24 ސެޕްޓެންބަރ 2018 | ހޯމަ | 04 އަތަ
14 މުޙައްރަމް 1439
ފަތިސް 04:42
އިރުއަރާ 05:54
މެންދުރު 12:02
އަސްރު 15:07
މަޣްރިބް 18:03
އިޝާ 19:14

ފީފާ ވާރލްޑް ކަޕް 2018

ވާރލްޑް ކަޕް: މޫސާގެ ލަނޑުތަކުން އާޖެންޓީނާއަށް އުއްމީދު

  • ނައިޖީރިއާއިން ވަނީ 2-0 އިން އައިސްލޭންޑް ބަލިކޮށްފައި
އަހްމަދު ސާއިފް ޝިޔާދް | Saaif80

| 23 ޖޫން 2018 | ހޮނިހިރު 01:12 | |

މަގުބޫލް

  1. ކާނަލް ނާޒިމް ފްރޭމްކޮށްފައިވާ ކަމަށް ޝަހީމް ވިދާޅުވި: ޝެއިޚް އިލްޔާސް
  2. މުވައްޒަފުން ހަޅުތާލު ކުރުމުން ބަންދުކޮށްފައިވާ ކޮޓަރީގައި ވޯޓު ނުލުމަށް ނިންމައިފި
  3. އިބޫއަށް ތާއިދުކޮށް ގިނަ ޓެކްސީ ޑްރައިވަރުތަކެއް ބްރިޖްމަތީގައި ޓެކްސީ ދުއްވައިފި
  4. ތަންތަން ރޯކޮށް ފުލުހުންނަށް ހަމަލާދޭން ބަޔަކު ރާވާފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް މަހުލޫފް ވިދާޅުވެއްޖެ
  5. އިންތިޚާބަށް ވަގުތު ކުޑަތަންވެފައި ވަނިކޮށް ލައިވް އިވެންޓް މެދުކަނޑާލާ އުސޫލޫ އާއްމުކޮށްފި
  6. ޝައިޚް އިމްރާންގެ އަނބިކަބަލުންގެ ފޯނު ނަންބަރުން ދައުރުވާ މެސެޖަކީ ގޮތް ނޭނގޭ ބަޔަކު ހިންގާ ޖަރީމާއެއް!
  7. ބްރިޖް އެޅުމުން ވެސް ޔޫތު ސިޓީއިން ރައީސް ޔާމީނަށް ބުނީ ނޫނެކޭ!
  8. އެއާޕޯޓް ހުޅުވުމުން ވެސް ކުޅުދުއްފުށިން ރައީސް ޔާމީނަށް ބުނީ ނޫނެކޭ!


ނައިޖީރިއާގެ ލަނޑުތައް ޖެހި އަހުމަދު މޫސާ - އޭނާ ވަނީ މިހާތަނަށް ވާރލްޑް ކަޕްގެ ތަރީހުގައި ހަތަރު ލަނޑު ޖަހާފައި -- ގެޓީ އިމޭޖާސް

ފީފާ ވާރލްޑް ކަޕްގައި އައިސްލޭންޑާއި ދެކޮޅަށް ކުޅުނު މެޗު ނައިޖީރިއާއިން ކާމިޔާބުކުރުމާއެކު ދެވަނަ ބުރަށް ދިޔުމަށް އާޖެންޓީނާއަށް ފުރުސަތު ބޮޑުވެއްޖެއެވެ.

ގްރޫޕް ފިޔަވަހީގެ ފުރަތަމަ މެޗުގައި އާޖެންޓީނާއާއި އެއްވަރުކުރި އައިސްލޭންޑް ވަނީ ފުރަތަމަ މެޗުގައި ސްވިޓްޒަލޭންޑް އަތުން ބަލިވި ނައިޖީރިއާ ދެކޮޅަށް ކުޅުނު މެޗުގައި 3-0 ގެ ނަތީޖާއަކުން ބަލިވެފައެވެ. އައިސްލޭންޑް އަދި ނައިޖީރިއާގެ މެދުގައި މީގެކުރިން މެޗެއް ކުޅެފައިވަނީ 1981 ވަނަ އަހަރުއެވެ. އެފަހަރުގެ މެޗު 3-0 އިން ކާމިޔާބުކުރީ އައިސްލޭންޑެވެ. މި މެޗާއި ކުރިމަތިލިއިރު ވާރލްޑް ކަޕްގައި ނައިޖީރިއާ ކުޅުނު މެޗުތަކުގެ ތެރެއިން އެ ޓީމު މޮޅުވެފައިވާ ފަސް މެޗުން ވެސް މޮޅުވެފައިވަނީ ޔޫރަޕުގެ ޓީމުތަކާއި ވާދަކޮށެވެ.  
ފުރަތަމަ މެޗުގައި ކުޅުނު ތިން ކުޅުންތެރިޔަކު ނައިޖީރިއާގެ ފުރަތަމަ އެގާރައިން ފެނިފައިނުވާއިރު އައިސްލޭންޑްގެ ފުރަތަމަ އެގާރައިން ވަނީ ދެ ބަދަލެއް ފެނިގެންގޮސްފައެވެ.

ފުރަތަމަ ހާފު ފެށިގެން ދެ ޓީމުގެ ފަރާތުން ވެސް ފޯރިގަދަ ކުޅުމެއް ފެނިގެންދިޔައިރު ދެ ޓީމުން ވެސް ވަނީ ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ދެ ޓީމުގެ ކުޅުންތެރިންނަށް ވެސް ފުރަތަމަ ހާފުގައި އުފެއްދި ހަމަލާތަކުގެ ބޭނުން ހިފިފައެއް ނުވެއެވެ.

ދެ ޓީމުންކުރެ ޓީމަކަށް ލަނޑެއް ނުޖެހި ފުރަތަމަ ހާފު ނިމިގެންދިޔައިރު ދެވަނަ ހާފުގައި ނައިޖީރިއާއިން ވަނީ ކުޅުން އިތުރަށް ރަނގަޅުކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 49 ވަނަ މިނެޓުގައި ލަނޑެއް ޖަހާ އަހުމަދު މޫސާ ވަނީ އެ ޓީމަށް ލީޑު ނަގައިދީފައެވެ. އޭނާ މި ލަނޑު ޖެހީ ވިކްޓަރ މޯސެސް ނަގައިދިން ހުރަހަކުންނެވެ. މެޗުގެ 74 ވަނަ މިނެޓުގައި މޫސާ ފޮނުވާލި ހަމަލާއެއް އައިސްލޭންޑްގެ ހުރަސް ދަނޑީގައި ޖެހުނުއިރު އެޓީމުގެ ދެވަނަ ލަނޑު މޫސާ ޖެހީ އޭގެ މިނެޓެއް ފަހުންނެވެ.

މި ލަނޑަށްފަހު އައިސްލޭންޑުން ކުޅުން ރަނގަޅުކުރުމުގެ ނަތީޖާއެއްގެ ގޮތުން މެޗުގެ 83 ވަނަ މިނެޓުގައި އެޓީމަށް ޕެނަލްޓީއެއް ލިބުނެވެ. އެހެން ނަމަވެސް ގިލްފީ ސިގާޑްސަން މި ޕެނަލްޓީ ޖެހީ ބޭރަށެވެ.

ވާރލްޑް ކަޕްގައި ނައިޖީރިއާ އެންމެފަހުން ޖެހި ހަތަރު ލަނޑު ވެސް މޫސާ ޖެހިއިރު އޭނާއަކީ އެގައުމުގެ ތާރީހުގައި ވެސް ވާރލްޑް ކަޕްގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއެވެ.

ގްރޫޕް ޑީގެ ޕޮއިންޓް ތާވަލުގެ އެއްވަނައިގައި ހަ ޕޮއިންޓާއެކު އައިސްލޭންޑް އޮތްއިރު ދެވަނައިގައި ތިން ޕޮއިންޓާއެކު އޮތީ ނައިޖީރިއާއެވެ. ތިންވަނައިގައި އެއް ޕޮއިންޓާއެކު އައިސްލޭންޑް އޮތްއިރު އެއް ޕޮއިންޓާއެކު އޮތް އާޖެންޓީނާއަށް ލަނޑުގެ ތަފާތުން ލިބެނީ ހަތަރުވަނަ މަގާމެވެ.

ގްރޫޕް ފިޔަވަހީގެ ފަހު މެޗުގައި ކްރޮއޭޝިއާއިން އައިސްލޭންޑް ބަލިކޮށް ނައިޖީރިއާ އަތުން އާޖެންޓީނާ މޮޅުވެއްޖެނަމަ ދެވަނަ ބުރަށް ދާނީ އާޖެންޓީނާއެވެ. އައިސްލޭންޑް އަދި އާޖެންޓީނާ ވެސް މޮޅުވެއްޖެނަމަ ބަލާނީ ލަނޑުގެ ތަފާތަށެވެ. ނައިޖީރިއާއަށް ދެވަނަ ބުރަށް ސީދާ ދެވޭނީ އާޖެންޓީނާ ބަލިކޮށްގެންނެވެ. އެއްވަރުވެއްޖެނަމަ އައިސްލޭންޑުން ނެރޭ ނަތީޖާއަކަށް ނައިޖީރިއާ ބަލަން ޖެހޭނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް