23 ޖެނުއަރީ 2019 | ބުދަ | 05 ހުވަން
17 ޖުމާދަލްއޫލާ 1440
ފަތިސް 05:03
އިރުއަރާ 06:18
މެންދުރު 12:22
އަސްރު 15:41
މަޣްރިބް 18:17
އިޝާ 19:33

އަލީ އަޝްފާގު (ދަގަނޑޭ)

ދަގަނޑޭ ޓީސީއާއި ގުޅިއްޖެ

  • އޭނާ ޓީސީގައި ބޭނުންކުރާނެ ޖާޒީ ނަމްބަރެއް އެނގިފައެއް ނުވޭ
  • ދަގަނޑޭގެ ރަސްމީ ޓްވިޓަރ އެކައުންޓް މެދުވެރިކޮށް އޭނާ ވަނީ މިއީ އައު ޗެޕްޓަރެއް ކަމަށް ހާމަކޮށްފައި
  • މިއީ ދަގަނޑޭ ފަސްވަނަ ދިވެހި ކްލަބް
އަހްމަދު ސާއިފް ޝިޔާދް | Saaif80

| 23 ޖޫން 2018 | ހޮނިހިރު 00:41 | |

މަގުބޫލް

  1. ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!
  2. ''އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން''
  3. އަފްރާޝީމްގެ މަރުގެ ތަހުގީގަށް ދެ މީހަކު ހޯދަން ވީޑިއޯ އާންމުކޮށްފި
  4. ފިރިމީހާ މަރުވީ ހާޓްއެޓޭކެއް ޖެހިގެން، އަނބިމީހާ މަރުވީ ސަލާމަތް ކުރަން އުޅެނިކޮށް ގެނބިގެން: އޮޓްޕްސީ ރިޕޯޓް
  5. ހިޔާ މަޝްރޫއު: ޕްލޭނެއް ނެތި ކުރިއަށް؟!
  6. ތިލަފުށި އަދި ގުޅިފަޅު ހިންގަން އުފެއްދި ކުންފުނީގައި ސިއްސައިގެންދާވަރުގެ ކޮރަޕްޝަން!
  7. އެއްބަސްވުމާ އެއްގޮތަށް އަމަލު ކުރާނަމަ، ސަރުކާރަށް އެއްބާރުލުން ދޭނަން: ގާސިމް
  8. ރާއްޖޭގައި ފަތުރުވެރިން މަރުވަނީ 'އަންޑަރވޯޓަރ ކޭބަލް'ތަކުން ކަރަންޓުޖެހޭތީ ކަމަށް ތުހުމަތުކޮށްފި


ޓީސީގެ ޑޭވްއާއެކު ދަގަނޑޭ އޭނާގެ އައު ކްލަބްގެ ޖާޒީ ހިފަހައްޓާލައިގެން - މިއީ ދަގަނޑޭ ފަސްވަނަ ދިވެހި ކްލަބް -- ޓީސީ ސްޕޯޓްސް ކްލަބް

ރާއްޖޭގެ ތާރީހުގައި ވެސް އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ ކަމަށްވާ އަލީ އަޝްފާގު (ދަގަނޑޭ) ޓީސީ ސްޕޯޓްސް ކްލަބާއި ގުޅިއްޖެއެވެ.

ޓީސީގެ ރަސްމީ ފޭސްބުކް ޕޭޖް މެދުވެރިކޮށް އެޓީމުން ވަނީ ދަގަނޑޭ އެޓީމާއ ގުޅުނުކަން ކަށަވަރުކޮށްދީފައެވެ. އޭނާ ޓީސީގައި ބޭނުންކުރާނެ ޖާޒީ ނަމްބަރެއް އެނގިފައެއް ނުވެއެވެ.

މެދު ސީޒަނުގެ ޓްރާންސްފަރ މާކެޓުގައި ދަގަނޑޭ ޓީސީއަށް ބަދަލުވިއިރު އޭނާ ހުރީ ފްރީ އޭޖެންޓެއްގެ ގޮތުގައެވެ. އެގޮތުން މިދިޔަ ސީޒަނުން ފެށިގެން އޭނާ ކުޅެމުން އައި ކްލަބް ކަމަށްވާ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި އޭނާއާ ދެމެދު ވެފައިވާ އެއްބަސްވުން އެފްއޭއެމްއިން ވަނީ އުވާލާފައެވެ.

ދަގަނޑޭގެ ރަސްމީ ޓްވިޓަރ އެކައުންޓް މެދުވެރިކޮށް އޭނާ ވަނީ މިއީ އައު ޗެޕްޓަރެއް ކަމަށް ހާމަކޮށްފައެވެ.

އެފްއޭއެމްއިން މި އެއްބަސްވުން އުވާލަން ނިންމީ މުސާރަ ދީފައިނުވާތީ ކޮންޓްރެކްޓް އުވާލަ ދިނުމަށް ދަގަނޑޭ އަމިއްލައަށް އެފްއޭއެމްއަށް މައްސަލަ ހުށަހެޅުމާއި ގުޅިގެންނެވެ. ނިއުއާއެކު ދަގަނޑޭ ހެދީ ތިން މިލިއަން ރުފިޔާގެ އެއްބަސްވުމަކަށްވާއިރު އޭނާއަށް މުސާރައިގެ ގޮތުގައި ދީފައިވަނީ އެ އަދަދުގެ 10 އިންސައްތަ ކަމަށް ދަގަނޑޭ ބުނެފައިވެއެވެ.

މިއީ ދަގަނޑޭ ފަސްވަނަ ދިވެހި ކްލަބަށްވާއިރު ޓީސީއަށް އޭނާ ގުޅުމާއެކު އެޓީމު އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް ބެލެވެއެވެ. ދަގަނޑޭ ވަނީ މީގެކުރިން ނިއު ރޭޑިއަންޓާއި ކްލަބް ވެލެންސިއާ އަދި ވީބީ ސްޕޯޓްސް ކްލަބްގެ އިތުރުން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް ވެސް ކުޅެފައެވެ. ދަގަނޑޭ ވަނީ މެލޭޝިއާގެ ޕީޑީއާރްއެމްއަށް ވެސް ކުޅެފައެވެ.

ދަގަނޑޭ އައު ކްލަބަކާއި ގުޅިފައިވާއިރު އޭނާ ތިންވަނަ ފަހަރަށް ނިއު އާއި ގުޅުނީ މިދިޔަ ސީޒަނުގެ އުރީދޫ ދިވެހި ޕްރިމިއާ ލީގާއި ހިސާބުންނެވެ. މިދިޔަ ސީޒަނުގެ ޕްރިމިއާ ލީގާއި އެފްއޭ ކަޕް އަދި ޕްރެޒިޑެންޓްސް ކަޕް އަދި މިއަހަރުގެ މާލޭ ލީގު ނިއުއިން ކާމިޔާބުކުރި އިރު ދަގަނޑޭ މޮޅު ކުޅުމެއް ދެއްކިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް