18 ޖުލައި 2018 | ބުދަ | 04 ފުސް
05 ޛުލްޤަޢިދާ 1439
ފަތިސް 04:43
އިރުއަރާ 06:01
މެންދުރު 12:16
އަސްރު 15:38
މަޣްރިބް 18:24
އިޝާ 19:41

ޤައުމުގެ މަޞްލަޙަތަށް އިސްކަން

ޤައުމުގެ މަޞްލަޙަތަށް އިސްކަންދިނުމުގެ މުހިއްމުކަން

  • މިއީ އަޅުގަނޑުމެން، ފުންކޮށް ވިސްނަންޖެހޭކަމެކެވެ.
  • ޤައުމުގައި މިވަގުތު އުފެދިފައިމިވާ ސިޔާސީ ޚިޔާލުތަފާތު ވުންތަކަކީ ހަމައެކަނި ޚިޔާލުތަފާވުންތަކަށް ބެލެވެން ނެތެވެ.
އަހްމަދުﷲ ޖަމީލް | adjameel

| 21 ޖޫން 2018 | ބުރާސްފަތި 23:16 | |

މަގުބޫލް

  1. ރައީސް ޔާމީނާ މެދު ދުވަހަކު ވެސް ހިތްހެވެއް ނުވާނެ، އެދެނީ އިބޫ އިންތިހާބު ކާމިޔާބު ކުރުމަށް: އަބްދުﷲ ސައީދުގެ ބައްޕަ
  2. ލީޑަރުން މިނިވަން ކުރާނެ ކަމަށް އިބޫ ވިދާޅުވުމުން، ރައީސް ޔާމީން ކޯފާ އިސްކުރައްވައިފި
  3. އެސްއޯ ފުލުހުންތަކެއް އިހަވަންދޫއަށް އަރައި، ހިންގި ހަމަނުޖެހުމެއްގައި ބަޔަކަށް އަނިޔާ ވެއްޖެ
  4. ރާއްޖޭގެ ސަރުކާރުގެ އިސްވެރިންނާއި ދެކޮޅަށް ފިޔަވަޅު އަޅަން މަސައްކަތް ފެށުމުން އިނގިރޭސީން މަރުހަބާ ކިޔައިފި
  5. އެމްޑީޕީ އޮފީހުގެ ބިއްލޫރިގަނޑު ތަޅާލައިފި
  6. ވަން އެންޑް އޮންލީ ރީތި ރަށުގައި އެކަނި ވެސް 400 މީހުން ވޯޓުލާނެ، އެރަށުގައި ވެސް ވޯޓު ފޮއްޓެއް ނެތް!
  7. ރިރަޖިސްޓްރީ ވާނެ ތަންތަން އިއުލާނުކޮށްފި
  8. ޖަރާސީމުން ތަޣައްޔަރުވެފައިވާ ގަނޑުކުރި ތަރުކާރީ ރާއްޖޭގެ ބާޒާރުގައި އެބަހުރި: އެފްޑީއޭ


އިއްތިޙާާދުގެ ޕްރެސް ކޮންފްރެންސެއްގައި: ދިވެހިންގެ މެދުގައި މާބޮޑު ދެބަސްވުންތަކެއް އުފެދިފައިވާ ކަމަށް ތާރީޚުން ފެންނާކަށް ނެތެވެ. -- ފޮޓޯ : މުހައްމަދު ފަޒީން

އަޅުގަނޑުމެންގެ މިރާއްޖެއަކީ، އެއް ޤައުމިއްޔަތެއް އޮންނަ އެއްބަހަކުން ވާހަކަ ދައްކާ އުޅޭ، އެއްދީނަކަށް ތަބާވާ ރައްޔިތެއް އޮންނަ ޤައުމެކެވެ. ހިޖްރީ ސަނަތުން 548 ގައި، ރާއްޖެ އިސްލާމްވީ އިރުއްސުރެ ފެށިގެން، ފާއިތުވެ ގޮސްފައި މިވާ ގާތްގަނޑަކަށް ނުވަ ޤަރުނު ދުވަސް، ދިވެހިން ފާއިތު ކޮށްފައި ވަނީ، ބައިބައިވުންތަކާއި ދެކޮޅުވެރިވުމުން އެއްކިބާވެތިބެ، ވަރަށް ވެސް އެކުވެރި، އަޚުވަންތަ ބައެއްގެ ގޮތުގައެވެ. މާތްވެގެންވާ އިސްލާމް ދީން އަޅުގަނޑުމެންނަށް ދައްކުވައި ދިން ރިވެތި އަޚްލާޤުގެ މަތީގައެވެ. މި ދިގު ތާރީޚަށް ނަޒަރުހިންގައި ބަލައިލާއިރު، ދިވެހިންގެ މެދުގައި މާބޮޑު ބައިބައި ވުންތަކަކާއި ދެބަސްވުންތަކެއް އުފެދިފައިވާ ކަމަށް ތާރީޚުން ފެންނާކަށް ނެތެވެ.

ނަމަވެސް، ރާއްޖޭގެ ސިޔާސީ މަސްރަޙުން މިއަދު ފެންނަމުން މިދާ މަންޒަރުތަކަކީ، ހަމަގައިމު ވެސް މީގެ ކުރިން ދިވެހިން ދެކެފައިވާ މަންޒަރުތަކެއް ނޫނެވެ. އަދި ދުވަހަކު ވެސް ދުށުމަށް ބޭނުންވެގެން ތިބި މަންޒަރުތަކެއް ވެސް ނުމެ ނޫންމެއެވެ. ޚިޔާލުތަފާތުވުމުގެ ސަބަބުން އުފެދޭ ދެކޮޅުވެރިކަމަކާއި ރުޅިވެރިކަމެއްގެ ނޭދެވޭ އަސަރު، ޤައުމުގެ އިޤްތިޞާދަށާއި ކުރިއެރުމަށާއި ޤައުމުގެ ޢާއްމު މަޞްލަޙަތަށް ކުރަމުންދާ ކަމުގައި ވަނީނަމަ، މިއީ އަޅުގަނޑުމެން، ފުންކޮށް ވިސްނަންޖެހޭކަމެކެވެ. ޤައުމުގައި މިވަގުތު އުފެދިފައިމިވާ ސިޔާސީ ޚިޔާލުތަފާތު ވުންތަކަކީ ހަމައެކަނި ޚިޔާލުތަފާވުންތަކަށް ބެލެވެން ނެތްކަން، އަޅުގަނޑުމެންނަށް މިދަނީ ފެންނަމުންނެވެ. މިއަކީ، ޒަމާނުއްސުރެ އަޅުގަނޑުމެންގެ ތެރޭގައި އޮތް އެއްބައިވަންތަކަން ނަގާލަންޖެހޭ ކަމަކަށް ހަދައިގެންވާކަށް ނެތެވެ.

މާދަމާ ދިވެހި ތާރީޚު ލިޔެވޭއިރު، މިކަންތައްތައް އަޅުގަނޑުމެންނަށް ނިސްބަތް ނުކުރެވޭފަދަ ގޮތަކަށް، މިއަދު އަޅުގަނޑުމެންގެ ޢަމަލުތައް ބަހައްޓަން ވެއްޖެއެވެ. މާތް ﷲ ގެ މިވަޙީބަސްފުޅު އަޅުގަނޑުމެންގެ ހަނދާނަށް ގެންނަމާތޯއެވެ. އެކަލާނގެ ވަޙީކުރެއްވިއެވެ. إِنَّمَا الْمُؤْمِنُونَ إِخْوَةٌ فَأَصْلِحُوا بَيْنَ أَخَوَيْكُمْ وَاتَّقُوا اللَّهَ لَعَلَّكُمْ تُرْحَمُونَ]الحجرات 10 [ މާނައީ"ހަމަކަށަވަރުން އެންމެހައި މުއުމިނުންނަކީ އަޚުންތަކެކެވެ. ފަހެ، ތިޔަބައިމީހުންގެ ދެ އަޚުން ދެމެދު ތިޔަބައިމީހުން ޞުލްޙަކުރާށެވެ! އަދި ތިޔަބައިމީހުން ﷲ އަށް ބިރުވެތިވާށެވެ! އެއީ ތިޔަބައިމީހުންނަށް އެކަލާނގެ ރަޙްމަތް ލައްވާތޯއެވެ." ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ މިބަސްފުޅު އަޅުގަނޑުމެން ހަނދާނަށް ގެންނަމާތޯއެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. "لاَتَحَاسَدُوا، وَلاَ تَبَاغَضُوا، وَلاَ تَدَابَرُوا، وَكُونُوا عِبَادَ اللهِ إِخْوَانًا. اَلْمُسْلِمُ أَخُو الْمُسلْمِ؛ُ لاَ يَظْلِمُهُ وَلاَ يَخْذُلُهُ وَلاَ يَحْقِرُه. كُلُّ الْمُسِلِمِ عَلَى الْمُسْلِمِ حَرَامٌ دَمُهُ وَمَالُهُ وَعِرْضُهُ" [متفق عليه] މާނައީ، "ތިޔަބައިމީހުން އެކަކު އަނެކަކަށް ޙަސަދަ ނުލާށެވެ! އެކަކު އަނެކަކު ދެކެ ރުޅި ނާންނާށެވެ! އެކަކު އަނެކަކަށް ފުރަގަސް ނުދޭށެވެ! ﷲގެ އަޅުންގެ ގޮތުގައި އަޚުންތަކެއް ކަމުގައި ތިޔަބައިމީހުން ވާށެވެ! އެއް މުސްލިމަކީ އަނެއް މުސްލިމާގެ އަޚާ އެވެ. ފަހެ، އޭނާ އޭނާގެ އަޚާއަށް އަނިޔާވެރިއެއް ނުވާނެ އެވެ. އޭނާ އޭނާގެ އަޚާ ދޫކޮށެއް ނުލާނެއެވެ. އޭނާ އޭނާގެ އަޚާ ނިކަމެއްޗެއް ވެސް ނުކުރާނެއެވެ. ކޮންމެ މުސްލިމެއްގެ ލެއާ މުދަލާ އަބުރު އަނެއް މުސްލިމެއްގެ މައްޗަށް ޙަރާމްވެގެންވެއެވެ."       

އެހެންކަމުން، ޤައުމަށް ކުރިމަތިވެފައިވާ ނާޒުކު މިދަނޑިވަޅުގައި ސިޔާސީ މައިދާނުގައި އިސްވެ ޙަރަކާތްތެރިވާ ފަރާތްތަކުން މިކަންކަމާމެދު ފުންކޮށް ވިސްނައި ބުއްދި އިސްކުރަން ޖެހިފައިވާ ކަމުގައި ދެކެމެވެ. ބަދަލުހިފުމާއި އަނިޔާކުރުމުގެ ވިސްނުން ދޫކޮށް، ޤައުމުގެ މުސްތަޤްބަލަށްޓަކައި ވިސްނަންޖެހިފައިވާ ކަމުގައި ވެސް ދެކެމެވެ. ކުށެއް ކޮށްފައިވާ ނަމަ އެކަމެއް ބަލައި އަޅަން ޖެހޭ ފިޔަވަޅެއް އަޅާނީ ޤާނޫނީ އިމުގެ ތެރެއިންނެވެ. މަގުމައްޗަކުންނޫނެވެ.  

* މިއީ 2012 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައި އަލްމަރްޙޫމު ޑރ. ޢަބްދުލްމަޖީދު ޢަބްދުލް ބާރީ "ހިދާޔަތުގެ އަލި" ގައި ލިޔުއްވާފައިވާ ލިޔުމެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް