16 ފެބުރުއަރީ 2019 | ހޮނިހިރު | 03 ހިޔަވިހާ
11 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:19
މެންދުރު 12:24
އަސްރު 15:41
މަޣްރިބް 18:22
އިޝާ 19:35

އިބްތިހާލްގެ މަރު

ފުލުސް ކޮމާންޑަރަކާއި ޖެންޑާގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން ފޮނުވައިފި

  • ދައުވާ ކުރަން ފޮނުވާފައި މިވަނީ އަހަރެއް ވާން ކައިރިވެފައި ވަނިކޮށް
އަހުމަދު މުހުސިނު | dhonbandaara

| 16 ޖެނުއަރީ 2017 | ހޯމަ 22:20 | |

މަގުބޫލް

  1. އޭސީސީގެ ރިޕޯޓް ގަބޫލެއް ނުކުރަން: ޝުނާނާ
  2. އިންޑިއާގެ ހޮސްޕިޓަލަށް މަންމަ ދޫކޮށްލި ދަރިފުޅު، މިއަދު އެއީ ސްވިޒަލޭންޑްގެ ގާނޫނޫ ހަދާ މަޖިލީހުގެ މެމްބަރެއް!
  3. ޔާމީންގެ ޑޮލަރު އެކައުންޓް ހުޅުވީ ކަރަޕްޝަން ފައިސާ ޖަމާކުރުމުގެ ހަ ދުވަސް ކުރިން
  4. ރައީސްގެ ސުވާލު: އެމްއެމްޕީއާރްސީގެ ރިޕޯޓް ތިން އަހަރުވަންދެން ފޮރުވާފައި ބޭއްވީ ކީއްވެ؟
  5. ފުރަތަމަ ޑިގްރީ އާއި ހަމައަށް ހިލޭ ކިޔެވުމުގެ ފުރުސަތު ހުޅުވާލައިފި
  6. ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
  7. ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
  8. ވަގު މުއާމަލާތްތައް ހިންގި އިރު، ޑޮލަރު ގަނެ ވިއްކުމުގެ ހުއްދަ އެސްއޯއެފްގައި ނެތް: އޭސީސީ


މުހައްމަދު އިބްތިހާލް: މަރުވެފައިވަނީ މަންމަ ކުރި އަނިޔާތަކުގެ ސަބަބުން -- ފޭސްބުކް

މަންމަ ދިން އަނިޔާތަކުގެ ސަބަބުން ނިޔާވެފައިވާ މުހައްމަދު އިބްތިހާލުގެ މަރުގެ މައްސަލައާ ގުޅިގެން ފުލުހުންގެ ކޮމާންޑަރަކަށާއި ޖެންޑަރ މިނިސްޓްރީގެ 4 މުވައްޒަފެއްގެ މައްޗަށް ދައުވާ ކުރަން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓަށް ފޮނުވައިފިއެވެ

ޕީޖީ އޮފީހުން ބުނީ ވ. ފުލިދޫ ވައިޖެހޭގޭ މުހައްމަދު އިބްތިހާލް، 28 ޖެނުވަރީ 2015 ވަނަ ދުވަހު ނިޔާވެފައިވާ މައްސަލައާ ގުޅިގެން ދައުލަތުގެ މުއްއަސަސާތަކުގެ އިހުމާލެއް ވޭތޯ ބެލުމަށް ހިއުމަން ރައިޓްސް ކޮމިޝަނުންކުރި ތަހުގީގާ ގުޅިގެން މިހާތަނަށް ޕީޖީ އޮފީހުން ކުރި ދިރާސާއިން، 16 ޖެނުވަރީ 2017 ވަނަ ދުވަހު 5 ފަރާތެއްގެ މައްޗަށް ދައުވާ ކުރުމަށް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

ޕީޖީ އޮފީހުން ބުނެފައިވާ ގޮތުގައި ދައުވާ ކުރުމަށް ފޮނުވާފައިވަނީ ބ. އޭދަފުށީ ބަގީޗާގޭ، ލިސާން އަބޫބަކުރާއި، ވ.ފުލިދޫ ނަލަހިޔާ، އާމިނަތު ޝިޔާޒާއާއި، ގދ. ފިޔޯރީ ބީޗްވިލާ، އަހްމަދު ޝުޒާދާއި، ގއ. ދެއްވަދޫ ނަސްރީނުގޭ، މުހައްމަދު ރަޝީދު އަދި ފ. ފީއަލީ ގުލްއަލާމާގޭ މުހައްމަދު ޝަކީބުގެ މައްޗަށެވެ.

ޕީޖީ އޮފީހުން ބުނީ މި ފަސް މީހުންގެ ތެރެއިން ލިސާން އަބޫބަކުރު އޭރު ހުންނެވީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނޮދާން ސްޓޭޝަންގައި ވ. އަތޮޅުގެ އެކްޓިންގ ކޮމާންޑަރުގެ މަޤާމުގައި ކަމަށެވެ. އޭނާގެ މައްޗަށް ދައުވާ އުފުލާފައިވަނީ، ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނާއި ކުޑަކުދިންގެ ހައްޤުތައް ރައްކާތެރިކުރުމާބެހޭ ޤާނޫން އަދި ފުލުހުންގެ ޤާނޫނާ ހަވާލާދީ ދިވެހިރާއްޖޭގެ ޤާނޫނުލް ޢުޤޫބާތުގެ ޗެޕްޓަރ 3 ގެ 88 ވަނަ މާއްދާގެ (ރ) ގެ ދަށުންނެވެ. 

ޝިޔާޒާއާއި ޝުޒާދަކީ ކުރީގެ މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރގައި އޭރު މަސައްކަތް ކުރަމުން ގެންދިޔަ ދެ މުވައްޒަފުންނެވެ. އަދި ރަޝީދުއާއި ޝަކީބަކީ މިހާރުވެސް މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމެލީގައި މަސައްކަތް ކުރަމުންދާ ދެ މުވައްޒަފުންނެވެ.

ޕީޖީ އޮފީހުން ބުނެފައިވާ ގޮތުގައި މި 4 މީހުންގެ މައްޗަށް ދައުވާ އުފުލާފައިވަނީ ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނާއި ކުޑަކުދިންގެ ހައްޤުތައް ރައްކާތެރިކުރުމާ ބެހޭ ޤާނޫނާ ހަވާލާދީ ދިވެހިރާއްޖޭގެ ޤާނޫނުލް ޢުޤޫބާތުގެ ޗެޕްޓަރ 3 ގެ 88 ވަނަ މާއްދާގެ (ރ) ގެ ދަށުން ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް