21 ފެބުރުއަރީ 2019 | ބުރާސްފަތި | 08 ހިޔަވިހާ
16 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:18
މެންދުރު 12:24
އަސްރު 15:39
މަޣްރިބް 18:22
އިޝާ 19:34

ބޮލީވޫޑް

ދީޕިކާ އާއި ރަންވީރުގެ ކައިވެނި އަންނަ ނޮވެމްބަރު 10 ގައި!

  • ކައިވެނި ކުރުމަށް ކަނޑައަޅާފައިވާ ދުވަހަކީ ނޮވެމްބަރު މަހުގެ ދިހަ ވަނަ ދުވަހެއް
  • ހަފްލާ ބޭއްވުމަށް ހަމަޖެހިފައިވަނީ އިޓަލީ ނުވަތަ ބެންގަލޫރު
އަޒްލިފާ އަބްދުﷲ | AzuAzlifa

| 22 ޖޫން 2018 | ހުކުރު 12:23 | |

މަގުބޫލް

  1. ނިހާން ފުލުހުންގެ ވެހިކަލަކަށް ހުރަސްއަޅާ ވީޑީއޯއެއް އާންމުވެއްޖެ
  2. ރައީސް ޔާމީނުގެ ހާލަތު ޅެން ބައިތަކުން
  3. ސުޝާންތްއާ އެކު ޑޭޓްނުކުރުމަށް ސާރާއަށް ނަސޭހަތްތެރިވިން: ކަރީނާ
  4. ޝަމީމާ ބޭގަމް އޭނާގެ ގައުމަށް އެނބުރި ދިއުމަށް އާއިލާއިން ދެކޮޅު ހަދައިފި
  5. ފާއިތުވި މުއްދަތުގެ މުސާރައާއެކު ސިމާދަށް އަލުން ވަޒިފާ ދޭން ހުކުމް ކޮށްފި
  6. ރާއްޖެ ހަމަ މަގަށް އެޅޭނީ ރައީސް ކަމަށް ގާސިމް ގެނެސްގެން: އަދުރޭ
  7. ޔާމިން ދޫކޮށްލަން ގޮވާލި މުޒާހަރާ: ފާޑުކިޔުން ރައީސާއި އެމްޑީޕީއަށް
  8. ސަދަގާތް ފައުންޑޭޝަނުން އެސްޓީއޯ އިން ނެގި ކާޑުގެ ބާވަތްތަކަށް ފައިސާ ދެއްކީ ތަހުގީގު ފެށުމުން!


ދީޕިކާ އާއި ރަންވީރު -- ގޫގުލް

ބޮލީވުޑްގެ ކާމިޔާބު ދެ ތަރިން ކަމަށްވާ ދީޕިކާ ޕަދުކޯން އާއި ރަންވީރު ސިންގް މިއަހަރުގެ ނޮވެމްބަރު މަހުގައި ކައިވެނި ކުރުމަށް ހަމަޖެހިފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ދެ ފަރާތުގެ އާއިލާއިން މި ދެތަރިންގެ ކައިވެނި ކުރާނެ ރަނގަޅު ސާއަތެއް ވަރަށް ކުރިން ފެށިގެން ބެލުމަށް ފަހު ކައިވެނި ކުރުމަށް ދާދި ފަހުން ކަނޑައަޅާފައިވާ ދުވަހަކީ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހެވެ.

ޚަބަރުތައް ބުނާ ގޮތުން މި ދެ ތަރިންގެ ކައިވެނިގެ ހަފްލާ ބޭއްވުމަށް ހަމަޖެހިފައި ވަނީ އިޓަލީ ނުވަތަ ބެންގަލޫރު ނުވަތަ މި ދެތަނުގައި ކަމަށެވެ.

ކައިވެނީގެ ތައްޔާރީތައް ފަށާފައިވާއިރު ދިޕީކާ އާއި ރަންވީރު ވެސް ބޭނުން ވަނީ ކައިވެނީގެ ހަފްލާގެ ހުރިހާ ކަމެއް އެންމެ ފުރިހަމައަށް ގެންދިއުމަށެވެ. އަދި މި ކައިވެޏަށް ދެ ފަރާތުގެ އާއިލާއިން ވެސް ދަނީ އަވަދިނެތި ތައްޔާރުވަމުންނެވެ.

ދީޕިކާ އާއި ރަންވީރު ވަނީ އެކުގައި ތިން ފިލްމެއްގައި މަސައްކަތް ކޮށްފައެވެ. އޭގެ ތެރޭގައި ސަންޖޭ ލީލާ ބަންސާލީގެ "ގަލިޔޯންކީ ރަސީލާ- ރާމް ލީލާ"، "ބަޖީރާއޯ މަސްތާނީ" އަދި ދާދި ފަހުން ކުޅުނު "ޕަދްމާވަތު" ހިމެނެވެ. ސޯޝަލް މީޑިއާގައި ދެކެވޭ ވާހަކަތަކަށް ބާރު ލިބޭ ގޮތަށް މި ދެ ތަރިން ދަނީ އެކަކު އަނެކެއްގެ ޕޯސްޓްތަކަށް ކޮންމެޓް ކުރަމުންނެވެ. 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް