަން ޑޮލަރުގެ މުދަލުން ޓެކްސް ބޮޑު ކުރާނެ
 • ޔޫނިއަންގެ ހުރިހާ ޤައުމެއް ވެސް މިކަމަށް ތާއީދު
 • ޓްރަމްޕް ވަނީ އީޔޫއަށް ރައްދުގައި އިންޒާރު ދީފައި
އަރުޝަމް އަބްދުލް ޢަޒީޒް | @arushams

| 23 ޖޫން 2018 | ހޮނިހިރު 02:58 | |

މަގުބޫލް

 1. ލަންކާ މީހަކު ރިސޯޓެއްގައި ދަންޖެހިގެން މަރުވެއްޖެ
 2. ލަންކާގެ ބޮމުގެ ހަމަލާތައް: ހަށިގޮއްވާލި ދެބެއިންގެ ބައްޕަ ހައްޔަރަށް
 3. ސްރީލަންކާ ބޮމުގެ ހަމަލާ: އެންމެ ފަސް
 4. ލަންކާގެ ބޮމުގެ ހަމަލާތައް: ހަމަލާ ދިން މީހުން އައިސިސްއަށް ބައްޔަތު ހިފާ ވީޑިއޯއެއް އާންމުވެއްޖެ
 5. ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!
 6. ކުރީގެ އުއްތަމަ ފަނޑިޔާރު މުހައްމަދު ރަޝީދަށް އިނާޔަތް ދޭން ބިލެއް ހުށަހަޅައިފި
 7. ހަމަލާދިން ނުވަ މީހުންގެ ތެރެއިން އަށް މީހުން ދެނެގަނެވިއްޖެ: ލަންކާ ފުލުހުން
 8. ކެންޑިޑޭޓުން މާލީ ބަޔާން ހުށަނާޅައިފިނަމަ ދެ އަހަރު ދުވަހުގެ ޖަލު ހުކުމެއް އައިސްދާނެ


އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް -- ގޫގުލް

އެމެރިކާއަށް އެތެރެ ކުރާ ޔޫރަޕުގެ އެލުމިނިއަމްއާއި ދަނގަޑުގެ ބާވަތްތަކުން ނަގާ އިމްޕޯޓް ޓެކްސް ބޮޑުކުރުމާއި ގުޅިގެން، އެމެރިކާގެ ކިބައިން ބަދަލު ހިފުމުގެ ގޮތުން ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިންވެސް އެމެރިކާގެ މުދަލުން އިމްޕޯޓް ޓެކްސް ނަގާ މިންވަރު ބޮޑު ކޮށްފިއެވެ.

އީޔޫއިން އެމެރިކާގެ އަތުން ނަގާ އިމްޕޯޓް ޓެކްސް ބޮޑު ކުރަން ނިންމާފައި ވަނީ ހުކުރު ދުވަހުއެވެ. އެ ޔޫނިއަން އިން ވަނީ އެމެރިކާއިން އެތެރެ ކުރާ 3.2 ބިލިއަން ޑޮލަރުގެ މުދަލުން ޓެކްސް ބޮޑު ކުރަން ނިންމާފައެވެ. މިނިންމުން ނިންމާފައި ވަނީ ޔޫނިއަންގެ ހުރިހާ ޤައުމެއް ވެސް އެއްބަސް ވެގެންނެވެ. އެ ގައުމު ތަކުން ބުނާ ގޮތުގައި މި ނިންމުން ނިންމަން މަޖުބޫރުވީ އެމެރިކާގެ ނިންމުމުގެ ސަބަބުން ނިކުންނަ ނަތީޖާގެ ތިލަފަތް ހަމަހަމަ ކުރާށެވެ.

އިމްޕޯޓް ޓެކްސް ނަގަން ނިންމާފައިވާ އެމެރިކާގެ ބާވަތްތަކުގެ ތެރޭގައި ރަލާއި، ސައިކަލާއި އަދި އޮރެންޖް ޖޫސްވެސް ހިމެނެއެވެ.

ޔޫރަޕިއަން ކޮމިޝަންގެ ރައީސް، ޖޯން ކްލައުޑި އުންކާ ވަނީ އެމެރިކާގެ ނިންމުމާއި ދޭތެރޭ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. ޖޯން ވިދާޅުވީ އެމެރިކާއަށް އެތެރެ ކުރާ ޔޫރަޕްގެ މުދަލުން ޓެކްސް ބޮޑު ކުރުމަކީ ހަމަ ބުއްދި ގަބޫލު ކުރާނެ ކަމެއް ނޫން ކަމަށެވެ. ހަމަ އެހެންމެ މިކަހަލަ ކޮންމެ ކަމެއެއް ދިމާވިއަސް އީޔޫ ދިފާއު ކުރައްވާނެ ކަމަށާއި އީޔޫއާ ދެކޮޅަށް އެޅޭ ފިޔަވަޅުތަކަށް ވަރުގަދަ ރައްދުތައް ދެމުން ގެންދާނެ ކަމުގެ ޔަގީން ކަން ވެސް ޖޯން ވަނީ ދެއްވާފައެވެ.

އީޔޫގެ މި ނިންމުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ވަރަށް ބޮޑަށް ހިތް ހަމަނުޖެހުން ފާޅުކުރައްވާފައެވެ. ޓުރަމްޕް ހުކުރު ދުވަހު ޓުވީޓާ މެދުވެރިކޮށް ޓްރަމްޕް ވަނީ އީޔޫގެ ނިންމުމަށް ފާޑު ކިޔާ، އެ އިއްތިހާދަށް އިންޒާރުވެސް ދީފައެވެ. ޓްރަމްޕް ދެއްވި އިންޒާރުގައި ބުނީ އީޔޫގެ ނިންމުން އަބުރާ ނުގެން ގޮސްފިނަމަ އެމެރިކާއަށް އެތެރެ ކުރާ ޔޫރަޕުގެ ކާރުތަކުން 20%ގެ އިމްޕޯޓް ޓެކްސް ނަގާނެ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 10 މަސް ކުރިން | ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް