25 އޭޕުރިލް 2019 | ބުރާސްފަތި | 04 ބުރުނު
18 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:21
މެންދުރު 12:08
އިރުއަރާ 05:55
ފަތިސް 04:42

ފީފާ ވާރލްޑް ކަޕް 2018

ވާރލްޑް ކަޕް: ނޭމާ އަދި ކުޓީނިއޯގެ ލަނޑުތަކުން ބްރެޒިލް މޮޅުވިއިރު ކޮސްޓަރިކާ ކަޓައިފި

  • މި މެޗުން ބްރެޒިލް މޮޅުވީ 2-0 ގެ ނަތީޖާއަކުން
  • މިއީ މިއަހަރުގެ ވާރލްޑް ކަޕްގައި ބްރެޒިލްއިން ހޯދި ފުރަތަމަ މޮޅު
  • ދެ މެޗުން ވެސް ބަލިވެ ކޮސްޓަ ރިކާ ވަނީ ކަޓާފައި
އަހްމަދު ސާއިފް ޝިޔާދް | Saaif80

| 22 ޖޫން 2018 | ހުކުރު 21:51 | |

މަގުބޫލް

  1. އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟
  2. ލަންކާއިން ގެއްލިގެން ހޯދަމުން ދިޔަ ދެ ދިވެހިން ފެނިއްޖެ
  3. ގޮވާތަކެތި ހުރި ލޮރީއަކާއި ވޭނެއް ކޮޅުނބަށް އެތެރެވެއްޖެ ކަމުގެ އިންޒާރާ އެކު ލަންކާ އެލާޓަށް!
  4. ލަންކާ މީހަކު ރިސޯޓެއްގައި ދަންޖެހިގެން މަރުވެއްޖެ
  5. ދުލެއް ނުކުރާނަން- ރައީސް ވެސް ބައިވެރިވެވަޑައިގަންނަވާ!
  6. ގޮއްވުންތަކުގެ ކުރިން ތަކުރާރު ކޮށް ޖާސޫސީ އިދާރާތަކުން އިންޒާރު ދިން: ހެލްތް މިނިސްޓަރު
  7. ލަންކާގެ ބޮމުގެ ހަމަލާތައް: ހަމަލާ ދިން މީހުން އައިސިސްއަށް ބައްޔަތު ހިފާ ވީޑިއޯއެއް އާންމުވެއްޖެ
  8. ސަރުކާރު ހިއްސާވާ އެއްވެސް ކުންފުންޏަކަށް ރޯދަ އިނާޔަތުގެ ގޮތުގައި ދޭންޖެހޭ މިންވަރަށް ވުރެ އިތުރަށް ދިނުން މަނާ


މި މެޗުގައި ބްރެޒިލްގެ ލަނޑުތައް ޖެހި ނޭމާ އަދި ކުޓީނިއޯ - ނޭމާއަކީ ބްރެޒިލްގެ ގައުމީ ޓީމަށް ތިންވަނައަށް އެންމެ ގިނައިން ލަނޑު ޖަހައިިދން ކުޅުންތެރިޔާ -- ގެޓީ އިމޭޖާސް

ފީފާ ވާރލްޑް ކަޕްގައި ކޮސްޓަ ރިކާ އާއި ދެކޮޅަށް ކުޅުނު މެޗުގައި ނޭމާ އަދި ފިލިޕޭ ކުޓީނިއޯ ޖެހި ލަނޑުތަކާއެކު ބްރެޒިލް މޮޅުވިއިރު މުބާރާތުން ކޮސްޓަ ރިކާ ކަޓައިފިއެވެ.

ސެއިންޓް ޕީޓަސްބަރގްގައި ހުންނަ ނިއު ޒެނިތު ސްޓޭޑިއަމްގައި ކުޅުނު މި މެޗުން ބްރެޒިލް މޮޅުވީ 2-0 ގެ ނަތީޖާއަކުންނެވެ. މީގެކުރިން މި ދެ ޓީމު ވަނީ ބައިނަލްއަގްވާމީ 10 މެޗެއް ކުޅެފައެވެ. އޭގެ ތެރެއިން ނުވަ މެޗު ބްރެޒިލްއިން ކާމިޔާބުކުރިއިރު ކޮސްޓަ ރިކާ މޮޅުވެފައިވަނީ 1960 ވަނަ އަހަރުގެ މާޗް މަހު ކުޅުނު މެޗެއްގައެވެ. ހަމައެހެންމެ މިއީ ވާރލްޑް ކަޕެއްގައި މި ދެ ޓީމު ކުޅުނު ތިންވަނަ މެޗެވެ.

އަނިޔާގެ ސަބަބުން މި މެޗުގައި ނޭމާއަށް ނުކުޅެވޭނެ ކަމަށް ބެލެވުނު ނަމަވެސް އޭނާ ވަނީ މި މެޗުގައި ބްރެޒިލްގެ ފުރަތަމަ އެގާރާގައި ހިމެނިގެން ކުޅެފައެވެ. ބްރެޒިލް ކުޅުނު ފުރަތަމަ މެޗުގައި ފުރަތަމަ އެގާރާގައި ހިމެނުނު ޑެނީލޯގެ ބަދަލުގައި ކުޅެން މިމެޗުގައި އެރީ ފެގްނަރއެވެ. ކޮސްޓަ ރިކާގެ ފުރަތަމަ އެގާރައިން ވެސް މި މެޗުގައި އެއް ބަދަލު ފެނިފައިވެއެވެ.

ފުރަތަމަ ހާފު ފެށިގެން ބްރެޒިލްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު ބްރެޒިލްއިން ވަނީ ނުރައްކާތެރި ގިނަ ހަމަލާތަކެއް އުފައްދާފައެވެ. އެގޮތުން މެޗުގެ 26 ވަނަ މިނެޓުގައި ބްރެޒިލްގެ ގެބްރިއެލް ޖީސަސް ލަނޑެއް ޖެހި ނަމަވެސް ރެފްރީ ނިންމާފައިވަނީ އެއީ އޮފްސައިޑް ލަނޑެއްގެ ގޮތުގައެވެ. މި އޮފަސައިޑް ލަނޑަށް ފަހުވެސް ބްރެޒިލްގެ ކުޅުންތެރިން ވަނީ ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެފައެވެ.

ދެ ޓީމު އެއްވަރުވެއޮވެ ފުރަތަމަ ހާފު ނިމިގެންދިޔައިރު ދެވަނަ ހާފުގައި ވެސް ބްރެޒިލްގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔައެވެ. ބްރެޒިލްގެ ކުޅުންތެރިން އުފައްދަމުންދިޔަ ހަމަލާތަކުގެ ހުރަހަކަށް ވެގެންދިޔައީ މެޗުގައި ރަނގަޅު ކުޅުމެއް ދެއްކި ކޮސްޓަ ރިކާގެ ކީޕަރު ކޭލާ ނަވާސްއެވެ.

މެޗުގެ 78 ވަނަ މިނެޓުގައި ބްރެޒިލްއަށް ޕެނަލްޓީއެއް ދޭން ރެފްރީ ނިންމި ނަމަވެސް ވީޑިއޯ ރިޕްލޭތަކަށް ބެލުމަށްފަހު ރެފްރީ ވަނީ އެ ނިންމުން އަނބުރާ ގެންގޮސްފައެވެ.

ބްރެޒިލްއަށް ކޮސްޓަ ރިކާގެ ގޯލު ހުޅުވާލެވުނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ރެފްރީ ކުޅެން ދެއްކި އިތުރު ވަގުތުގެ ތެރޭގައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ފިލިޕޭ ކުޓީނިއޯއެވެ. އެޓީމުގެ ދެވަނަ ލަނޑު މެޗުގެ އެންމެ ފަހު މިނެޓުގައި ޖަހައިދިނީ ނޭމާއެވެ.

މިއީ މިއަހަރުގެ ވާރލްޑް ކަޕްގައި ބްރެޒިލްއިން ހޯދި ފުރަތަމަ މޮޅެވެ. ކުރިޔަށް އޮތް މެޗުގައި ސާބިއާ އާއި ދެކޮޅަށް ބްރެޒިލް ނުކުންނައިރު ކޮސްޓަ ރިކާ ނުކުންނާނީ ސްވިޓްޒަލެންޑް އާއި ދެކޮޅަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 10 މަސް ކުރިން | ރިވިއު ކުރީ: މިއުވާން މުހައްމަދު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް