14 ޑިސެންބަރު 2018 | ހުކުރު | 05 މުލަ
07 ރަބީޢުލްއާޚިރު 1440
ފަތިސް 04:45
އިރުއަރާ 06:02
މެންދުރު 12:05
އަސްރު 15:25
މަޣްރިބް 17:59
އިޝާ 19:16

ފީފާ ވާރލްޑް ކަޕް 2018

ވާރލްޑް ކަޕް: ކްރޮއޭޝިއާ އަތުން ބަލިވެ އާޖެންޓީނާގެ އަމިއްލަ ބާރު ގެއްލިއްޖެ

  • އާޖެންޓީނާ އާއި ވާދަކޮށް ކްރޮއޭޝިއާ މޮޅުވީ 3-0 އިން
  • މި މެޗުން މޮޅުވުމާއެކު ކްރޮއޭޝިއާއިން ވަނީ ދެވަނަ ބުރުގެ ޖާގައެއް ޔަގީންކޮށްފައި
އަހްމަދު ސާއިފް ޝިޔާދް | Saaif80

| 22 ޖޫން 2018 | ހުކުރު 01:41 | |

މަގުބޫލް

  1. ބަހުގެ ހަމަލާއަކާއިއެކު ރައީސް މައުމޫނަށް ރައީސް ނަޝީދު މަރުޙަބާ ވިދާޅުވެއްޖެ!
  2. އަހަރުގެ ޒުވާން ކެޔޮޅު ބުނަނީ މިއަށްވުރެ ހަލާލު މަސައްކަތެއް ނެތް ކަމަށް!
  3. އާޒިމާއާއި އެކު ވަޑައިގަތުމުން ޒަމީރުއާ ފުލުހުން ސުވާލެއް ނުކުރި
  4. އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮކޮށް ދެ ދުވަސްތެރޭގައި އިއުލާން ކުރެވޭނެ: މިނިސްޓަރ
  5. ފައިރޫޝް، ރިޔާޒް އަދި އެސްއޯ ޑީޑީއަށް އަލުން ވަޒީފާ ދިނުމަށް ސިވިލް ކޯޓުން ޙުކުމްކޮށްފި
  6. އިންޑިއާ ދަތުރުފުޅުގައި ރައީސް ސޯލިހް ހުންނަވާނީ އިންޑިއާގެ ރައީސްގެ ރަސްމީ ގެކޮޅުގައި!
  7. 21 އަހަރު ވަންދެން ދައުލަތަށް ޚިދުމަތް ކުރީ އިޚްލާސްތެރިކަމާއެކު: ހަމްދޫން
  8. މާލެ-ހުޅުމާލެ ދަތުރު: އޭރުވެސް ތަކުލީފެއް، މިހާރުވެސް ތަކުލީފެއް


ކްރޮއޭޝިއާގެ ކެޕްޓަން ލޫކާ މޮޑްރިޗް ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ - މި މޮޅާއެކު ކްރޮއޭޝިއާއަށް ވަނީ ދެވަނަ ބުރުގެ ޖާގައެއް ލިބިފައި -- ފޮޓޯ : ރާއްޖެ އެމްވީ

ފީފާ ވާރލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގެ ދެވަނަ މެޗުގައި ކްރޮއޭޝިއާ އަތުން ބަލިވެ މުބާރާތުގައި އިތުރަށް ކުރިއަށް ދިޔުމުގެ އަމިއްލަ ބާރު އާޖެންޓީނާއަށް ގެއްލިއްޖެއެވެ.

ރަޝިއާގެ ނިޒްނީ ނޮވްގޮރޮޑްގައި ހުންނަ ނިޒްނީ ނޮވްގޮރޮޑް އެރީނާގައި ކުޅުނު މެޗު އާޖެންޓީނާ އާއި ވާދަކޮށް ކްރޮއޭޝިއާއިން ކާމިޔާބުކުރީ 3-0 ގެ ނަތީޖާއަކުންނެވެ. މިއީ މި ދެ ޓީމުގެ މެދުގައި ކުޅެވުނު ހަތަރުވަނަ މެޗަށްވާއިރު މިއީ 1998 ވަނަ އަހަރުގެ ވާރލްޑް ކަޕްގެ ފަހުން ވާރލްޑް ކަޕެއްގައި މި ދެ ޓީމު ކުޅުނު ފުރަތަމަ މެޗެވެ. އެ އަހަރުގެ ވާރލްޑް ކަޕްގައި ކުޅުނު މެޗު 1-0 އިން ކާމިޔާބުކުރީ އާޖެންޓީނާއެވެ.

އާޖެންޓީނާގެ ފުރަތަމަ އެގާރައިން ތިން ބަދަލެއް ފެނިގެންދިޔައިރު އެންހެލް ޑިމާރިއާ އަދި މާކޯސް ރޯހޯގެ އިތުރުން ލޫކަސް ބިގްލިއާގެ ބަދަލުގައި މި މެޗުގައި ކުޅެން އަރުވާފައި ވަނީ މާކޯސް އަކޫނާ އަދި ގެބްރިއެލް މާކާޑޯގެ އިތުރުން އެންޒޯ ޕެރޭޒްއެވެ. މި މެޗަށް ކްރޮއޭޝިއާގެ ކޯޗު ވަނީ އެއް ބަދަލެއް ގެނެސްފައެވެ.

ފުރަތަމަ ހާފު ފެށިގެން އާޖެންޓީނާގެ ފަރާތުން ދަށް ކުޅުމެއް ފެނިގެންދިޔައިރު ކްރޮއޭޝިއާއިން ވަނީ ނުރައްކާތެރި ގިނަ ހަމަލާތަކެއް އުފައްދާފައެވެ. އެހެން ނަމަވެސް އެކުޅުންތެރިންނަށް މި ހަމަލާތަކުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ހިފިފައެއް ނުވެއެވެ.

ދެ ޓީމު އެއްވަރުވެއޮވެ ފުރަތަމަ ހާފު ނިމިގެންދިޔައިރު ދެވަނަ ހާފުގައި ވެސް އާޖެންޓީނާގެ ފަރާތުން ފެނުނީ ދަށް ކުޅުމެކެވެ. ވަކިން ހާއްސަކޮށް އެޓީމުގެ ޑިފެންޑަރުންނާއި ކީޕަރުގެ ފަރާތުން ގިނަ ގޮސްތަކެއް ހެދުނު މަންޒަރު ފެނިގެންދިޔައެވެ.

ކްރޮއޭޝިއާގެ ފުރަތަމަ ލަނޑު ވެސް މެޗުގެ 53 ވަނަ މިނެޓުގައި އެ ޓީމުން ޖެހީ އާޖެންޓީނާގެ ކީޕަރު ހެދި ބޮޑު ގޯހެއްގެ ފައިދާ ނަގައިގެންނެވެ. މި ލަނޑު އެޓީމަށް ޖަހައިދިނީ އެންޓެ ރެބިޗްއެވެ. މި ލަނޑަށްފަހު ވެސް ކްރޮއޭޝިއާއިން އުފައްދަމުންދިޔަ ހަމަލާތައް އިތުރުވިއިރު 80 ވަނަ މިނެޓުގައި އެޓީމުގެ ކެޕްޓަން ލޫކާ މޮޑްރިޗް ވަނީ ލަނޑެއް ޖަހާ ލީޑު ފުޅާކޮށްދީފައެވެ. މި މެޗުގައި ކްރޮއޭޝިއާއިން ޖެހި ތިންވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ޖެހީ މުޅި މެޗުގައި ވެސް މޮޅު ކުޅުމެއް ދެއްކި އިވާން ރަކިޓިޗްއެވެ.

މި މެޗުން މޮޅުވުމާއެކު ކްރޮއޭޝިއާއިން ވަނީ ދެވަނަ ބުރުގެ ޖާގައެއް ޔަގީންކޮށްފައެވެ. ހަމައެހެންމެ މުބާރާތުގައި އިތުރަށް ކުރިޔަށް ދިޔުމުގެ އަމިއްލަ ބާރު އާޖެންޓީނާއަށް ވަނީ ގެއްލިފައެވެ.

މި މޮޅާއެކު ކްރޮއޭޝިއާއިން ވަނީ 1998 ވަނަ އަހަރުގެ ވާރލްޑް ކަޕްގެ ފަހުން ފުރަތަމަ ފަހަރަށް މިމުބާރާތުގެ ދެވަނަ ބުރުން ޖާގަ ހޯދާފައެވެ. މިއީ 1974 ވަނަ އަހަރުގެ ވާރލްޑް ކަޕްގެ ފަހުން ވާރލްޑް ކަޕެއްގެ ފުރަތަމަ ދެ މެޗުން އާޖެންޓީނާއަށް މޮޅެއް ނުލިބުނު ފުރަތަމަ ފަހަރެވެ.

ގްރޫޕް ފިޔަވަހީގެ އެންމެ ފަހު މެޗުގައި ނައިޖީރިއާ އާއި ދެކޮޅަށް އާޖެންޓީނާ ނުކުންނައިރު ކްރޮއޭޝިއާ ނުކުންނާނީ އައިސްލޭންޑާއި ދެކޮޅަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން | ރިވިއު ކުރީ: ޙުސައިން ޙަސަން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

Amilla baaru

6 މަސް ކުރިން

Kobaitha mi aatigle ga mikiyaa amilla baarakee

0
0